މިސައިލަކަށް މިސައިލެއް! ޢިރާޤުންވެސް ހަނގުރާމައިގެ ތެރެއަށް ވަންނަނީ؟

Loading

Facebook
Twitter
WhatsApp

ސައޫދީ ޢަރަބިއްޔާ އަދި އެމެރިކާއާ ދެކޮޅަށް ސީދާ ޢަސްކަރީ ފިޔަވަޅު އަޅާނެކަމަށް، އީރާނުގެ ތާއީދު ލިބޭ ޢިރާޤުގެ ޖަމާޢަތެއްގެ ލީޑަރު އިންޒާރު ދީފިއެވެ. މިއީ މިހާރުވެސް ބައިނަލްއަޤްވާމީ ތެލުގެ ބާޒާރު ހުއްޓުމަކަށް ގެނުވަމުންދާ ހަމަނުޖެހުމެއް އިތުރަށް ގޯސްވުމުގެ ފުރުޞަތެކެވެ.

ޢިރާޤުގެ ޕޮޕިއުލަރ މޮބިލައިޒޭޝަން ފޯސަސް އާ ގުޅިފައިވާ ޙަރަކާތު ޙިޒްބުﷲ އަލް-ނުޖަބާ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް އަކްރަމް އަލް-ކަޢުބީ ހޮނިހިރު ދުވަހު ދެއްވި ބަޔާނެއްގައި ވިދާޅުވީ، ”މިސައިލްތަކާ ކުރިމަތިލެވޭނީ ހަމައެކަނި މިސައިލުން، އަދި އަލިފާނާ ކުރިމަތިލެވޭނީ ހަމައެކަނި އަލިފާނުން“ ކަމަށެވެ.
މިއީ ފާއިތުވި މަހު ސައޫދީ އަދި އެމެރިކާ ގުޅިގެން ޢިރާޤުގެ ބައެއް ސްޓޭޓްތަކުގައި ހުރި ޕީއެމްއެފް ގެ މަރުކަޒުތަކަށް ދިން ވައިގެ ހަމަލާތަކުގެ ފަހުން ދިން ބަޔާނެކެވެ. އީރާނުގެ ދައުލަތުގެ މީޑިއާ އައިރިބް އިން ބުނާ ގޮތުގައި، މި ހަމަލާތަކުގައި މަދުވެގެން ޕީއެމްއެފްގެ 20 ފައިޓަރުން މަރުވެ، 32 މީހަކު ޒަޙަމްވެފައި ވެއެވެ.
އަލް-ކަޢުބީ، ސައޫދީ ޢަރަބިއްޔާއާއެކު ޑިޕްލޮމަސީގެ އެއްވެސް މަގެއް ގަބޫލެއް ނުކުރައްވައެވެ. ސައޫދީން، އެމެރިކާއިން ޢިރާޤުގައި ދިން ހަމަލާތަކަށް، ކާރު ބޮމުގެ ހަމަލާތައް ހިމެނޭގޮތަށް، ފައިސާ ދީ ތާއީދުކުރި ކަމަށް ޢިރާގުން ތުހުމަތުކުރެއްވިއެވެ.
ސައޫދީ ޢަރަބިއްޔާގެ ތެލުގެ ފެސިލިޓީތަކަށް ޢިރާޤުގެ ޖަމާޢަތްތަކުން ޑްރޯން ހަމަލާތައް ދިން ކަމަށް ތުހުމަތުކުރުމަށްފަހު ހަމަލާތައް ދިނެވެ. މީގެ އިތުރުން، އީރާނުންވެސް ސަރަޙައްދުގައި ތިބި އެމެރިކާ ސިފައިންނަށް މިސައިލް ހަމަލާތަކެއް ދިނެވެ. ޔަމަނުގެ ޙޫޘީ ޖަމާޢަތުންވެސް ސައޫދީގެ އެނަރޖީ ފެސިލިޓީތަކަށް ވަކިން ހަމަލާދިން ކަމަށް ބުނެފައިވެއެވެ. މިއިން ދޭހަވަނީ މިއީ ވަކި ހާދިސާއަކަށްވުރެ، ފުޅާވަމުންދާ ހަމަނުޖެހުމެއްކަމެވެ.
ސެންޓްކޮމް އިން ބުނެފައިވަނީ އައިއާރްޖީސީ އަދި އެ ޖަމާއަތާއި ގުޅިފައިވާ ޖަމާޢަތްތަކުން ހަމަލާތައް ހުއްޓާނުލައިފިނަމަ، އިތުރު ޢަސްކަރީ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިހާރު މި ހަނގުރާމަ، އެމެރިކާ، ސައޫދީ ޢަރަބިއްޔާ، އީރާން، ޢިރާޤުގެ ޖަމާޢަތްތައް އަދި ޔަމަނުގެ ޙޫޘީން ހިމެނޭ ފަސް ފަރާތުގެ ކުރިމަތިލުމަކަށް ބަދަލުވެފައިވާ ކަމަށާއި، ސުލްޙައިގެ ވާހަކަތައް އަލުން ފެށިދާނެ ކަމުގެ އުއްމީދު ދިޔައީ ބޮޑުވަމުން ކަމަށްވިޔަސް، ސަރަޙައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު މިހާރު ވަނީ އިތުރުވެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް