އެމެރިކާގެ ނާއިބް ރައީސް ޖޭޑީ ވޭންސް އަދި އަނބިކަނބަލުން އޫޝާ ވޭންސް އަށް ހަތަރުވަނަ ބޭފުޅަކު ލިބިވަޑައިގެންފިއެވެ. އާދީއްތަދުވަހު އިތުރު ބޭފުޅަކު ލިބިވަޑައިގެންފައިވާކަން ވޭންސް ހާމަ ކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޕޯސްޓްގައި ވޭންސް ވަނީ އޫޝާ އާއި ދަރިކަލުން އެލެކް ނީލް ވޭންސްގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
އޫޝާ ވޭންސް އަކީ އިންޑިޔާ ދަރިކޮޅުގެ ބޭފުޅަކަށް ވާއިރު، ކުޑައިރުއްސުރެ ދިރިއުޅުއްވާފައިވަނީ ކެލިފޯނިޔާގެ ސޭންޑިއޭގޯގައެވެ. އެމެރިކާ ނޫން ގައުމު ތަކަށް ނިސްބަތްވާ މީހުންނާމެދު ޓްރަމްޕް ހަރުކަށި އިމިގްރޭޝަން ޕޮލިސީއެއް ގެންގުޅުއްވާ އިރު އޫޝާ ވޭންސް ވެސް އެއުސޫލްތަކަށް ފެތޭކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ޖޭޑީ ވޭންސް އާއި އޫޝާ ވޭންސް އިތުރު ބޭޅުން ހޯއްދަވަން ނިންމެވީ ބަޑިޖަހާ މަރާލާފައިވާ އެދެބޭފުޅުންގެ ރަހުމަތްތެރިއެއްކަމަށްވާ ޗާލީ ކަރކް ގެ މަރަށް ފަހު ކަމަށް ވެއެވެ. ޗާލީ ކަރކް މަރާލުމާއި ގުޅިގެން އޭނާގެ އަންހެނުން އެރިކާ ކަރކް ހިތާމަ ކުރަމުން ދިޔައިރު އެންމެ ދެރަވަނީ އެންމެ ދެކުދިން ތިބީމަ ކަމަށް ބުނި ކަމަށް ވެއެވެ. އަދި އޫޝާވެސް އަދި އިތުރު ބޭފުޅުން ހޯދުމަށް ނަސޭހަތްތެރިވި ކަމަށް ވެއެވެ.
![]()
