އިންޑޮނީޝިޔާގެ ފްލޮރެސް ޖަޒީރާ އަށް 7.7 ގެ ބާރުމިނުގައި ބިންހެލުމެއް އައުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެ، އާންމުން އުސްހިސާބުތަކަށް ބަދަލުވުމަށް އަންގަމުންދާކަމަށް ޚަބަރު ލިބެއެވެ. ޚާއްސަކޮށް ފްލޮރެސް ޖަޒީރާ ގެ އުތުރު އަދި ދެކުނު ކޯސްޓަލް ސަރަހައްދު ތަކުގައި އުޅޭ ފަރާތްތަކުން އަމިއްލަޔަށް ވިއަސް އަވަހަށް ދުރަށް ދިއުމަށް ދަނީ އަންގަމުންނެވެ.
ހޮނިހިރުދުވަހު ފަތިހު އެތާގަޑިން ފަހެއްޖަހާއެހާކަންހާއިރު އައި ބިންހެލުން ފެށިފައިވަނީ 35 ކިލޯމީޓަރު އަޑިން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ. ބިންހެލުމަށް އިތުރު އެތައް ގުޑުންތަކެއް ވަނީ އައިސްފައެވެ. މިގޮތުން 6.1 ގެ ބާރު މިނުގައިވެސް އާފްޓަރ ޝޮކެއް އައިސްފައި ވެއެވެ.
ބިންހެލުމާއި އެކު 0.5މީޓަރާ 3މީޓަރާދެމެދުގެ އުސް ރާޅުތައް އަރާނެ ކަމަށް އަންދާޒާ ކުރެވުނެވެ.ނަމަވެސް އެހާ ބޮޑެތި ރާޅުތައް އަރާފައި ނުވާކަމަށް ވެއެވެ.އަދި ބިންހެލުން އައިތާ 3ގަޑިއިރު ފަހުން ވަނީ ސުނާމީ އިންޒާރު ވީއްލާފައެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮފިޝަލުން ހާމަ ކުރައްވާފައިވާ ގޮތުގައި ބިންހެލުމުގެ ގުޑުންތައް ދެކުނުން ސުލަވެސީ ޖަޒީރާއާއި ހަމަޔަށްވެސް ފޯރާފައިވެއެވެ.
ބިންހެލުމުގައި މަރިވި އަދި އަނިޔާތައް ލިބުނު މީހުންގެ ތަފްސީލް ތައް އަދި ހާމަވެފައި ނުވިނަމަވެސް 5 މީހުން މަރުވެފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެފައި ވެއެވެ.
ބިންހެލުމުގައި ގެއްލުންވި ބައެއްތަންތަނުގެ ތެރޭގައި ސަރުކާރުގެ އިމާރާތްތަކާއި މިސްކިތް އަދި ފައްޅީގެ އިތުރުން ބައެއް އަމިއްލަ މީހުންގެ ގެތައްވެސް ވަނީ ވެއްޓިފައިކަމަށް ޚަބަރު ލިބެއެވެ.
![]()
