އިންޑޮނޭޝިއާއަށް އައި ދެ ބިންހެލުމަށްފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް ދަނީ

Loading

Facebook
Twitter
WhatsApp

އިންޑޮނޭޝިއާއަށް ހޮނިހިރުދުވަހު އައި ބާރުގަދަ ދެ ބިންހެލުމަށްފަހު ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ބަޔަކު ތިބިތޯބަލާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއުޓީމް ތަކުން ބާރަށް ކުރިޔަށް ގެންދާކަމަށް ޚަބަރުލިބެއެވެ.


ދެބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 47އަށް އަރާފައެވެ.
7.7ގެ ބާރުމިނުގައި ފުރަތަމަ ބިންހެލުން އައިސްފައިވަނީ ފަތިހު ފަހެއް ޖެހިއިރު ފްލޮރެސް ޖަޒީރާ އަށެވެ. އޭގެ ހަގަޑިއިރު ފަހުން 6.9 ގެ ބާރުމިނުގައި ބިމުގެ 158 ކިލޯމީޓަރު އަޑިން، ދެވަނަ ބިންހެލުން އައިސްފައިވަނީ އަނެއްކޮޅުގައިވާ ސުމަތުރާއަށެވެ.
ދެވަނަ ބިންހެލުން އައި ވަގުތު ވެސް ސުނާމީ ގެ އިންޒާރު ނެރުނު ނަމަވެސް،ފަހުން ވަނީ އެ އިންޒާރު ބާޠިލު ކޮށްފައެވެ.
ބިންހެލުން ތަކަށް ފަހު 341އާފްޓަރޝޮކް ވެސް އައިސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
ފުރަތަމަ ރިޕޯޓް ތައް ބުނާ ގޮތުން ދެ ބިންހެލުމުގައި 900އެއްހާ ގޭގެ އިތުރުން އެތައްސަތޭކަ އެހެން އިމާރާތް ވެއްޓިފައި ވެއެވެ.ނުވަތަ ގެއްލުންތައްލިބިފައި ވެއެވެ.
މިވަގުތުވެސް ވަގުތީ ހިޔާތަކުގައި ފަސްހާހެއްހާ މީހުން އެބަތިބި ކަމަށާ 10،500އެއްހާ އެހީގެ ޕެކޭޖް އެތަންތަނަށް ފޮނުވިފައިވާކަމަށް ސަރުކާރުން ހާމަ ކޮށްފައި ވެއެވެ.އަދި ވަގުތީ ހޮސްޕިތަލެއް ގާއިމް ކުރެވި އަނިޔާވި މީހުނަށް ދަނީ ފަރުވާ ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް