އަހަރެން އުމުރުން ދުވަސްވީ ފައިސާވެރިއަކާއި އިނީ ދަރިފުޅުގެ ހައްގުގައެވެ.

Loading

Facebook
Twitter
WhatsApp

އުމުރުން ދުވަސްވީ ފައިސާވެރިއަކާ އަހަރެން ކައިވެނި ކުރީ އަހަރެންނަށް ލިބުނު ލޯބިލޯބި ފިރިހެން ދަރިފުޅު ލިއަމްގެ ހައްޤުގައެވެ. އޭނަވެސް އަހަރެންނާ އިނުމުގެ މަގްސަދެއް ވާކަން އަހަރެންނަށް އިގުނީ މާފަހުންނެވެ.


ދަރިފުޅު ލިބުނު އިރުވެސް އޭނާގެ ހިތުގެ ބައްޔެއް ހުރި ކަމަށް ވެއެވެ. އަހަރެން ދަރިފުޅު ބަލަމުން އަންނަނީ އެކަނިމާއެކަންޏެވެ.ދަރިފުޅަށް ބަލިވެ އިނދެ ހަމަސްވެސް ނުވަނީސް ފިރިމީހާ އަހަރެން ދޫކޮށް ދިޔައީއެވެ.އޭނަ އަދި އާއިލާއެއް ފައްޓަން ތައްޔާރު ނޫން ކަމަށް ބުނެފައެވެ.
ދަރިފުޅުގެ އުމުރުން ދިހަ އަހަރު ވީއިރު، ދަރިފުޅުގެ ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަށް އަހަރެން އައީ ތިން ވަޒީފާގައި މަސައްކަތް ކުރަމުންނެވެ.އެވަރުންވެސް މެޑިކަލް ބިލް ތަކަށް ބޭނުންވާވަރަށް ފައިސާ ނުހޯދެއެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު އަހަރެންނަށް އިސްތިހާރެއް ފެނުނެވެ. ސްޓްރޯކެއް ޖެހި ބަލިވެފައިވާ އަންހެނަކު ބަލަން އޭނަކައިރީ ހުންނާނެ މީހަކު ހޯދުމަށް ކޮށްފައިވާ އިސްތިހާރެކެވެ. އެމީހުން ދޭން ބުނެފައިވާ މުސާރަ ވަރަށް ބޮޑެވެ.އެހެން ކަމުން އަހަރެން އެވަޒީފާ އަށް އެދުނީމެވެ.އަދި އަހަރެންނަށް އެވަޒީފާ ލިބުނެވެ.
އެގޭގައި އަހަރެންނަށް ވަކި ކޮޓަރިއެއް ހުރެއެވެ. އަހަރެންގެ ދަރިފުޅު ގޮވައިގެން އަހަރެން އުޅެނީ އެގޭގައެވެ.
އަހަރެން ބަލަހައްޓާ ބަލިމީހާގެ ނަމަކީ އެލެނާ އެވެ. އުމުރުން 60 އަހަރުގެ އަންހެނެކެވެ. އެގެއަކީ އެލެނާއާއި އޭނާގެ ބޭބޭ އާތަރގެ ގެއެކެވެ. އެދެމީހުންގެ މުދަލެވެ. އާތަރ އަކީ އުމުރުން ދުވަސް ވެފައިވާ މީހެކެވެ. މިލިއަނަރެކެވެ.
އާތަރ އަށް ވެސް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ. ވިވިއަންއާއި ވިކީ އެވެ. އެދެމީހުން ބޭނުންވަނީ ބައްޕައާއި ބޮޑުދައިތަ ދުނިޔޭގައި ތިއްބާވެސް ގެޔާއި މުދަލަށް ވެރިވެ ގަންނާށެވެ. އެކަން އަހަރެންނަށްވެސް ފާހަގަ ކުރެވެއެވެ.
އެއްދުވަހަކު އާތަރ އަހަރެންނާ ދިމާލަށް ބުންޏެވެ. ”ކޮންމެވެސް މީހަކު ފޯނުކުރީމަ ކޮންމެ ފަހަރަކު ލީންގެ އަތް ތުރުތުރު އަޅާ ކަން އަހަރެންނަށް ފާހަގަ ކުރެވިއްޖެއެވެ.އެގުޅަނީ ކާކު ހެއްޔެވެ.؟“ އަހަރެން ދިޔައީ ސިއްސައިގެންނެވެ.އާތަރ އަހަރެންނާ ދިމާލަށް އެވަރަށް ބަލާކަމެއް އަހަރެންނަކަށް ނޭގެއެވެ.
އެދުވަހު އަހަރެންގެ ހާލުގެ ވާހަކަ އަހަރެން އާތަރ އަށް ކިޔާދިނީމެވެ. ދަރިފުޅު އުފަން ވީއިރުވެސް ހުރި ހިތުގެ ބައްޔަކަށް ފަރުވާ ކުރުމަށް ވަރަށް އަގުބޮޑު އޮޕަރޭޝަން އެއް ކުރަން ޖެހިފައިވާ ކަމަށް ބުނީމެވެ. އަހަރެންގެ އަތް ތުރުތުރު އަޅަނީ ޓެސްޓް ތަކަށްފަހު ހޮސްޕިޓަލުން ގުޅުމުން ކަމަށް ބުނީމެވެ.
މިވާހަކަތައް އަޑުއެހުމަށްފަހު އާތަރ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ބުންޏެވެ. ”ލީން އަހަރެންނާ ކައިވެނި ކުރާށެވެ. ދަރިފުޅުގެ ހުރިހާ ފަރުވާ އަކަށް އަހަރެން ފައިސާ ދައްކާދޭނަމެވެ.“ އާތަރ މިހެން ބުނުމުން އަހަރެން ވަރަށް ހައިރާން ވިއެވެ.ގޮތް ނިންމަން އުނދަގޫ ވިއެވެ. އެންމެފަހުން ސުވާލު ކުރީމެވެ. ”އަހަރެން އާތަރ އާއި ކައިވެނި ކުރަންވީ ކީއްވެގެން ހެއްޔެވެ.؟“ މިހެން ބުނުމުން އާތަރ ދިނީ ކުރު ޖަވާބެކެވެ. ”އެއީ އަހަރެންގެ ދެދަރިން ރާވަމުން ގެންދާ ނުބައި ރޭވުން ފެއިލް ކޮށްލުމަށެވެ.“
ކުދިން ގެޔާއި މުދަލާހެދި ވަރަށް ހަނގުރާމަ ކުރާކަން އަހަރެންނަށްވެސް ފާހަގަ ވެފައިވާކަމަށް އަހަރެން ބުނީމެވެ. އެއާއެކު އާތަރ ބުންޏެވެ. ”އާއެކެވެ. އަހަރެންގެ މިބޮޑު އެސްޓޭޓް އާއި އެހެން މުދާ އަހަރެން ދުނިޔޭގައި ހުއްޓާ އެމީހުން ބަހާ ނިންމާލައިފިއެވެ. އެމީހުންގެ ބޮޑުދައިތަގެ މައްޗަށް ރަހުމެއް ކުލުނެތް ނެތެވެ.އެލެނާ ދުނިޔޭގައި އިންދާ އަހަރެން މަރުވެއްޖެ ނަމަ ވާނެ ގޮތެއްވެސް ނޭގެއެވެ. އެމީހުން ރާވަނީ އެންމެ އަގުހެޔޮ އޯލްޑްއޭޖް ހޯމް އަށް އެލެނާ ފޮނުވާލުމަށް ފަހު އޭނާމަތިން ހަނދާން ނައްތާލާށެވެ.އެލެނާ އާއި ހެދި އެމީހުންނަށް ލިބެންޖެހޭ ފައިސާ ގަނޑު މަދުވާކަމަށް ދަނީ ބުނަމުންނެވެ.“
މިދެކެވުނު ވާހަކަ އަށް ފުންކޮން ވިސްނާލުމަށްފަހު އަހަރެން އާތަރ އާއި ކައިވެނި ކުރަން އެއްބަސް ވީމެވެ. އާތަރގެ ދެ ދެދަރިންގެ ދެކޮޅު ހެދުންތަކާއި އެކުއެވެ. އަހަރުމެންގެ ކައިވެނި ވަރަށް އުފާވެރިއެވެ. ކައިވެނީގެރޭ މުޅިތަން އޮތީ ހުދު އަލިން ދިއްލާލާފައެވެ. ހުދު ފިނިފެންމަލުގެ ބޮކޭތަކުން ވަނީ މުޅިތަން ޒީނަތްތެރި ކޮށްފައެވެ. އާތަރވެސް އަހަރެންވެސް އަދި ލިއަމްވެސް ތިބީ ވަރަށް އުފަލުންނެވެ.
ކައިވެންޏަށް އެއްހަފްތާ ވީ ދުވަހު ސްޓަޑީ އިން އޭނާއާއި ބައްދަލް ކުރުމަށް އާތަރ އެދުނެވެ. އަހަރެން ގޮސް ވަނުމުން އަހަރެންގެ އަތަށް ދިއްކޮށްލީ ލިއުންތަކެއްލާ ފުރާފައިވާ ފޯލްޑަރެކެވެ. ފޯލްޑަރު އަހަރެންގެ އަތަށް ދިނުމަށްފަހު އާތަރ ބުންޏެވެ.މީގައިވާ ލިއުންތައް ރަގަޅަށް ކިޔާލާށެވެ. އަހަރެން ބޭނުންވަނީ އަހަރެން އެލީނާ އަށް ވުރެ ކުރިން މަރުވެއްޖެ ނަމަ އެލީނާގެ ގާނޫނީ ބަލަދުވެރިއަކަށް ލީން ވުމަށެވެ. އެކަމަށް ބޭނުންވާ ހުރިހާ ލިއުމެއް މީގައި ހުންނާނެއެވެ.އަދި ތައްގަޑުޖެހި ކޮޕީ ލޯޔަރުން އަތުގައި ހުންނާނެއެވެ.
އަހަރެން މަޑުމަޑުން ފައިލް ހުޅުވާ ބަލާލީމެވެ. ހުރިހާ ލިއުމެއްގައިވެސްވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައެވެ.
އެވަގުތު އަހަރުމެން ވާހަކަ ދައްކަން ތިބި ސްޓަޑީ ގެ ދޮރު ކުއްލިއަކަށް ތަންމިނަށް ހުޅުވާލުމަށްފަހު ވިވިއަން އެތަނަށް ވަދެގެން އައެވެ. އޭނާގެ ފަހަތުން ކަޅު ކޯޓުލީ ދެމީހުން ވެސް އައެވެ.ބެލެވެނީ ލޯޔަރުން ކަމުގައެވެ.
ވިވިއަން ވަދެގެން އައި ގޮތަށް އައިސް އަހަރެންނާ ދިމާލަށް އިގިލި ދިއްކޮށްފައި ބުންޏެވެ.ތިޔައީ ”ގޯލްޑް ޑިގަރ“ އެކެވެ.(ރަންހޯދަން ބިންކޮންނަ މީހެކެވެ) ބައްޕައަށް މަކަރު ހަދާ އޮޅުވާލައިގެން ބައްޕަގެ މުދާގަނޑުގެ މައްޗަށް ކަލޭ ވެރިވިޔަކަ ނުދޭނަމެވެ.އަހަރެންގެ ލޯޔަރުން މިވަނީ ލިއުންތައް ތައްޔާރު ކޮށްފައެވެ. މުސްކުޅިއެއްގެ ބޯކާލައިގެން މުދާފޭރުނު ކަމުގެ ތުހުމަތުގައި އަހަރުން ކަލޭ ގޮވައިގެން ކޯޓަށް ދާނަމެވެ.“
އަހަރެން އާތަރ އާއި ދިމާއަށް ބަލާލި އިރު އޭނާ ތުރުތުރު އަޅައެވެ.
އަހަރެން އެވަގުތު ތުރު ތުރު އަޅަން ފެށިއެވެ. ބިރަކުން ނުވަތަ ދެރަވެގެން ނޫނެވެ. ރުޅި އައިސްގެންނެވެ. އަހަރެންނަކީ މިއަދު ވިވިއަންގެ ބައްގެ އަނބިމީހާ ކަމުން އަހަރެންނަށް ގޭގެ ކޮންމެ ކަމަކަށް ވެސް އަމުރު ކުރެވޭނެއެވެ.އެހެން ކަމުން އެވަގުތު އެތަނުގައި އެމީހުންގެ އެއްވެސް ލިއުމެއް ނުގެންގުޅެވޭނެ ކަމަށާ އެތަނުން ނިކުމެގެން ދިއުމަށް އަހަރެން އަމުރު ކުރީމެވެ.
ދަރިއަކު މުސްކުޅި ބައްޕައަށް މިވަރުގެ ”ޓެންޝަން“ ދީފާނެ ކަމަށް އަހަރެންގެ ހިތަށް ދުވަހަކު ވެސް ނާރައެވެ. އެދުވަހު އަހަރެންނާއި ދިމާލަށް ވަރަށް އެއްޗެތި ގޮވުމަށް ފަހު ކޯޓަށް ދާނެ ކަމަށް ބުނެފައި ވިވިއަން އެތަނުން ހިނގައްޖެއެވެ.
އަހަރެންނަށް ވީވަރަކުން އާތަރގެ ހިތް އުފާކޮށްދީގެން ގެންގުޅުނު ނަމަވެސް ދެދަރިން ތިބެނީ އަބަދު އަބަދު ވިއްދާލާފައެވެ. އެންމެ ފަހުން އާތަރ ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓްކުރާ ހަމަޔަށްވެސް ކަންތައް ހިނގައްޖެ އެވެ.
އޭގެ މާގިނަ ދުވަހެއް ނުވެ ކޯޓުގައި މައްސަލަ ފެށިއްޖެ އެވެ. އަހަރެންނާއި އާތަރ ގެ ފަރާތުން ކޯޓަށް ދަނީ ކުޅަދާނަކަމަށް މަޝްހޫރު ލޯޔަރެކެވެ. އޭނަ ވިވިއަންއަށް އެންމެ ތަންފުކެއްވެސް ދޫނުދީ ހިފަހައްޓައެވެ. އެލެނާގެ އަމިއްލަ ގެއިން އޭނަގެ ރުހުން ނެތި ދެފަހަރެއްގެ މަތިން ނެރެގެން ތަނަކަށް ގެންދަން އުޅުނު ކަން ކޯޓަށް ސާބިތުވިއެވެ. މިކަމަށް ގޭތެރޭގެ ބައެއް ނޯކަރުން ވަނީ ހެކިބަސް ދީ ސޮއި ކޮށްފައެވެ. އާތަރގެ މުދަލަކީ އެލެނާ ގެ ވެސް ހިއްސާ އޮންނަ މުދާ ކަމުން އާތަރގެ ދެދަރިންނަށް އެކަނި ނުލިބޭކަން ކޯޓުން ވަނީ އަންގާފައެވެ. އަދި ފަހުން އަހަރެން، ލީން އާއި ކައިވެނި ކުރުމަށްފަހު އާތަރވަނީ އަހަރެންނަށާއި ލިއަމް އަށް މުދަލުން ބޮޑުބައެއް ލިބޭ ގޮތަށް ހަމަޖައްސާފައެވެ. ކޯޓުގެ ޝަރީއަތް ނިމުނީ އަހަރުމެންގެ ކޮޅަށެވެ.
ލިއަމްގެ ބޮޑު އޮޕަރޭޝަން ކޮށް އޭގެ ތިންހަފްތާ ފަހުން ހޮސްޕިޓަލުން ދޫކޮށްލުމުން ގެޔަށް ދަމުން ލިއަމް ސުވާލު ކުރިއެވެ. ލިއަމްގެ ބަލިއެއްކޮން ރަގަޅުވީ ހެއްޔެވެ.އަހަރެން ވަރަށް ލޯބިން އޭނާގެ ބޮލުގައި ފިރުމާލުމަށްފަހު އާއެކޭ ބުނީމެވެ.
އާތަރ އާއި އެލީނާވެސް އަހަރެންގެ ފުރިހަމަ ބެލުމާއި އޯގާތެރިކަމުގެ ދަށުގައި ހަތަރު އަހަރު ތިއްބެވެ. ދެމީހުންވެސް ގާތްގާތުގައި މަރުވުމުން އެމީހުންގެ ފައިސާ ބޭނުންކޮށްގެން އަހަރެން ހެދީ ޚާއްސަ ފަންޑެކެވެ. އަހަރެންފަދައިން ގޮތް ނިންމަން ނޭގިދާނެ އަންހެނުން ނާއި ކުދިންގެ އޮޕރޭޝަން އަށް އެހީވާ ފަންޑެކެވެ.
(ނިމުނީ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް