ދައުލަތުގެ އިދާރާތަކުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއްނޫން: އިހްސާން

Loading

Facebook
Twitter
WhatsApp

ދައުލަތުގެ އިދާރާތަކުގެ ކަރާމާތާ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ނުދެއްކުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ.


ވަޒީރު މިކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ކުރެއްވި ސުވާލުގައި ވަނީ ފުލުހުންނާ ދޭތެރޭ ނަފްރަތު އުފައްދާ ރައްޔިތުންގެ މެދުގަ ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އެޅޭނެ އެއްވެސް ފުރުސަތެއް އޮތްތޯއެވެ.

އެގޮތުން މި ސުވާލުގެ ޖަވާބުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ކަރާމާތާއި އެތަންތަނުގެ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ މަންފާ ހޯދުމަށްޓަކައި އިދާރާތަކުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އެކަންކަމަކީ ކޮންމެ ސަރުކާރެއް އޮތަސް އަދި ކޮންމެ ސިޔާސީ ފިކުރެއް އޮތަސް އެތަން ތަނުގެ އިއްޒަތާއި ކަރާމާތް އަދި އަބުރު ނެގެހެއްޓެން ޖެހޭނެ ތަންތަން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ވަކިން ޚާއްސަކޮށް ފުލުހުންގެ ޚިދުމަތާއި ދިވެހި ސިފައިންގެ ޚިދުމަތް ފަދަ ސަލާމަތީ ޚިދުމަތްތައްދޭ ދިވެހި ރައްޔިތުން އެ ޚިދުމަތަކަށް ކޮންމެ ހާލަތެއްގައިވެސް ބަލަބަލާ ތިބޭ ޚިދުމަތްތަކެއް ކަމަށާއި އެތަން ތަނުގެ ކަރާމާތާއި ރައްކާތެރިކަން އަދި ވަކިން ޚާއްސަކޮށް އެތަން ތަނަށް އޮންނަ އިތުބާރު ސިޔާސީ ގޮތުން ނަގާލުމުގެ ފުރުސަތު އޮވެގެންވާނެ ކަމެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށް އިޙްސާން ވިދާޅުވިއެވެ.
މީގެއިތުރުން އެ ތަންތަނަށް ޤާނޫނީ ގޮތުން އަދި ރައްކާތެރިކަން ދެވިފައި ނެތްކަން ފާހަގަކުރައްވާ ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސް ދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް