ދިގު އިންތިޒާރަކަށް ފަހު ކައިވެނި ކުރެވޭ ހަމަޔަށް ދިއުމުން އަހަރެންނާއި ފިރިމީހާ ޑެނިއަލް ތިބީ ވަރަށް އުފަލުންނެވެ.ޑެނިއަލްގެ އާއިލާއަކީ ފައިސާވެރި އާއިލާއެކެވެ. އެމީހުންގެ އާއިލީ ފާމް ހައުސް ގައި ބޭއްވި ހިމޭން،ނަމަވެސް އުފާވެރި ކައިވެނި ޕާޓީ އަށް މެހްމާނުން އައިސް ނިމުމުން އަހަރެންނާއި ޑެނިއަލްވެސް އިށީނީ އެއްޗެއް ކާލުމަށެވެ.ވަރަށް އުފާވެރި މާހައުލެއްގައިތިބެ ކައިނިމިގެން ހަމަ ތެދުވިތަނާ އަހަރެންގެ މަންމަ އައިސް ވަރަށް ރީތިކޮން ހީލުމަށްފަހު އަހަރުން ކައިރީގައި ހުއްޓުނެވެ. ހުރީ އެއްއަތުން ލުއި ބުއިމެއް ހިފައިގެންނެވެ.އަހަރެން ހީކުރީ އަހަރެން އަމިއްލަ ދިރިއުޅުމެއް ފަށައި މަންމަގެ ގެއިން ދާތީ އަސަރު ކޮށްގެން ލޯބިން ފެއާވެލް ކިޔަން އުޅެނީ ކަމަށެވެ. އަހަރެންނާއި ޑެނިއަލްވެސް ވަރަށް އަސަރުކޮށްފައި ތިބެ މަންމައާއި ދިމާލަށް ބަލަން ތިބީމެވެ. އެވަގުތު މަންމަ ކުއްލިއަކަށް އަހަރެންނާއި ދިމާލަށް ބުންޏެވެ.“އެމިލީ، ޑެނިއަލްގެ މައިންބަފައިން ކައިވެނީގެ ހަދިޔާއަކަށް ކަލެޔަށް ދިން ކާރު އަހަރެންވާނީ ކަލޭގެ ދައްތަ މެޑިސަންގެ ނަންމައްޗަށް ބަދަލު ކޮށްފައެވެ.ކަލެޔަށް ވުރެ މެޑިސަން އަށް އެކާރުގެ ބޭނުން މާބޮޑެވެ.“
ހިނދު ކޮޅަކަށް އަހަރެންނަށް ހީވީ އެއީ އަހަރެންގެ ކަންފަތް އަހަރެންނާއި ކޮށްލި ސަމާސާ އެއްކަމަށެވެ.އިވުނު އެއްޗެއް ގަބޫލު ކުރަންވެސް ދަތިވެފައި އިރުކޮޅަކު ހުރުމަށްފަހު އަހަރެން މަޑުމަޑުން މެހްމާނުންނަށް ނީވޭވަރަށް ބުނީ މެވެ. ”މަންމާ އެއީ އަހަރެންގެ އަމިއްލަ ކާރެކެވެ.ކާރު އެހެން މީހަކަށް ނުދޭނަމެވެ.“
ދައްތަ މެޑިސަން އެވަގުތު ބާރަށް ހީގަތެވެ.އަދި ބުންޏެވެ.“އެމިލީ ހަމަޖެހިލާށެވެ.ކާރަކާހެދި ތިޔަވަރު ވާކަށް ނުވާނެއެވެ.ކަލެޔަށް ތިއޮތީ މުއްސަނދި މީހަކާ އިނދެވިފައެވެ.ޑެނިއަލް ކަލެއަށް އެހެން ކާރެއް ގަނެދޭނެ ނޫން ހެއްޔެވެ.“ އޭރު ބައެއްމީހުންކެއުން ހުއްޓާލާފައި އަހަރުންނާދިމާލަށް ބަލަން ފަށައިފިއެވެ.އަހަރެންގެ މޫނު ލަދުންނާއި ވީދެރައިން ވަނީ ރަތް ވެފައެވެ.
ޑެނިއަލްގެ މަންމައާއި ބައްޕަ ކައިވެނީގެ ހަދިޔާއަކަށް އަހަރެންނަށް ދިނީ މުޅިން އައު އަގުބޮޑު ލެކްސަސް އެސްޔޫވީ ކާރެކެވެ.“ސަޕްރައިސް“ އެއްކަމަށް ބުނެ އެދުވަހު ހެނދުނު ކާރުގެ ލިއުންތައް އަހަރެންނާއި ހަވާލުކުރުމުން އަހަރެން ހުރީ އުފަލުން ހަދާނެގޮތެއް ނޭނގިފައެވެ.އަހަރެން މިހާރު ދުއްވާ ސެކަންޑް ހޭންޑް ހޮންޑާ ކާރު މިހާރުވެސް ދެލައްކަ މޭލު ދުއްވިފައިވާތީ އާއި، އަހަރެން ކޮންމެ ދުވަހަކުވެސް އޮފީހަށް ދިއުމަށް 40 މިނިޓް ކާރުގައި ދަތުރު ކުރަންޖެހޭތީ،ތަންކޮޅެއް އިތުބާރު ކުރެވޭ ވެހިކަލްއަކާއި އެކު ކައިވެނީގެ ހަޔާތް ފެށުމަށް އެމީހުން ބޭނުންވީކަމަށް ޑެނިއަލްގެ މަނމްއާއި ބައްޕަ ބުންޏެވެ.
އަހަރެންގެ ހައްގެއް އަހަރެންގެ އަތުން އަތުލުމަށް ފަހު މަންމަ މެޑިސަން އަށް ދޭ މީފުރަތަމަ ފަހަރެއް ނޫނެވެ.ބޮޑުވަމުން އައި އިރު އެކަހަލަ އެތައް ކަމަކާ އަހަރެންނަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.ކިތަންމެ ފަހަރަކު ލާރި ދަތިކަމަށްބުނެ އަހަރެންގެ ބަރތުޑޭ ފާހަގަ ނުކޮށް މެޑިސަންގެ ބަރތުޑޭ ފާހަގަ ކުރާނެއެވެ.ހެދުން ގަންނަ އިރުވެސް އަބަދުވެސް އެންމެ ރީތި އެންމެ އަގުބޮޑު ހެދުން ގަންނާނީ މެޑިސަން އަށެވެ.އަހަރެންނަށް ވަރަށް ގިނަ ފަހަރު އޭނަގެ ބާހެދުންވެސް ލާން ޖައްސާނެއެވެ.އަހަރެންގެ ކޮލެޖް ތައުލީމަށް ރައްކާކުރަމުން އައި ފައިސާގެ ބަޔެއްވެސް މެޑިސަން އަތްމަތިދަތިވެގެން ކަމަށް ބުނެ މަންމަ ނަގާފައި ވެއެވެ.
އޭރުވެސް އަހަރެން އަމިއްލަ ނަފްސަށް ދޭ ޔަގީންކަމެއް އޮވެއެވެ.އަހަރެންގެ ކައިވެންޏަށް މިމީހުން އެއްވެސް ގޮތަކަށް ހުރަސް އަޅާ ކައިވެނި ޚަރާބު ކޮށްލިޔަކަ ނުދޭނަމެވެ.
އެވަގުތު އަހަރުމެންގެ ކުރިމަތީ ހުއްޓި ހުރި އަހަރެންގެ މަންމައާއި ދިމާއަށް އަހަރެން ބުނީމެވެ.“އެކާރު ތިޔަގޮތަށް އަތުނުލެވޭނެއެވެ.“ އަހަރެން މިހެންބުނުމުން މަންމަގެ މޫނުމަތިން ހިނިތުންވުން ފިލާ ދިޔައެވެ. އަދި ބުންޏެވެ.“މިއޮއް އެންމެންގެ ކުރިމަތީ އަހަރެން ލަދުގަންނަވާނުލާށެވެ.“
”އަހަރެންގެ އެއްޗެއް އެހެން މީހަކަށް ނުދެވޭނެކަން އެގިހުރެވެސް ލަދުގަންނަން ޖެހޭގޮތަށް ކަންތައް ތިޔަ ކުރަނީ މަންމަ އަމިއްލަ އަށެވެ.“އަހަރެން ބުނީމެވެ. އެވަގުތު މެޑިސަންވެސް ބުންޏެވެ.“އެމިލީ ކަލޭތީ ހާދަހާ އަމިއްލަ އެދުން ބޮޑުމީހެކެވެ.ކަލޭގެ ކުއްޖަކުވެސް ނެތް އިރު އަހަރެން ދެކުދިން ގޮވައިގެން އުޅޭ މީހަކަށް އެކާރު މާބޭނުން ކުރެވޭނެއެވެ.“
އެހާހަމަޔަށްވެސް އެއްޗެކޭ ނުބުނެ އިން އަހަރެންގެ ފިރިމާހާ ޑެނިއަލް އެވަގުތު ގޮނޑިން ތެދުވެގެން އަހަރުމެން ތިބިތަނަށް އައެވެ.އަދި ބުންނެވެ.
”ކާރާ ބެހޭ ގޮތުން ބުނަން ޖެހޭ މުހިންމު ވާހަކަ އެއް އެބައޮތެވެ.“ އެވަގުތު މަންމަގެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ފެނުނެވެ.ނަމަވެސް ހަށަންބަދެލައިގެން ހުއްޓުނެވެ.
ޑެނިއަލް ޖީބުން ފޯނު ނެގުމަށްފަހު މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު ބުންޏެވެ.
”ކާރުގެ މިލްކުވެރިކަން އެހެން މީހަކަށް ބަދަލުކުރަން އިއްޔެގައި ބަޔަކު މަސައްކަތް ކުރިކަމަށްބުނެ ކާރު ވިއްކި ޑީލަރުން އިއްޔެ އަހަރެންނާއި ގުޅިއެވެ. އަދި އެކަމަށްޓަކައި ހުށައަޅަންޖެހޭ ފޯމުވެސް ހުށައެޅިކަމަށް ބުންޏެވެ. އޭގައިވަނީ އެމިލީ ސޮއިވެސް ކޮށްފައެވެ.“
މިއަޑުއިވި އަހަރެން ދިޔައީ ސިއްސައިގެންނެވެ. މެޑިސަން ހުނުން ހުއްޓާލިއެވެ.އެވަގުތު، ޑީލަރުން ވަނީ ސެކިއުރިޓީ ފުޓޭޖް ފޮނުވާފަ ކަމަށް ބުނެ ޑެނިއަލް ވީޑިއޯ ޕްލޭ ކޮށްލިއެވެ.
އެއިން ފެންނަނީ މަންމައާއި މެޑިސަން އެތަނަށް ގޮސްތިއްބައެވެ.އަދި ފޯމް އެމީހުން އަތަށް ދެމުން އަހަރެން ސޮއި ކުރަން އިންނަ ގޮޅި ދައްކާލިއެވެ.އެތަނުގައިވަނީ ސޮއި ކޮށްފައެވެ. އެކަމަކު އަހަރެން ސޮއެއްނުކުރަމެވެ. އެހެންވީމަ އެމީހުން އެވަނީ އަހަރެންގެ ސޮއި ފޯޖް ކޮށްފައެވެ.ކާރު އަދި ރަސްމީކޮށް އަހަރެންނާއި ހަވާލުވެސް ކޮށްފައި ނުވާތީ ޑީލަރުން ނަށް ކުޑަކޮށް ޝައްކެއްވެގެން ޑެނިއަލްއާއި ގުޅީއެވެ.އަދި އެއށްފަހު އެއްވެސް ކަމެއް ކުރިޔަށް ނުގެންދިއުމަށް ޑެނިއަލް އެމީހުންނަށް އަންގާފައި ވެއެވެ.
އަހަރެން މަންމައާއި ދިމާލަށް ބަލާލުމަށްފަހު ބުނީމެވެ.“އަހަރެންގެ ސޮއި ފޯޖު ކުރީ ކީއްވެގެން ހެއްޔެވެ.؟“ އެއީ އެހެން ކުރި ކަމެއްނޫނެވެ“ މަންމަ އަވަސް އަވަހަށް ބުންޏެވެ.އޭރު އެތަނަށް ޑެނިއަލްގެ ބައްޕަވެސް އަތުވެއްޖެއެވެ.އަދި ވަރަށް ރުޅިއައިސްފައި ބުންޏެވެ.“އެހެންވިއްޔާ އެމިލީގެ ސޮއި ފޯޖް ކުރަން ޖެހުނު ގޮތެއް ކިޔާދޭށެވެ.“ މަންމަ އެވަގުތު ވަށައިގެން ތިބި އެންމެނަށް ބަލާލިއެވެ. އޭރު އެންމެންތިބީ އަހަރުންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
އެވަގުތު މެޑިސަން ފުންމައިގެން އައިސްފައި ބުންޏެވެ.“މަންމަ އުޅުނީ ހަމަޖެހޭ ގޮތަކަށް ކަންތައް ކުރާށެވެ.އެމިލީ އަކަށް އަގުބޮޑު އެސްޔޫވީ އެއްބޭނުމެއް ނުވެއެވެ.“
”އެމިލީ އަށް އެކާރު ބޭނުންވޭތޯ ނުވަތަ ނޫންތޯ އެއީ އަދި އެހެން ކަމެކެވެ.އެއީ އަހަރެންގެ އަންހެނުންނަށް މީހަކު ދިން ހަދިޔާއެކެވެ.އޭނަގެ އަމިއްލަ އެއްޗެކެވެ.ތިޔަގޮތަށް ފޭރިގަނެވޭ ގޮތަށް އޮތް އެއްޗެއްނޫނެވެ.“ޑެނިއަލް ވަރަށް ރުޅިއައިސްފައި ބުންޏެވެ.މަންމަ އެވަގުތު ތޫލިއަޑަކުން އަނެއްކާވެސް ފެށިއެވެ.“ފެމިލީގައި އެކަކު އަނެކަކަށް އެހީވާން ވާނެއެވެ.“
އެއްކަލަ ބޮޑުތަނުގައި ޖެހުނީއެވެ.ފެމިލީގެ ނަމުގައި ހުރިހާ ގުރުބާނީއެއްވާން މިޖެހެނީ އަހަރެންނަށެވެ. މެޑިސަން ކޮލެޖުން ފެއިލް ވީމައި ނެގީ އަހަރެންގެ ގްރެޖުއޭޝަން ލާރިކޮޅެވެ.ފަހުން އަހަރެން ވަޒީފާއަށް ވަދެލާރި ލިބެން ފެށިފަހުން މެޑިސަންއަށް ރެންޓް ނުދެއްކޭ ފަހަރުތަކުގައި މެޑިސަންގެ ރެންޓް ދައްކަން އަހަރެންނަށް ޖައްސައެވެ.މެޑިސަން ފަރުވާކުޑަކަމުން އަމިއްލަ ކާރު އެކްސީޑެންޓް ވެހަލާކުވުމުން ކާރުގެ ރިޕެއަރ އަށްވެސް ލާރި ދޭން ޖެއްސީ އަހަރެންނަށެވެ.ފެމިލީގެ ނަމުގައެވެ.
އަހަރެން މެޑިސަން އާއި ދިމާލަށް އެނބުރުމަށް ފަހުބުނީމެވެ.“މަންމަ އަހަރެންގެ ސޮއި ފޯޖު ކުރިކަން ކަލެއަށް އެނގޭ ހެއްޔެވެ.؟“ޖަވާބު ދިނުމަށް އޭނަލަސް ކުރިވަރުން އޭގެ ޖަވާބު އަހަރެންނަށް ޔަގީންވިއެވެ.
ޑެނިއަލް އެވަގުތު ބުންޏެވެ.ޑީލަރުން އަތުގައި ހުރިހާ ފުތޭޖް އަދި ލިޔެކިއުންތައް އެބަހުއްޓެވެ.ބައްޕަގެ ވަކީލުން ވަނީ ހުރިހާ އެއްޗެއް ބަހައްޓަން އެމީހުންނަށް އަންގާފައެވެ.“
ވަކީލުން،މިބަސް ބުނި އަޑަށް މަންމަގެ ދެލޯބޮޑުވެގެން ދިޔައެވެ.އަދި ތަންކޮޅެއް މަޑުއަޑަކުން ބުންޏެވެ.“ޑެނިއަލް އެވެ.މިއީ އާއިލީ މައްސަލައެއް ނޫންހެވެ.“ އެވަގުތު އަހަރެން ބުނީމެވެ.“ނޫނެކެވެ.މިއީ ސީދާ ފްރޯޑް ގެ މައްސަލަ އެކެވެ.“ އަހަރެން މިހެންބުނުމުން މަންމަ އަހަރެންނާއި ދިމާލަށް ބަލާލީ އަހަރެން މަންމަގެ މޫނުމަތީގައި ޖެހުމުން ބަލާލާގޮތަށެވެ. އަދި ބުންޏެވެ.“ކާރަކާ ހެދި އަމިއްލަ މަންމަ އާއި ދެކޮޅަށް ފުލުހުންނަށް ހަމަ ގުޅާފާނަން ހެއްޔެވެ.؟“
އަހަރެން ލައްވާ ކަމެއް ދުކޮށްލުވުމަށް މަންމަ ފެމިލީ އުޒުރަކަށް ހަދަމުން އައި ގިނަ ގިނަފަހަރުތައް މަތިން އަހަރެން ހަނދާންވިއެވެ.އަދި ބުނީމެވެ.“އަހަރެން އެއްވެސް ތާކަށް ނުގުޅަމެވެ.“ .
އެވަގުތު ރިސެޕްޝަން ހޯލްގެ ދޮރުމަތީގައި ކުޑަކޮން އަދުގަދަ ވެގެން ބަލާލިއިރު ޔުނީފޯމް އެޅި ދެ ފުލުސް އޮފިސަރުން އެތަނުގައި ތިބެ ސުވާލު ކުރަނީ އެވެ.އަދި އިރުކޮޅަކުން އަހަރުމެންތިބި ތަނާދިމާއަށް އަންނަން ފެއްޓިއެވެ.
މަންމަ ޑެނިއަލް އާއި ދިމާލަށް ބަލާލުމަށްފަހު ބުންޏެވެ.“ތިޔަކުރީ ކޮންފަދަ ކަމެއްހެއްޔެވެ.“ ޑެނިއަލް އެވަގުތު ބުންޏެވެ.“އަހަރެން އެއްވެސް ކަމެއް ނުކުރަމެވެ.ސޮއި ފޯޖް ކޮށްގެން ކާރު ފޭރެން އުޅުނު މައްސަލަ މިއަދު ހެނދުނު ފުލުހަށް ހުށައެޅީ ޑީލަރުންނެވެ.“
ދެފުލުހުން ގެ ތެރެއިން އެކަކު ދޮރު ބަލަހައްޓަން މަޑުކޮށްފައި އެކަކު އަހަރުންނާއި ދިމާއަށް އަންނަން ފެށުމުން މަންމަ ހާސްވެގެން ވަށާ ބަލާލިއެވެ. އަދި މަންމަގެ ހާޔާތުގައި ފުރަތަމަ ފަހަރަށް ކަމުގެ ޒިންމާ އަޅުވާނެ އެހެން މީހަކު މަންމަ އަކަށް ނުފެނުނެވެ.
(ނިމުނީ)
![]()
