ޖަލަށް ލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

Loading

Facebook
Twitter
WhatsApp

ޖަލަށް ލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލު ކުރުމަށް ސުޕްރީމް ކޯޓުން އަންގާރަ ދުވަހު އަމުރު ކޮށްފި އެވެ.އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލު ކުރަނީ ސިއްހީ މައްސަލަ ތައް ކުރިމަތިވަމުންދާތީ މެޑިކަލް ޗެކްއަޕް ތަކަށާ ފަރުވާއަށް ކަމަށް ޚަބަރު ލިބެއެވެ.އިމްރާންގެ ސިއްހީފަރުވާ ކުރިޔަށް ގެންދިއުމަށް އޭނާގެ ޕާޓީން ގޮވާލަމުން ގެންދާތާ އެތައްމަހެއް ވަނީ ވެފައެވެ.


އުމުރުފުޅުން 73 އަހަރުގެ އިމްރާން ޚާން ކޮރަޕްޝަންގެ ކުށުގައި ޖަލަށް ލެވުނީ 2023 ވަނަ އަހަރުއެވެ. ސުޕްރީމް ކޯޓުގެ ހުކުމް އިއްވަވަމުން ޖަސްޓިސް ޝާހިދު ވަހީދު އަންގާރަ ދުވަހު ވިދާޅުވީ ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ރާވަލްޕިންޑީގެ އަޑިއާލާ ޖަލުން ވެރިރަށް އިސްލާމް އާބާދުގައި ހުންނަ ޝިފާ އިންޓަރނޭޝަނަލް ހޮސްޕިޓަލަށް އިމްރާން ޚާން ބަދަލު ކުރެވޭނެ ކަމުގައެވެ.
އިމްރާން ޚާން އާއި އަނބިކަނބަލުން ބުޝްރާބީބީގެ މައްޗަށް ކުށްސާބިތުވެ 17 އަހަރުގެ ޖަލު ހުކުމް އިއްވުނީ މިދިޔައަހަރުގެ ފަހު ކޮޅުއެވެ.
އިމްރާން ޚާންގެ އެއްވަކީލު ކަމަށްވާ އުޒެއިރު ބަންޑާރީ ބުނީ އިމްރާން ޚާންގެ ފަރުވާގެ ކަންތައް ކުރިޔަށް ގެންދިއުމަށް ޚާއްސަ މެޑިކަލް ބޯޑެއް އުފެއްދުމަށް ވެސް ތިންމެންބަރުންގެ ބެންޗުން ވަނީ އަމުރު ކުރައްވާފައެވެ. މިގޮތުން އުފައްދާ މެޑިކަލް ބޯޑުގައި އިމްރާން ޚާންގެ ކޮއްކޯފުޅު ޑޮކްޓަރ އުޒްމާ ޚާން އަދި އިމްރާންގެ ޕަރސަނަލް ޑޮކްޓަރު، ޑޮކްޓަރ ފައިސަލް ސުލްތާންވެސް ހިމެނުމަށް އަމުރު ކުރައްވާފައި ވެއެވެ.
މީގެ އިތުރުން އިމްރާން ހޮސްޕިޓަލްގައި އޮންނަވާއިރު އޭނާގެ އާއިލާގެ ބޭފުޅުންނާ ބައްދަލް ކުރެއްވޭނެ ގޮތް ހެދުމަށާ ގައުމުން ބޭރުގައި ތިއްބެވި ދެފިރިހެން ބޭފުޅުންނާ ވާހަކަ ދެއްކޭނެގޮތް ހަދާދިނުމަށްވެސް ކޯޓުން އަމުރު ކޮށްފައިވާކަމަށް ބަންޑާރީ ހާމަ ކޮށްފައި ވެއެވެ.
އިމްރާން ޚާންގެ މައްޗަށް ކުރެވޭ ދައުވާ ތަކުގެ ދެން އޮންނަ އަޑުއެހުން ތާވަލު ކޮށްފައިވަނީ ސެޕްޓެމްބަރ 16ވަނަ ދުވަހަށެވެ.އަދި އެންމެ ކުޑަމުއްދަތަކަށްވެސް އެދުވަހާ ހަމަޔަށް އިމްރާން ހޮސްޕިޓަލްގައި ބެހެއްޓުމަށް އަމުރުގައި ހިމެނޭކަމަށް ވަކީލު ބުނެފައި ވެއެވެ. މިމުއްދަތު ވެގެން ދާނީ 2023 ގެ އޮގަސްޓް މަހު އިމްރާން ޖަލަށް ލެވުނު ފަހުން ޖަލުން ބޭރުގައި ހޭދަ ކުރައްވާނެ އެންމެ ދިގު މުއްދަތަށެވެ.
އިމްރާންގެ މައްޗަށް ކުރެވުނީ ކޮރަޕްޝަންގެ ދައުވާ ތަކެއް ކަމަށްވާއިރު އޭނާގެ ޕާޓީން ބުނަމުން ދަނީ އެއީ ސިޔާސީ ދައުވާތަކެއް ކަމުގައެވެ.
އިމްރާން ޚާން އަށް ހިތުގެ މައްސަލައިގެ އިތުރުން ބްލަޑް ޕްރެޝަރ މައްސަލަ ތަކެއް ކުރިމަތިވަމުންދާކަމަށް ބުނެ ކާޑިއެކް ބޯޑުން ދީފައިވާ މެޑިކަލް ރިޕޯޓެއް އަޑިއާލާ ޖަލުގެ ސުޕްރިންޓެންޑަންޓް ހޯމަ ދުވަހު ވަނީ ކޯޓަށް އިއްވާފައެވެ.އަދި މިގޮތަށް ދިމާވަނީ އާއިލާ އާއި ބައްދަލް ނުވާތީ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
އިމްރާންޚާންގެ އެއްލޮލަށް ކުރިމަތިވި މައްސަލައަކަށް މިއަހަރުގެ ކުރީކޮޅު ހޮސްޕިޓަލުން ފަރުވާ ހޯއްދެވިއެވެ.އޭރު އިމްރާންގެ އާއިލާއިން ބުނެފައިވަނީ އިމްރާންގެ ކަނައަތު ލޮލުގެ ފެނުން މުޅިންހެން ގެއްލިފައިވާކަމުގައެވެ.ވަކީލުން ހާމަ ކޮށްފައިވާ ގޮތުގައި ސުޕްރީމުން ކޯޓުން އަންގާރަ ދުވަހު ނިންމި ނިންމުމަކީ އިމްރާންގެ ފަރުވާގެ ކަންކަން ކުރިޔަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައެވެ.އަދި ލެއްވި ރަހުމަތެއް ކަމުގައެވެ.އި އެފަރާތުން ސިފަކޮށްފައި ވެއެވެ.
2018އިން 2022އަށް ޕާކިސްތާންގެ ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ޚާން މަގާމުން ވަކި ކުރެވުނީ ބާރުގަދަ އާމީ ލީޑަރުންނާ ދެބަސްވުމާއި ގުޅިގެން އޭނާގެ މައްޗަށް ނެގުނު އިތުބާރު ނެތް ކަމުގެ ވޯޓެއް ކާމިޔާބް ކުރެވޭގޮތް ނުވުމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް