އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ދިގުލަމުންދާނަމަ އެމެރިކާގެ ހަތިޔާރު ހުސްވެދާނެ

Loading

Facebook
Twitter
WhatsApp

ގޮތްނޭންގޭ ސަރަހައްދަކުން ފެންނަ ގޮވުމެއްގެ ސަބަބުން ދުންއަރާ މަންޒަރަކީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ އެއީ އެމެރިކާއިން އީރާނަށް ދީފައިވާ ހަމަލާޢެއް ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގެ ތާވަލްގައި މީގެފަހުން ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ ނޯންނާނެކަމަށް މިދިޔަ ހުކުރުދުވަހުން ފެށިގެން ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވާއިރު މިހާރު ކުރިއަށްދާގޮތަށް ހަނގުރާމަ ދިގުލައި ދާނަމަ އެމެރިކާގެ ހަތިޔާރު ހުސްވެގެން ދިއުންކައިރި ކަމުގައި ސީ އެން އެން އިން ބުނެފިއެވެ. ސެންޓަރ ފޯރ ސްޓްރާޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ފަރާތުން ވާހަކަދައްކަމުން އެމެރިކާގެ މެރިން ކޯގެ ޑިފެންސް އެނަލިސްޓް ރިޓަޔާރޑް ކާނަލް މާރކް ކާރސިއަން ބުނެފައިވާގޮތުގައި ފާއިތުވެގެންމިދާ 5 ދުވަހުގެ ހަމަލާތަކަށް ބަލާއިރު އިންޑޯ ޕެސިފިކްގެ ދެކޮޅުވެރިކަމެއްގައި ޗައިނާއާއި އުތުރު ކޮރެއާއާއި ދެކޮޅަށް ބޭނުންކުރާނެ ހަތިޔާރެއް އެމެރިކާގައި ނުހުންނާނެއެވެ. ބްރޫކިންގެ އިންސްޓިޓިއުޓްގެ ފޮރިން ޕޮލިސީ ރިސާރޗްގެ ފަރާތުން ވާހަކަދެއްކި މައިކަލް އޯ ހެންލޯންވެސް ހަމަމިމޭރުމުން ވާހަކަ ދައްކާފައިވެއެވެ.
މިދިޔަ އޭޕްރިލްމަހު ވަގުތީގޮތުން ހަމަލާތައް ދިނުން ހުއްޓާލިއިރު ޕެންޓަގަންގައި ހުރިކަމަށްބުނާ ތާޑް ބެލެސްޓިކް މިސައިލް އިންޓަރސެޕްޓަރތަކުގެ ދެބައިކުޅަ އެއްބައި އަދި ހަމައެއަދަދަށް ޕެޓްރިއަޓް އެއާރ ޑިފެންސް އިންޓަރސެޕްޓަރ ވަނީ އަނދާ ހުސްވެފައެވެ. އަދި ޓޮމަހައުކް ލޭންޑް އެޓެކް މިސައިލްގެ ތިރީސް އިންސައްތަވެސް ވަނީ ބޭނުންކުރެވިފައިކަމަށް ސީ އެސް އައި އެސް ( ސެންޓަރ ފޯރ ސްޓްރާޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް ) އިން ބުނެފައިވެއެވެ. އިތުބާރުހުރި 3 މަސްދަރެއްގެ މައުލޫމާތުގެ މައްޗަށް ސީ އެން އެން އިންވެސް ވަނީ އެ މައުލޫމާތުތައް ތެދުކަމަށްބުނެފައެވެ. ހަގީގަތުގައި ވަގުތީގޮތުން ހަނގުރާމަ ހުއްޓާލަން އެމެރިކާ ބޭނުންވީ ހަމަނޭވާއެއްލާނެ ވަގުތުކޮޅެއް ހޯދުމުގެ ބޭނުމުގައެވެ.
ބޭނުންކުރެވޭ ހަތިޔާރު އަނބުރާހޯދަންވެސް ޕެންޓަގަންއަށް ވަގުތު ބޭނުންވެއެވެ. މިހިނގާ އަހަރުގެތެރޭގައި އެމެރިކާއަށް ލިބެނީ މަހަކު ފަނަރަވަރަކަށް ޓޮމަހައުކް އަދި ވިއްސަކަށް ޕެޓްރިއަޓކަމަށް ސީއެސް އައިއެސް އިން އަންދާޒާކޮށްފައިވެއެވެ. އަދި ތާޑް ގެ އެއްވެސް ސިސްޓަމެއް 2026 ވަނައަހަރު ލިބެން އޮތް ކަމަކަށް ނުވެއެވެ. ހަނގާރަ ފެށުނުއިރުގެ ހާލަތަށް އެމެރިކާގެ މިލިޓްރީ ބާރުވެރިކަން ގެނައުމަށްޓަކައި ތިން އަހަރުވަރު ނަގާނެކަމަށް ވަނީ ބެލެވިފައެވެ. ޕެންޓަގަންގެ ޑެޕިއުޓީ އަދި އެކްޓިންގ ކޮންޕްޓްރޯލަރ އަދި އެމެރިކަން އެންޓަރޕްރައިސް އިންސްޓިޓިއުޓުގެ ސީނިއަރ ފެލޯ އިލައިން މެކްކުސްކަރ ސީ އެން އެން އަށް ކިޔާދީފައިވާގޮތުގައި ހަތިޔާރުތައް ހަމަކުރުމަށް ފަސް އަހަރުވަރު ނަގާނެއެވެ. އަދި މިސައިލް ގަތުމަށޭ ކިޔާފައި މިހާތަނަށް ކޮންގްރެސްއިން އެންމެ ލޯ ލާރިއެއްވެސް ނުދޭކަމަށް ޑިފެންސް އެކްވިޒިޝަން އެކްސްޕާރޓް 2 ތަރީގެ ރިޓަޔަރޑް ޖެނެރަލް ޖޯން ފެރާރީ ބުނެފައިވެއެވެ. އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ޚަރަދުތަކަށް އިތުރު ފައިސާ ބޭނުންވެގެން ކޮންގްރެސްގައި އެދުމުންވެސް ގިނަ ހުރަސްތަކެއް ވަނީ ކުރިމަތި ކޮށްފައެވެ. އެމެރިކާގެ މިލިޓްރީއަށް ބޭނުންވާ މިސައިލް ހޯދުމަށް މަގުފަހިކުރުމުގެގޮތުން މިހާތަނަށް ގާނޫނީގޮތުން ހުރި ރެޑްޓޭޕްތައް ރައީސް ޓްރަމްޕް ވަނީ އުވާލައްވާފައެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި އެހެންނަމަވެސް އުންމީދުކުރެވޭ ނަތީޖާއަކާ ހަމައަށް ދެވޭވަރު ނުވާނެކަމަށް އެމެރިކާގެ މެރިން ކޯގެ ޑިފެންސް އެނަލިސްޓް ރިޓަޔާރޑް ކާނަލް މާރކް ކާރސިއަން ބުނެފައިވެއެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައިވާގޮތުގެ މަތީ މިސައިލް އިންޓަރސެޕްޓަރ އުފެއްދުމުގެ ލައިސަންސް ޖަރުމަނަށާއި ޔޫކްރެއިނަށް ދީފިނަމަ އެމެރިކާއަށް ބޭނުންވާ ވަރަށް އެ ހަތިޔާރުތައް އުފެއްދުމުގައި އެހީއަކަށް ވެގެންދާނެއެވެ.
ލައިސަންސް ލިބުނަސް ޕެޓްރިއަޓް މިސައިލް އުފެއްމަކީ އަވަހަށް ކުރެވޭނެ ކަމެއް ނޫނެވެ. ޖަޕާނުން ޕެޓްރިއަޓް ފެކްޓްރީ ބިނާކުރުމަށް 3 އަހަރދުވަސް ނެގިއެވެ. 2022 ވަނަ އަހަރު ޖަރުމަނުން ފެކްޓްރީގެ މަސައްކަތް ފަށައިގެންފައިވީ ނަމަވެސް އަދިވެސް މިސައިލް އުފައްދާކަށް ނުފަށައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް