އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ފަރުވާދޭން ފަށާއިފިއެވެ.
ފުލުހުން މިއަދު ބުނީ އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނާށް ލިބިފަވާކަމަށެވެ. އަދި ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބުބީ މިއަދު 11:35 އެހައިކަންހާއިރު ކަމަށެވެ.
އަދި އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
![]()
