ކޮންމެ އިންތިޚާބަކާއި ދިމާކޮށް މިހާރު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ޖަހަނީ އެއް ލަވައެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
ފާއިތުވި ދެ އަހަރު ޤައުމު ފަޤީރުވެގެން ގޮސްފާވާކަމަށް ވެސް ޑރ.ޖަމީލްގެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ. މީގެ އިތުރުން އައްޑޫ އަތޮޅުގެ ނަން ޚާއްސަކޮށް ފާހަގަކޮށް، ވެރިކަމާއި މަޖިލީހުގެ މެޖޯރިޓީ ލިބުނަސް ”އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބުނު“ ކަމަށް އެޓްވީޓުގައި ވެއެވެ. އައްޑޫގެ ބޭބޭފުޅުންނަށް ޕާޓީއާއި ސަރުކާރުގެ މަޤާމެއް ނުލިބުނުއިރު، މަޤާމުތައް ދެމުންގެންދަނީ ރައީސް ޞާލިޙްގެ އާއިލާގެ ބޭފުޅުންނަށް ކަމަށް ވިދާޅުވެ ޖަމީލް ވަނީ ފާޑު ވިދާޅުވެފައެވެ.
ޑރ.ޖަމީލްގެ ޓްވީޓް ނިންމާލަމުން ފާހަގަ ކުރެއްވި ގޮތުގައި އައްޑޫއިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީއެވެ. އަދި އެމްޑީޕީގެ ރަމްޒަކަށް ފެންނަން އޮތީ ވީރާނާކުރުމާއި، ފްލައިން ސްކޫލްކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.
ޖަމީލް މި ޓްވީޓް ކުރައްވާފައިވަނީ އައްޑޫ ފްލައިން ސްކޫލާއި ބެހޭ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް، އެކަމަކު މިދިޔަ 2 އަހަރު ޤަޢުމްވީ ފަޤީރު. ވެރިކަމާއި މަޖިލިސް ލިބުނަސް ރާއްޖެއަށް، ޚާއްޞަކޮށް އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބުނު. ވަޒީފާ/ޕާޓީ މަޤާމެއް ނުދިން، އެކަމަކު ރައީސް @ibusolih ގެ އާއިލާއަށް ހުރިހާ މަޤާމެއް 1/2
— Mohamed Jameel Ahmed (@MJameelAhmed) January 12, 2021
… ޕާޓީގެ ބޮޑުން، މަޖިލީހުގެ އެންމެ މަޤާމެއްވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާންމު މީހަކަށް ދުލެއްނުކުރި. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީ. އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި ފްލައިން ސްކޫލް. 2/2 pic.twitter.com/1jR9zCbPHZ
— Mohamed Jameel Ahmed (@MJameelAhmed) January 12, 2021
One Response
އޯހ ނޯ ޖަމީލޫ،،،، މަނިކުފާނުގެ ވަހުތާންކަން ތަންކޮޅެއް ބޮޑެވެ. ގޫގަލް ކޮށްލިޔަސް މަނިކުފާނުގެ ހޮޅި ގޮވުންތަކުން ބޯހަލާކުވެއެވެ. ޔޫކޭ ގައި އަންނި ގޮވައިގެން އެމްއެމްޕީއަރސީ މޮހޯމެން ވެސް އޯކޭ ވެގެން މިއުޅޭ ގާސިމް ސޭޓުގޮވައިގެން އެއޮށް ތެޅުނުގޮތް އެއޮށް ގޮވި ގޮވެލިފަތީ. ދެން ކިހިނެއްތޯ މަނި-ކުފާނަށް ސިޔާސީ ގޮތުން ޓުރަސްޓު ކުރާނީ. މަވާ ހޯ ހޯ. ހަމަ ތެދެއްމިބުނީ ޖަމީލޫ!