މޫސުމާބެހޭ ޤައުމީ އިދާރާއިން، ހއ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މި ސަމާލުގެ ވަގުތު ދަމައްޓާފައިވަނީ މިއަދު ހެނދުނު 7:30ން ފެށިގެން މެންދުރު 11:30ގޭ ނިޔަލަށެވެ.
މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްއެވެ.
މީގެ އިތުރުން މި ވަގުތުގެ ތެރޭގައި އެ ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.
މި ހަފުތާ ބަންދުގައި މޫސުން ގޯސްވާނެކަމަށް ބެލެވޭއިރު، އެންމެހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
![]()
