ދަރިފުޅުގެ ކައިވެނި ޕާޓީ އަށް ދިޔައިރު އަހަރެންގެ ގޮޑި ހުރީ ހޯލުން ބޭރުގައި ޑަސްބިންތައް ކައިރީގައެވެ.

Loading

Facebook
Twitter
WhatsApp

އަހަރެންގެ ދަރިފުޅުގެ ކައިވެނި ޕާޓީ އަށް އަހަރެން ދިޔައިރު އަހަރެން އިށީންނަންވީ ގޮޑި ބަހައްޓާފައި ހުރީ ހޯލުން ބޭރުގައި ޑަސްބިންތައް ކައިރީގައެވެ.

އަހަރެންގެ ދަރިފުޅު ޑެނިއަލް ގެ ކައިވެނި ޕާޓީ އަށް އަހަރެން ދިޔައިރު އަހަރެން އިށީންނަންވީ ގޮޑި ބަހައްޓާފައި ހުރީ ހޯލުން ބޭރުގައި ޑަސްބިންތައް ކައިރީގައެވެ. ހިނދު ކޮޅަކަށް އަހަރެން ހީކުރީ މިވާނީ އޮޅުމަކަށް ކަމަށެވެ. ނަމަވެސް އިރުކޮޅަކުން ދަރިފުޅުގެ އަންހެނުން ވަނެއްސާ ހޯލުން ނިކުމެގެން އަންނަ ތަން ފެނުނެވެ. އަދި އަހަރެން ފެނުމުން ބުންޏެވެ. ”އާނ މާގަރެޓް ތިޔަ އައީދޯއެވެ. އިންނަންވީތަން ފެނިއްޖެ ދޯއެވެ؟“ އަހަރެން އޭނައާއި ދިމާލަށް ބަލާލުމަށްފަހު ބުނީމެވެ. ”އަހަރެން އިށީންނަންވީ ގޮނޑިއަކީ މީހެއްޔެވެ؟“ މިހެން ބުނުމުން ވަނެއްސާ ބުންޏެވެ.“އެތެރޭގައި ތަން އޮތީ މަދު ވެފައެވެ.އެހެން ނޫނަސް މާގަރެޓް ތިޔައީ އަހަރުންނަށް އެހާމުހިންމު މީހެއްނޫނެވެ.“ އޭނަމިހެން ބުނުމުން އަހަރެންގެ މޭ ފިއްތާލިހެން ހީވިއެވެ.
ހޯލްއާއި ދިމާލަށް އަހަރެން ބަލާލިއިރު ޑެނިއަލް ރައްޓެހިންނާއެކު ހެމުން ގެންދާތަން ފެނުނެވެ.މަގޭ ހުރި ހަމަ އެކަނި ދަރިފުޅެވެ.އުމުރުން ހަތް އަހަރުގައި ބައްޕަ މަރުވުމުން ބުރަމަސައްކަތް ކޮށްގެން އެކަނި މާއެކަނި ކިޔަވާދީ ބޮޑުކުރި އަހަރެންގެ ހިތުގެ އެއްބައެވެ.އޭނާގެ ކިޔެވުމަށް ފައިސާ ގިނައިން ބޭނުން ވާތީ އަހަރެން ސީނިއަރ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރި ހޮސްޕިޓަލުގައި ޑަބަލް ޝިފްޓް އަދާކުރީމެވެ.
އެފަދަ ދަރިފުޅު ބޮޑުވެ ވަކި ދިރިއުޅުމެއް ފެށުމާއި އެކު ލޯބިވެރިޔާގެ ނުފޫޒުގެ ދަށަށް ދާން ފެށިއެވެ. ވަނެއްސާ ކައިރީގައި ހުރިނަމަ އަހަރެންގެ ފޯންކޯލްތައް ނުނަގަން ފެށިއެވެ.
އެވަގުތު ވަނެއްސާ އަހަރެންގެ ކައިރިޔަށް ޖެހިލުމަށްފަހު ބުންޏެވެ. ”ތިޔައީ އެހާ މުހިންމު މީހަކަށް ނުވަނީ ކަންނޭގެއެވެ.“ މިއަޑު އިވިފަ އަހަރެންނަށް ފުން އަސަރެއް ކުރިއެވެ.ރުޅި އައީކީ ނޫނެވެ.އަދި ނޫނީ ދެރަވީކީވެސް ނޫނެވެ. މިމީހުންދެކެ ވަރުގަދަ ފޫއްސެއް ވީއެވެ.އަހަރެން އަދި އެއްފަހަރު ޑަސްބިން ތަކާއި ދިމާލަށް ބަލާލުމަށްފަހު އަހަރެންގެ އަތުގައި އޮތް ސިޓީ އުރަޔަށް ބަލަލީމެވެ. އެތެރޭގައި އޮތީ ހަނީމޫންއަށް ދާނެ، ނުވަތަ އަގުބޮޑު ގަހަނާ ގަންނާނެ ފައިސާގެ ޗެކެއްނޫނެވެ.އޭގައިވަނީ އަހަރެންގެ މިލްކިއްޔާތުގައި ހުރި އާއިލީ ”ލޭކް ހައުސް“ ގެ ލިއުންތަކެވެ. އެއީ ކޯރެއްގެ އެއްއަރިމަތީގައި އަހަރެންގެ މައިންބަފައިން އަޅާފައިވާ ރީތި ކުޑަ ގެއެކެވެ.އެގެއަކީ ޑެނިއަލް ކުޑައިރުގެ ގިނަ އުފާވެރި ހަނދާންތަކެއް ގުޅިފައިވާ ގެއެކެވެ. ކައިވެނީގެ ހަދިޔާއެއްގެ ގޮތުން އަހަރެންވަނީ އެގެ ޑެނިއަލް އަށް ދިނުމަށްޓަކާ ރަޖިސްޓްރީ އޭނާގެ ނަން މައްޗަށް ބަދަލު ކޮށްފައެވެ.
އަހަރެން އެވަގުތު ސިޓީ އުރަ އަނބުރާ އަހަރެންގެ އަތްދަބަހަށް ލީމެވެ. އެވަގުތު ވަނެއްސާ މީހުންނަށް ދެއްކުމަށްޓަކާ އަޅުވައިގެން ހުރި ފޭކް ހިނިތުންވުން މޫނުމަތިން ފޮހެވިގެން ދިޔައެވެ.އަދި އެއީ ކޮންއެއްޗެއްތޯ ސުވާލު ކުރިއެވެ.އަހަރެން އޭނައަށް ޖަވާބެއް ނުދީ އަބުރާލާފަ އެތަނުން ނިކުންނަން ހިނގައިގަތީމެވެ. އާދައިގެ ވަރަކަށް ހިނގާފަ ގޮސް އަހަރެންގެ ކާރަށް އަރައަރާ އޮއްވާ ފަހަތުން ޑެނިލް މަންމާ އޭ ކިޔާފަ ގޮވާލިއަޑު އިވުނެވެ.އަހަރެން ކޮނޑުމަތިން ބަލާއިރު ދުވެފަ ކަހަލަ ގޮތަކަށް އޭނަ އަހަރުންނާދިމާލަށް އާދެއެވެ. ވަނެއްސާ ވެސް އޭނާގެ ފަހަތުން ބާރަށް އާދެއެވެ. ނަމަވެސް ވަނެއްސާ ގެ މޫނުމަތިން މިހާރު ވަނީ ކިބުރުވެރިކަން ފިލާ ބިރުގެންފަ ހުރިފަދަ ގޮތަކަށް ބަދަލުވެފައެވެ.
އަހަރެންނަށް ކާރަށް އަރާ ނުއިށީނދެވެނީސް ޑެއިލް އައިސް އަރާ ހަމަ ކުރުމަށް ފަހު ބުންޏެވެ. ”މަންމާ މަޑު ކުރާށެވެ.“
އަހަރެން ޑެނިއަލް އާ ދިމާލަށް ބުނީމެވެ. ”ދަރިފުޅު އަވަހަށް ކައިވެނި ހޯލަށް ދާށެވެ. ޑެނިއަލް ގެ ކައިވެނި ޕާޓީ ކުރިޔަށް ދަނީ ނޫންހެއްޔެވެ.“ ”މަންމަ ތިޔަ ދަނީ ކީއްވެގެން ހެއްޔެވެ؟“ އޭނަ ސުވާލު ކުރިއެވެ.
”ޑެނިއަލްގެ އަންހެނުންނާ ތިޔަ ސުވާލުކުރާށެވެ.“ އަހަރެން ބުނީމެވެ.އެވަގުތު ޑެނިއަލް ވަނެއްސާ އާއި ދިމާލަށް ބުންޏެވެ. ”ވަނެއްސާ ކީއްކުރީ ހެއްޔެވެ.؟“
ވަނެއްސާ ގެ އަނގަ އެވަގުތު ހުޅުވާފަވެސް އެއްޗެކޭ ނުބުނެވި އަނގަ ލެއްޕިއެވެ.އަދި އަހަރެންނާދިމާލަށް އިންޒާރު ދޭފަދަ ގޮތަކަށް ބަލާލިއެވެ. އެހާލަތު، އަދި ޑެނިއަލް ވެސް އޭނަޔަށް ކޮންޓްރޯލް ކުރެވިދާނެ ކަމަށް ހީކުރާ ކަހަލަ އެވެ.
”ހަމަ އެކަނި ދިމާވީ ސީޓިންގ ގެ މައްސަލަ އެކެވެ.ޑެނިއަލްގެ މަންމަ ކަންތައް ބޮޑު ކުރަނީ އެވެ.“ ވަނެއްސާ ބުންޏެވެ.
”ސީޓިންގ އިޝޫ އެކޭ“ ޑެނިއަލް ކުޑަކޮން ބާރަށް ބުންޏެވެ. އަހަރެން އަތް ދަބަހުން އަހަރެންގެ ނަން ކާޑު ނަގާފަ ދައްކާލީމެވެ.ކާޑަށް ބަލާލުމަށްފަހު ހޯލުގެ އެއްކައިރީގައި ޑަސްބިންތައް ބަހައްޓާފައި ހުރި ތަނުގައި އަދިވެސް ހުރި ލައްޕާލާ ކަހަލަ އާދައިގެ ގޮޑިއަށް ބަލާލުމާއެކީ ޑެއަލްގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ.އެވަގުތު ޑެނިއަލް ވަރަށް މަޑުމަޑު އަޑަކުން ބުންޏެވެ.“އެއީ މަންމަ އިންނަން ދެއްކި ސީޓޭ މަގޭކައިރީ ނުބުނައްޗެވެ.“
އެވަގުތު ވަނެއްސާ ހަށަން ބަނދެލަމުން ބުންޏެވެ.“ޑެނިއަލް މިތާ ބޭރުގައި ތިބެ ތިޔަރާގުން ނުފަށާށެވެ.“ ޑެނިއަލް މިއަޑެއް ނާހައެވެ.އަދި ބުންޏެވެ.“ޖަވާބުދޭށެވެ.“ އޭރު ބައެއް މެހްމާނުން ނިކުމެ މިވެގެން އުޅޭ ގޮތެއް ބަލަން މަޑުކޮށްލައިގެން ތިއްބެވެ. ވަނެއްސާ ވަރަށް ދޫދިނުމެއް ނެތް މުރަން އަޑަކުން ބުންޏެވެ.“އެންގޭޖް ވީއްސުރެ ޑެނިއަލްގެ މަންމަ އުޅެނީ ޒާތަކަށެވެ.“ ”ޒާތަކަށޭ“ އަހަރެން ސުވާލުކުރީމެވެ.“ އާއެކެވެ. ހުރިހާކަމަކާ ބެހިބެހިފަ ހުރިހާކަމަކާބެހޭ ގޮތުން ސުވާލު ކުރަމުން ގެންދިޔައިމެއްނޫންހެއްޔެވެ.“
އަހަރެންގެ ކޮއްކޮ، ޑެނިއަލްގެ ހުރި ހަމައެކަނި ބޮޑުދައިތައަށް ޕާޓީ އަށް ނުކިޔާ އޮތުމުން އަހަރެން ސުވާލުކުރީމެވެ.އަދި ޑެނިއަލް އާ ދުހަކުވެސް ބައްދަލް ވެފައިނުވާ ވަނެއްސާގެ ކޮއްކޮ އަކު ޕާޓީގައި ސްޕީޗެއް ދޭގޮތަށް ހަމަޖެއްސީ ކީއްވެތޯ އަހަރެން އަހާލީމެވެ.އެއީ އަހަރެންނަށް އޮތް ހައްގެކެވެ.އެއީ އަހަރެންގެ ދަރިފުޅުގެ ކައިވެންޏެވެ.
ޑެނިއަލް ހުރީ ވަނެއްސާދެކެ ވަރަށް ރުޅި އައިސްފަ އެވެ.އޭނަޔާ އިތުރު ސުވާލެއް ނުކުރެއެވެ.އަހަރެންނާ ދިމާލަށް ބުންޏެވެ. ސިޓީ އުރައިގައި އޮތީ ކޮންއެއްޗެއް ހެއްޔެވެ.؟“ ”ކައިވެނީގެ ހަދިޔާ އެވެ“ އަހަރެން ބުނީމެވެ. ވަނެއްސާ އެވަގުތު ބުންޏެވެ. ”އެވާނީ ކުޑަ ފައިސާކޮޅަކަށެވެ.“ އެވަގުތު ޑެނިއަލް ގެ މޫނުމަތިން އިތުރަށް ރުޅިވެރިކަން ފާޅުވެގެން ދިޔައެވެ.އަދި ދެވަނަ ފަހަރަށް ގެނައީ ކޮން އެއްޗެއްތޯ އަހަރެންނާ ސުވާލު ކުރިއެވެ. ”އާއިލީ ލޭކް ހައުސް“ އެވެ.އަހަރެން ބުނީމެވެ. އެވަގުތު އެތާތިބި އެންމެން ހިމޭންވެގެން ދިޔައެވެ. ”މާމަޔާ ކާފަ މަންމަޔަށް ދިން، އަހަރެން ކުޑައިރު އެތަނަށްދާ ލޭކް ހައުސް ހެއްޔެވެ.؟“ އާނއެކޭ ބުނުމުން އޭނަޔަށް ގަބޫލު ކުރަންވެސް އުނދަގޫ ވިއެވެ. ވަނެއްސާ ވެސް ދެއަތް އެލުވާލާފައި ހަމަ ބިމަށް ތިރިވި ކަހަލަ އެވެ.
ޑެނިއަލް އެވަގުތު އެއްފިޔަވަޅު ފަހަތަށް ޖެހިލިއެވެ. ބިންގަނޑު ތެޅިލުމުން ފަހަތަށް ޖެހޭފަދަ ގޮތަކަށެވެ.އަހަރެން އެވަގުތު ބުނީމެވެ. އަހަރެން އައީ ޑެނިއަލް ގެ ކުޑައިރުގެ އުފާވެރި ހަންދާންތައް ގުޅިފައިވާ ރީތި ގެ ޑެނިއަލް އަށް ހަދިޔާ ކުރާށެވެ.ނަމަވެސް އަހަރެންނަށް ފެނުނީ އަހަރެން ގާބޭޖް އާއި އެއްވަރު ކޮށްފައި ވަނިކޮންނެވެ.“ އަހަރެންގެ އަޑު ތުރުތުރެއް ނާޅައެވެ. ނަމަވެސް އެވަގުތު ޑެނިއަލް ގެ ދެލޯ ކަރުނުން ފުރުނެވެ.
ވަނެއްސާ އަނެއްކާވެސް ހާލަތު ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ.“މަންމަ އެއުޅެނީ ޑެނިއަލް ގެ މައްޗަށް ކޮންޓްރޯލް ހޯދާ ޑެނިއަލް އަށް އޮޅުވާލާށެވެ.“ ވަނެއްސާ ބުންޏެވެ. އަހަރެން އެއަޑެއް ނާހަމެވެ. އަހަރެންގެ ދަރިފުޅާ މުޚާތަބް ކޮށް ބުނީމެވެ.“ޑެނިއަލް އަހަރެންނާ ދުރު ވަމުން އަންނަކަން އިނގޭއިރުވެސް އަހަރެން އައީ ދަރިފުޅުގެ ދިފާއުގައި އެކި ބަހަނާ ދައްކަމުންނެވެ. ނަމަވެސް މިރޭ މަންމައާމެދު ކަންތައް ތިޔަކުރީ ބޭނުން ނެތިގެން އެއްލާލާ އެއްޗަކާމެދު ކަންތައް ކުރާ ގޮތަށެވެ.“
”އަހަރެންނަކަށް ނޭގެއެވެ.“ ޑެނިއަލް ރޮވިފަ ހުރެ ބުންޏެވެ.
”ޑެނިއަލް އަށް ނޭގުނީ ސުވާލު ނުކުރާތީ އެވެ. މަންމަ ކޮބާތޯ، ޕާޓީ އަށް އަތުވެއްޖެތޯ، އިނީ ކޮންތާކުތޯ ޑެނިއަލް ބަލަންޖެހޭނެއެވެ.“ އޭރު ހޯލު ތެރޭގައި ޖަހަމުން އައި މިޔުޒިކްވެސް ހުއްޓާލައިފިއެވެ. ޑެނިއަލް ވަނެއްސާއާއި ސުވާލު ކުރިއެވެ. މެހްމާނުން އިށީންނަ ތަރުތީބަށް އޯކޭދިނީ ކާކު ހެއްޔެވެ.“ “ ޑެނިއަލް މިހާރަކު ނޫނެވެ….“
”ކާކުހެއްޔެވެ؟“ ޑެނިއަލް ތަންކޮޅެއްބާރަށް ބުންޏެވެ. މިސުވާލަށް ވަނެއްސާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން ޑެނިއަލް އަށް ޖަވާބު ލިބުނެވެ.އެވަގުތު ޑެނިއަލްގެ މޫނުނަތީގެ ކުލަ ހުދު ވެގެން ދިޔައެވެ. އަހަރެން މަޑުމަޑުން ކާރުގައި އިށީދެ ދޮރުލެއްޕީމެވެ.އޭގެ ކުރިން އަދި އެއްފަހަރު ޑެނިއަލް ބުންޏެވެ. ”މަންމަ ތިޔަގޮތަށް ދެރަވެގެން ހުރެ ނުދާށެވެ“ ނަމަވެސް އަހަރެން އެއަޑެއް ނާހަމެވެ.އަހަރެންގެ ކުރިމަތީގައިހުރި ޒުވާން ފިރިހެނާ އާއި ދިމާލަށް އަހަރެން ބަލާލުމުން އަހަރެންނަށް އަދިވެސް ފެންނަން ހުރީ ބައްޕަޔާއެކު ކޯރުން މަސްހިފާ ހަދަން އުޅުނު 13 އަހަރުގެ ފިރިހެން ކުއްޖާއެވެ. އަހަރެންނަށް ދުވަހަކުވެސް އިހާނެތިކޮން ނުހިތާނެ އަދި އަހަރުން ދެމީހުންގެ މެދުގައިވާ ލޯތްބަށް އެއްވެސް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވިޔަ ނުދޭނެ ކަމަށް ހީކުރި ޒުވާނާއެވެ.އަދި އަހަރެން ބުނީމެވެ.އަހަރެން މިދަނީ ތިޔަމީހުންނަށް އަދަބު ދޭކަށް ނޫނެވެ.ނަމަވެސް ތިޔަ މީހުންގެ ހަޔާތުގައި އަހަރެނަށް ލިބިފައިވާ މަގާމު އިނގުމުން ދަނީ އެވެ.“ ކާރުގެ ކުޑަދޮރުން ބަލާލި އިރު ވަނެއްސާ ރޯން ހުއްޓާފެނުނެވެ.އޭނަ އެރޮނީ ދެރަވެގެންނެއް ނޫނެވެ. އަދިވެސް ކޮންޓްރޯލް ކުރަންވެގެންނެވެ. އަދި ގެއްލުނު އެތީގެ ބޮޑުކަމުންނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެންގެ ދަރިފުޅާ ދިމާލަށް އެނބުރި ބަލާލުމެއްނެތި ކާރުގައި ނިކުމެގެން އަހަރެން ދިޔައީމެވެ. ދިޔަމަގުމަތީގައި ދެމީހުންވެސް އަހަރެންނަށް ވަރަށް ގިނަފަހަރު ގުޅާ ހުއްޓެވެ.
ފަހުން އެނގުނު ގޮތުގައި ޑެނިއަލްގެ ކައިވެނިޕާޓީ އިތުރަށް ކުރިޔަކަށް ނުގެންދެއެވެ.އަދި އެނބުރި ހޮޓަލަށް ގޮސް އެރޭ 3 ޖަހަންދެން އެދެމީހުން ޒުވާބު ކުރީއެވެ. އަދި ފަހުން ކައިވެނިވެސް ރޫޅާލަން ޑެނިއަލް ނިންމިއެވެ.
އޭގެ ދެހަފްތާފަހުން ލޭކަހައުސް އަށް އަހަރެން ގޮސް ސާފުކޮށްލާ ހަދަން އުޅެނިކޮށް ޓްރަކެއް އައިސް ގޯތިތެރޭ މަޑުކޮށްލި އަޑު އިވުނެވެ. އަހަރެން ބަލާލިއިރު ޑެނިއަލް ވެހިކަލުން ފައިބައިގެން އަންނަނީ އެވެ. އަހަރެން ހެވިފަ ހުރެ މަރުހަބާކީމެވެ.
ލޭކް ހައުސްގައި ފިލާޖަހައިގެން ހަދާފައިވާ ޕޯޗް ނުވަތަ ބޭރުފެންޑާގެ ބައެއް ފިލާތައް ހުރީ ދޫވެ އަރިވާ ގޮތް ވެފައެވެ. އަހަރެން ބަލާލިއިރު ޑެނިއަލް ހުރީ ޓޫލް ކިޓް ހިފައިގެންނެވެ. އަދި އެތަންތަން ހަދަން ޖެހޭކަމަށް އަހަރެން ތަންކޮޅެއް ކުރިން ބުނި ހަނދާން ވީކަމަށް ބުންޏެވެ.
ޑެނިއަލް މަސައްކަތް ކުރަމުން ދިޔައިރު ދެމީހުން ގިނަވަގުތު ތިބީ ވާހަކަ ނުދައްކާނަމަވެސް މަންމައާއި ދަރިފުޅުގެ ގުޅުން އަނެއްކާވެސް ވަނީ ގާތް ވެފައެވެ. ޑެނިއަލް މަޑުމަޑުން ބުނެލިއެވެ. ”މިގެ އަހަރެން ވަރަށް ހަނދާންވެއެވެ. މަންމަވެސް ވަރަށް ހަނދާންވެއެވެ. ހިނގާދިޔަ ހުރިހާ ކަމަކަށް އަދިވެސް އެއްފަހަރު މައާފަށް އެދެމެވެ.“ ހަތަރު ގަޑިއިރު މަސަކަތް ކުރިއިރު އިރުއޮއްސެން ދަނީއެވެ.އެއީ އެގެއިން ފެންނަ އެންމެ ރީތި މަންޒަރެވެ. އެވާހަކަ ޑެނިއަލް ވެސް ބުންޏެވެ. މިގެއަށް ހަމަ ބޭނުން އިރަކު އަންނަންވީކަމަށް އަހަރެން ބުނީމެވެ.
ދެމީހުން އަތުގުޅާލައިގެން ފަތްތައް އާވަމުންދާ މެޕްލް ގަހުގެ ދަށުން ދިޔައިރު އަހަރެންގެ ހިތަށް އެރިއެވެ. ޑެނިއަލް ބޮޑުވި ފަހުން މީހަކު އަހަރެންނާ ދުރަށް ދެމުމެއްނެތި އަހަރެންގެ ދަރިފުޅު އަހަރެންނާއެކީ ހިނގާލާފައިދާ މީ ފުރަތަމަ ފަހަރެވެ.
(ނިމުނީ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް