ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލެވިޓް އޮގަސްޓް މަސް ނިމުމާއިއެކު މަގާމުން ވަކިވާނެ ކަން ބުދަދުވަހު ރައީސް ޓްރަމްޕް އިއުލާން ކުރައްވާފައި ވެއެވެ.މިއީ މިއަހަރު ބާއްވަން ތައްޔާރު ވަމުންދާ މިޑް-ޓަރމް އިލެކްޝަންއަށް ތިންމަހަށް ވުރެވެސް ކައިރި ވެފައިވަނިކޮށް ސަރުކާރުގެ ކޮމިޔުނިކޭޝަން ޓީމަށް ގެންނަ މުހިންމު ބަދަލެއްކަން ފާހަގަ ކުރެވެއެވެ.
ލެވިޓް އަކީ އެންމެ އިތުބާރު ކުރެވޭ އެއިޑުންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށް ސިފަ ކުރައްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ އޮގަސްޓް މަސް ނިމުމުން ލެވިޓް މަގާމުން ވަކިވަނީ ކުދިންނާއި އާއިލާއާއި އަށް ވަގުތު ދިނުމަށް ކަމުގައެވެ.އަދި މިއީ ޓްރަމްޕަށް އަންޑަރސްޓޭންޑްވެ، އިހްތިރާމް ކުރައްވާ ނިންމުކެއްކަމަށްވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. އަދި މަގާމުން ވަކިވި ނަމަވެސް ޓްރަމްޕަށް ލަފާ ދިނުމުގައި އޭނާ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
އުމުރުން 28 އަހަރުގެ ލެވިޓް އަކީ އެންމެ ހަގު އުމުރެއްގައި ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމާ ހަވާލުވި ފަރާތެވެ.އަދި އޭނާއަކީ ބަލިވެ އިންހާލުގައި އެފަދަ ބުރަ ވަޒީފާއެއް އަދާކުރި ފުރަތަމަ އޮފިޝަލެވެ.ދެވަނަ ދަރިފުޅު ވިހެއުމަށްފަހު ކުރު މެޓަރނިޓީ ލީވް އަކަށްފަހު މިދިޔަމަހުވަނީ ލެވިޓް މަސައްކަތަށް ނިކުމެފައެވެ.
ޓްރަމްޕް ގެ ރައީސް ކަމުގެ ފުރަތަމަ ދައުރުގައި ލެވިޓް މަސައްކަތް ކޮށްފައިވަނީ ތަންކޮޅެއް ދަށް މަގާމެއްގައެވެ.ނަމަވެސް ދެވަނަ ދައުރުގައިވަނީ ޓްރަމްޕް ގެ އިތުބާރު ހޯދާ މަގާމްގެ ކުރިއެރުން ހޯދާފައެވެ. ލެވިޓްއަކީ ޓްރަމްޕް ގެ ޕޮލިސީތައް ދިފާއު ކުރުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެމުން އައި ފަރާތެކެވެ.
ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލެވިޓް މަގާމުން މިވަކިވަނީ ޓްރަމްޕް ސަރުކާރަށް އޮތް މަގްބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އީރާން ހަނގުރާމައިގައި ޓްރަމްޕަށް ކާމިޔާބީ އެއް ހާސިލް ކުރެވިފައިނުވުމާއި އަދި ތެލުގެ އަގު އަރަމުން ދިއުމާއި އެކު އާންމުގެ ނުރުހުން ވަނީ ވަރަށް ބޮޑަށް ޓްރަމްޕަށް އަމާޒުވެފައެވެ.
![]()
