އެމެރިކާގެ މާލީ ކަންކަން އިއުލާން ކުރާ މައި ހަބް، ވޯލްސްޓްރީޓް ގައި މުހިންމު ކަމެއް އިއުލާން ކުރުމުގެ ކުރިންޖަހާ ރަނުގެ ރަނގަބީލު ރައީސް ޓްރަމްޕް ”ވަގަށް“ ނަންގަވާފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ހޯމަ ދުވަހު ޓްރަމްޕް ވަނީ ކުޑަކުދިން ގެ ނަމުގައި ފައިސާ ފަހަށް ރައްކާކުރުމަށް ހިންގާ ޚާއްސަ ޕްރޮގްރާމް،“ޓްރަމްޕް އެކައުންޓް“ގެ ފެށުން ވައިޓް ހައުސްގެ އޯވަލް އޮފީހުން އިއުލާން ކުރައްވާފައެވެ.މިކަމަށްޓަކާ ސަރުކާރުން ވަނީ ވޯލްސްޓްރީޓް ގައި އެކަމަށް ޖަހާ ޚާއްސަ ރަނުގެ ރަނގަބީލު ވައިޓްހައުސް އަށް ގެނެސްފައެވެ.އަދި ޓްރަމްޕް ވަނީ މިރަނގަބީލު ޖެއްސެވި ފުރަތަމަ ރައީސް އަށް ވުމުގެ ޝަރަފް ހޯއްދަވާފައެވެ.
އެމެރިކާގެ ރައްޔިތުންގެ ތެރެއިން ސޯޝަލް ސެކިއުރިޓީ އެއް އޮންނަ، 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ޓްރަމްޕް އެކައުންޓްގައި ބައިވެރިވެވޭނެ ކަމަށް ވެއެވެ.އަދި ސަރުކާރުން ކޮންމެ ކުއްޖަކަށް އެއްހާސް ޑޮލަރު ލާދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ޓްރަމްޕް އެކައުންޓް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ރަނގަބީލު ވަރަށް ރީތިކަން ފާހަގަ ކުރައްވާ ޓްރަމްޕް ވަނީ ރަނގަބީލު ދެން އަނބުރާ ނުލިބޭނެ ކަމަށާ އެހޯދަން ވޯލްސްޓްރީޓަށް ޖެހޭނީ ”ގަދަފަދަ މަސައްކަތެއް ކުރަން“ ކަމުގައި ވިދާޅުވެފައެވެ. ރަނގަބީލު ދެން އަބުރާ ނުދެއްވާނެކަމަށް ޓްރަމްޕް އެއްފަހަރަށް ވުރެގިނަ ފަހަރު ވަނީ ވިދާޅުވެފައެވެ.
ރަނުގެ ތަކެތި އޯވަލް އޮފީހުގައި ބެހެއްޓުމަށް ޓްރަމްޕް ޚާއްސަ ޝައުގުވެރި ކަމެއް ހުރެއެވެ.މިގޮތުން ރަނުން ހަދާފައިވާ ވަރލްޑްކަޕް ޓްރޯފީ ވެސް މިދިޔަ އަހަރު ”އަތުލައިގަތްގޮތަށް“ އަދި ވެސް ހުރީ އޯވަލް އޮފީހުގައި ބަހައްޓާފައި ކަމަށް ވެއެވެ.
ރަންމެޑެލް ލިބޭ އެމެރިކާގެ ބައެއް އެތުލީޓުންގެ މެޑެލް، ޓްރަމްޕް ކަރުގައި އަޅުވައިފިނަމަ އެވެސް އަނބުރާ ނުދޭން އުޅޭ ކަމަށް ވެއެވެ.
![]()
