"ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް"- ޑރ.ޖަމީލް

Loading

Facebook
Twitter
WhatsApp

ކޮންމެ އިންތިޚާބަކާއި ދިމާކޮށް މިހާރު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ޖަހަނީ އެއް ލަވައެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ފާއިތުވި ދެ އަހަރު ޤައުމު ފަޤީރުވެގެން ގޮސްފާވާކަމަށް ވެސް ޑރ.ޖަމީލްގެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ. މީގެ އިތުރުން އައްޑޫ އަތޮޅުގެ ނަން ޚާއްސަކޮށް ފާހަގަކޮށް، ވެރިކަމާއި މަޖިލީހުގެ މެޖޯރިޓީ ލިބުނަސް ”އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބުނު“ ކަމަށް އެޓްވީޓުގައި ވެއެވެ. އައްޑޫގެ ބޭބޭފުޅުންނަށް ޕާޓީއާއި ސަރުކާރުގެ މަޤާމެއް ނުލިބުނުއިރު، މަޤާމުތައް ދެމުންގެންދަނީ ރައީސް ޞާލިޙްގެ އާއިލާގެ ބޭފުޅުންނަށް ކަމަށް ވިދާޅުވެ ޖަމީލް ވަނީ ފާޑު ވިދާޅުވެފައެވެ.

ޑރ.ޖަމީލްގެ ޓްވީޓް ނިންމާލަމުން ފާހަގަ ކުރެއްވި ގޮތުގައި އައްޑޫއިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީއެވެ. އަދި އެމްޑީޕީގެ ރަމްޒަކަށް ފެންނަން އޮތީ ވީރާނާކުރުމާއި، ފްލައިން ސްކޫލްކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.

ޖަމީލް މި ޓްވީޓް ކުރައްވާފައިވަނީ އައްޑޫ ފްލައިން ސްކޫލާއި ބެހޭ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

Loading

One Response

  1. އޯހ ނޯ ޖަމީލޫ،،،، މަނިކުފާނުގެ ވަހުތާންކަން ތަންކޮޅެއް ބޮޑެވެ. ގޫގަލް ކޮށްލިޔަސް މަނިކުފާނުގެ ހޮޅި ގޮވުންތަކުން ބޯހަލާކުވެއެވެ. ޔޫކޭ ގައި އަންނި ގޮވައިގެން އެމްއެމްޕީއަރސީ މޮހޯމެން ވެސް އޯކޭ ވެގެން މިއުޅޭ ގާސިމް ސޭޓުގޮވައިގެން އެއޮށް ތެޅުނުގޮތް އެއޮށް ގޮވި ގޮވެލިފަތީ. ދެން ކިހިނެއްތޯ މަނި-ކުފާނަށް ސިޔާސީ ގޮތުން ޓުރަސްޓު ކުރާނީ. މަވާ ހޯ ހޯ. ހަމަ ތެދެއްމިބުނީ ޖަމީލޫ!

Leave a Reply to މޫސަ ފިކުރީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް