ސައޫދީ އެރޭބިއާއިން ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައި އޮންނަ ޔަމަނުގެ ވެރިރަށް ސަންޢާގެ ބައިނަލް އަގްވާމީ ވައިގެ ބަނދަރަށް ބޮންއެޅުމުގެ ސަބަބުން އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމައިގާ އިތުރު ގޮތްޕެއް އުފަން ކުރުވައިފިކަމަށް ދަ ޓެލިގްރާފުން ޚަބަރުދީފިއެވެ. ސައޫދީ އެރޭބިއާއިން ބޮން އެޅުމުގެ ސަބަބުން އެއާރޕޯރޓްގެ ރަންވޭ ހަލާކުވެ އީރާން އެއާރލައިންގެ ފްލައިޓް ޖެއްސުން ހުއްޓުވައިފިއެވެ. ޚަބަރުތަކުން އެނގިފައިވާގޮތުގައި ސަންޢާ އެއާޕޯރޓަށް ސައޫދީ އެރޭބިއާއިން ހަމަލާދިނީ ބައިނަލް އަގްވާމީގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ އެދުމަކަށެވެ. ސައޫދީ އެރޭބިއާއިން ގެންދަނީ އެ ސަރުކާރަށް ގިނަގޮތޮގޮތުން އެހީތެރިކަން ފޯރުކޮށްދީ އަދި އެއްބާރުލުން ދެމުންނެވެ.
ބައިނަލް އަގްވާމީގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ އެއާރފޯރސް އެއް ނެތމާއެކު އެ ސަރުކާރުގެ އެދުމަށް ސައޫދީ އެރޭބިއާއިން ސަންޢާ އެއާރޕޯރޓަށް ހަމަލާދިނީކަމަށް ހޫތީންގެ ތަރުޖަމާނުވެސް ވަނީ ތުހުމަތުކޮށްފައެވެ. ސންޢާ އެއާރޕޯރޓަށް ހަމަލާދިނުމުގައި ސައޫދީ އެރޭބިއާގެ ވަލީއަހްދު މުހަންމަދު ބިން ސަލްމާނަށް ސަޕޯރޓްކުރައްވާނެކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވާކަމަށް އެކްސިއޯސް އިން ބުނެފައިވެއެވެ.
ސަންޢާ އެއާރޕޯރޓަށް ބޮންއެޅިކަމާ ދޭތެރޭ ސައޫދީ އެރޭބިއާއިން މިހާތަނަށް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.
ހޫތީ މުޖާހިދުންވަނީ އިންޒާރު ދީފައެވެ.ހޫނު މޫސުމުގައި ސައޫދީ އެރޭބިއާގެ ގިނަބަޔަކު ދަތުރުކުރާ ދެކުނުގެ ފަރުބަދަމަތީ ޝަހަރު އަބްހާ ބައިނަލް އަގްވާމީ އެއާރޕޯރޓަށް ހަމަލާ ދޭނެކަން ހޫތީ މުޖާހިދުންވަނީ އިންޒާރު ދީފައެވެ. އަދި ސަންޢާ އިންޓަރނޭޝަނަލް އެއާރޕޯރޓް ހުޅުވޭ ދުވަހަކާ ހަމަޔަށް ސައޫދީ އެރޭބިއާގެ ވައިގެ ސަރަހައްދު ރައްކާތެރި ނުވާނެކަމަށްވެސް ހޫތީ މުޖާހިދުންގެ ތަރުޖަމާން ޔަހްޔާ ސަރާއީގެ އިންޒާރުގައި ވިދާޅުވެފައި ވެއެވެ.
ހޫތީ މުޖާހިދުން އުދުއްސާލި މިސައިލް ސައޫދީ އެރޭބިއާއިން ވައިގެތެރެއަށް ނައްތާލާފައިވާނެކަމަށް ސައޫދީ އެރޭބިއާއިން ބުނެފައި ވެއެވެ. މި ހާދިސާގެ ސަބަބުން ދިހައަހަރުވަންދެން ހޫތީ މުޖާހިދުންނާ ދެކޮޅަށް ސައޫދީ އެރޭބިއާއިން ކުރި ހަނގުރާމަ 2022 ވަނަ އަހަރު މާރޗް މަހުގައި ހުއްޓާލާފައި އޮތުން ނިމުމަކަށް އައީކަމަށް ބެލެވެއެވެ. ހަނގުރާމަ ހުއްޓާލަން އެއްބަސްވިއިރު ސަންޢާ އާއި ހުދައިދާ ބަނދަރު އޮތީ މުޖާހިދުންގެ ބާރުގެ ދަށުގައެވެ. ހޫތީ މުޖާހިދުންނާ ދެކޮޅަށް ސައޫދީ އެރޭބިއާއިން ކުރި ހަނގުރާމައިގާ 377،000 މީހުންވަނީ މަރުވެފައެވެ.. އޭގެތެރެއިން ގިނަބަޔަކު މަރުވެފައިވަނީ ބަނޑުހައިހޫނު ކަމުގެ ސަބަބުންނެވެ. ހަމަލާތަކުގައި ހަލާކުވެދިޔަ އިމާރާތްތަކުގެ ދަށުވެގެންވެސް ގިނަބަޔަކު ވަނީ މަރުވެފައެވެ.
ޚަބަރުތަކުން އެނގިފައިވާގޮތުގައި މިފަހަރު ހަމަނުޖެހުން އުފެދުމުގެ ސަބަބަކަށް ވެފާއޮތީ ސައޫދީ އެރޭބިއާގެ ހަނގުރާމަމަތީ ބޯޓުފަހަރުން އިންޒާރު ދީފައިވަނިކޮށް ޖުލައި 3 ވަނަދުވަހު އީރާނުގެ މަތިންދާބޯޓެއް ސަންޢާ އެއާރޕޯރޓްގައި ޖެއްސުމެވެ. އެ ފްލައިޓަކީ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚަމަނާއިގެ ޖަނާޒާގައި ބައިވެރިވުމަށްޓަކައި ހޫތީ މުޖާހިދުންގެ ވަފުދެއް ދަތުރުކުރަން ރޭވިފައިވާ ފްލައިޓެއް ކަމަށް ހޫތީން މުޖާހިދުން ވަނީ ބުނެފައެވެ. ސައޫދީ ހަމަލާއާ ދޭތެރޭ ހޫތީ މުޖާހިދުންގެ ސަޕޯރޓަރުން ގެންދަނީ ސައޫދީ އެރޭބިއާއަށް ނުރުހުންފާޅުކޮށް މުޒާހަރާ ކުރަމުންނެވެ.
ބައިނަލް އަގްވާމީގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުން ބުނެފައިވަނީ އީރާން އެއާރގެ ދަތުރަކީ ކަނޑައެޅިގެން ޔަމަންގެ އިސްތިގްލާލަށް އަރައިގަތުންކަމަށެވެ. އީރާން އެއާރއިން ސަންޢާއަށް ދަތރުކުރުމަކީ މެދުއިރުމަތީގެ ބައެއް ގައުމުތަކާއި އަދި އިސްރާއީލުން ކަންބޮޑުވުން ފާޅުކުރަމުންގެންދާކަމެކެވެ.
ހޫތީ މުޖާހިދުންނާއެކު އީރާން އެއާރއިން މިދިޔަ ހޯމަދުވަހު ޔަމަނަށް ކުރި ދަތުރު ސަންޢާގެ ބަދަލުގައި ހުދައިދާ އެއާރޕޯރޓަށް އަމާންކަމާއެކު ޖައްސާފައިވާކަމަށް އީރާނުން ޚަބަރުދީފައި ވެއެވެ.
ހޫތީން މެދުވެރިކަށް ބާބުލް މަނދޫބް ބަންދުކުރަން ޖެހިދާނެކަން އީރާނުންވަނީ އިންޒާރު ދީފައެވެ. އެފަދަ ހާލަތެއްގައި ސުއޭޒް ކެނަލުން ރެޑްސީއަށް ނުވަތަ ރެޑްސީން ސުއޭޒް ކެނަލަށް ދަތުރުކުރުމަކީ ވަރާށް ނުރައްކާތެރިކަމަކަށް ވެގެންދާނެއެވެ. އެ ސަރަހައްދުން ދަތުރުކުރާ ވަރަށް ވަރަށް ގިނަ އުޅަނދުފަހަރަށް އަމާޒުކޮށް ހޫތީ މުޖާހިދުން މީގެކުރިން ހަމަލާދެމުންގެންގޮސްފައި ވެއެވެ. ހޮރްމުޒް ކަނޑުއޮޅިއާއެކު ބާބުލް މަންދޫބް ބަންދުވެއްޖެނަމަ ދުނިޔޭގެ އިގްތިސާދި އިސާހިތަކު ވެއްޓިގެން ހިނގައިދާނެއެވެ.
![]()
