އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ އާއިލާއާއި ދެކޮޅަށް މީގެކުރިން ދީފައިނުވާ ވަރުގެ ހަރުކަށި އިންޒާރެއް އީރާނުން ދީފިއެވެ. ވޮޝިންގޓަން ބިރުން ހީކަރުވާފަދަ ބަޔާނެއްގައި އީރާނުން ބުނެފައިވަނީ ޓްރަމްޕް މިހާތަނަށްވެސް ދިރި އެހުރީ އޭނާގެ ކަންތައް ނިންމާލުމުގެ ކުރިން ޓްރަމްޕް ވޭނުގައި އުޅޭތަން ބަލާލަން އީރާނުން ބޭނުންވާތީ ކަމުގައެވެ.މިގޮތުން ޓްރަމްޕް މަރާލުމުގެ ކުރިން ދަރިފުޅު ބެރަންގެ ބޮލަށް ވަޒަން އަރާފައިވާތަން އޭނާއަށް ދައްކާނެކަމަށާއި އަދި އޭނަގެ ހުރިހާ ވާރިސުން ވެސް ނައްތާލާނެ ކަމަށް އީރާނުން ބުނެފައިވެއެވެ.
އީރާންގެ އިންޓެލިޖަންސް އިދާރާއެއް މެދުވެރިކޮށް ހާމަ ކޮށްފައިވާ ބަޔާނުން ދޭން ބޭނުންވާ މެސެޖް ވަރަށް ސާފެވެ.އެއީ އީރާނުން ޓްރަމްޕް އަވަސްގޮތެއްގައި މަރަން ބޭނުން ނޫންކަމާއި އީރާނުން ބޭނުންވަނީ ރަގަޅަށް ބަދަލު ހިފާލަން ކަމެވެ.
އީރާންގެ ބަޔާނަކީ ވޮޝިންގޓަން އާއި ތެހެރާނާއި ދެމެދު ކުރިޔަށްދާ ”ސައިކޮލޮޖިކަލް“ ހަނގުރާމައިގައި އެންމެ ހަރުކަށިކޮށް އިބާރާތް ބޭނުންކޮށްފައިވާ ބަޔާނެވެ.އެބަޔާނުގައި އިންސާފު ހޯދުމަށް އީރާނުން ކުރާ މަސައްކަތުގައި ނަތީޖާ ފެންނަލެއް ލަސްވި ނަމަވެސް އެކަމުގެ ރަގަޅު
ވަގުތު ޖެހޭއިރު ބަދަލު ހިފާނެ ކަމުގައި ބުނެފައި ވެއެވެ.
އީރާނަކީ ސްޓެރީޓިޖް ގޮތުން ބެލިނަމަވެސް ގިނަ އަހަރުތަކެއްވަންދެން ކެތްތެރިކަން އިސްކުރަމުން އައިސްފައިވާ ގައުމަކަށްވާއިރު އަލަށް ހާމަކުރި ބަޔާނުންވެސް މިކެތްތެރިކަން ފެނިގެން ގޮސްފައި ވެއެވެ.
”އެ ޓްރޭޝް (ކުނިގަނޑު)އާއި އެކު އޭނާގެ ދަރިން އަވަސް އަރައިގަނެގެން މަރާލުން ވާނީ އޭނާ އަށް ކޮށްދެވޭ ހެޔޮކަމަކަށް، އީރާނުން އީރާނުގެ ދުޝްމަނުން ނަށް ހެޔޮކަންތައް ކޮށްދޭކަށް ބޭނުމެއް ނޫން“ ބަޔާނުގައި އީރާނުން ބުނެފައިވެއެވެ.މިފަދަ އިބާރާތް ތަކުން، އީރާނުން ޓްރަމްޕް އެއް ފަހަރުން މަރާލަން ބޭނުން ނޫންކަމާއި އޭގެ ކުރިން އާއިލާގެ މެމްބަރުން މަރާލާތަން އޭނާއަށް ދައްކާލަން ބޭނުންވާކަން ސާފުކޮން ހާމަވެއެވެ.
އީރާނުގެ އިންޒާރު ތަކަކީ ހަމަ އެކަނި ހުސް އިންޒާރު ތަކެއް ނޫނެވެ.މިގޮތުން ބެރަން ޓްރަމްޕް ގެ ސެކިއުރިޓީ ގެ ކަންތައް ފޫ އަޅުވާލުމަށްފަހު އޭނާގެ ޔުނިވަރސިޓީ ހުންނަތަނާއި އަދި ބެރަން ދާ ތަންތަން އެނގޭކަން ވަނީ އީރާނުގެ އިންޓެލިޖަންސުން ހާމަ ކޮށްފައެވެ.އެއަށްފަހު ބެރަން އަށް ވަނީ ޕެނިކް އެޓެކެއްޖެހި ޚާއްސަ ބަންކަރަކަށް ވެސް ލާން ޖެހިފައެވެ.
ޓްރަމްޕް ގެ އާއިލާ ހިމާޔަތް ކުރާނެ ކަމަށް ސަރުކާރުން ބުނަމުން ގެންދިޔަނަމަވެސް ކޮންމެ ތަނެއްގައި ފިލުވިނަމަވެސް އީރާނުން ބޭނުން ނަތީޖާ ނެރޭނެކަން ވަނީ މިހާތަނަށްވެސް ސާބިތު ކޮށްދީފައެވެ.
އީރާން އާއި އެމެރިކާ މިވަގުތު ހަގުރާމަ ކުރަމުން ގެންދަނީ ހަމައެކަނި ހޮރްމޫސް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަކަށް ނޫނެވެ.އެހަނގުރާމަ މިހާރު ވަނީ ޓްރަމްޕަށް ޒާތީގޮތުންވެސް ބޮޑު ހާސްކަމެއް ގެނުވާ، އަދި ދަރިފުޅު ބެރަންގެ މުސްތަގްބަލްގެ އުންމީދުތައް ނިމުމަކަށް ގެނުވަފާނެ ފަދަ، ވައިޓްހައިސްގެ ކޮރިޑޯތަކުގައިވެސް ހިނގަމުންދާ ހަނގުރާމަޔަކަށް ބަދަލު ވެފައެވެ.
އީރާނުން ބޭނުން ވަނީ ޓްރަމްޕްގެ އޯޑަރަށް ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ބާރުގަދަ މިލިޓަރީ ކޮމާންޑަރ ގާސިމް ސުލޭމާނީ އަވަހާރަކޮށް ލުމުގެ ބަދަލު ވަރުގަދަޔަށް ހިފުމަށެވެ.
ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވަނީ އީރާނާއި ދެކޮޅަށް ހަނގުރާމަ ފެށިދުވަސްކަމަށްވާ ފެބްރުއަރީ 28 ވަނަ ދުވަހު ދިން ހަމަލާ ތަކުގައެވެ.
2017 ވަނަ އަހަރުން ފެށިގެން ޓްރަމްޕް އޯޑަރަށް ސުލޭމާނީ އަށް ފާރަލަމުން އައިސް އެންމެ ފަހުން އަވަހާހަރަ ކޮށްލާފައިވަނީ ޖެނުއަރީ 2020 ގައި އިރާޤްގެ އޭރުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީއާއި ބައްދަލް ކުރެއްވުމަށް ދަތުރު ކުރައްވަނިކޮށް ބަޤްދާދް އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ޑްރޯން ހަމަލާ އެއްގައެވެ.
![]()
