ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ

Loading

July 29, 2026
profile
Facebook
Twitter
WhatsApp

ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަމުން ދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ އެރަށު ތުނޑީ އަވަށު ކުރިބޯށިގެ، އަމްޖާޒު އަލީ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 11:45 ހާއިރު ކަމަށެވެ.

ޢާއިލާއާ ހަވާލީ އެ ރަށުގެ ކައުންސިލުން ބުނީ، އަމްޖާޒުގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ މެންދަމު 12:00 ހާއިރު ކަމަށެވެ.

ފުލުހުންނާއި އެ ރަށު ރައްޔިތުން ގުޅިގެން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތުގެ ތެރޭގައި، އަމްޖާޒު ދުއްވި ސައިކަލު މިހާރު ވަނީ ފެނިފައި ކަމަށާއި، ނަމަވެސް އޭނާގެ ފޯނަށް ނުގުޅޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

އަމްޖާޒާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ޢާއިލާގެ ނަމްބަރު 9502503 އަށް ގުޅައި، ހިއްސާކުރުމަށް ޢާއިލާއިން ވަނީ އެދިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް