ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް އީލޯން މަސްކު

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ މަހުޖަނު އީލޯން މަސްކް، ފުރަތަމަ ޓްރިލިއަނަރު ގެ ގޮތުގައި ފާހަގަ ކުރެވިއްޖެއެވެ. އިލޯންމަސްކަށް މިލަގަބް ލިބިފައިވަނީ އޭނާގެ ސްޕޭސް އެކްސް އަދި ޓެސްލާ ކުންފުނިން ލިބޭ އާމްދަނީ ހުކުރުދުވަހު 1.5 ޓްރިލިއަން ޑޮލަރަށް އެރުމާއި ގުޅިގެންނެވެ.


މިރެކޯޑާއި އެކު އީލޯން މަސްކްގެ އާމްދަނީ ވަނީ 160 ވަރަކަށް ގައުމެއްގެ މުޅި ޖީޑީޕީ އަށް ވުރެ މަތި ވެފައެވެ.
2025 ވަނަ އަހަރު އެމެރިކާގެ ޖީޑީޕީ 30.6 ޓްރިލިއަން ޑޮލަރު ގައި ހުރިއިރު މަސްކުގެ މުއްސަނދިކަން މިވަނީ މުޅިއެމެރިކާގެ ގީޑީޕީގެ 3.4 އާއި އެއްވަރު ވެފައެވެ. މުޅި އިންޑިޔާގެ ޖީޑީޕީ 4.1 ޓްރިލިއަން ޑޮލަރުގައި ހުރި އިރު، މަސްކްގެ އާމްދަނީ ވަނީ އިންޑިޔާގެ މުޅިޖީޑީޕީގެ ހަތަރުބައިކުޅައެއްބަޔާ އެއްވަރު ވެފައެވެ.

އައި.އެމްއެފްގެ ހިސާބުތަކަށް ބަލާއިރު 17 ވަނަ ރޭންކުން 21 ވަނަ ރޭންކާއި ހަމަޔަށް ހުރި ގައުމު ތަކުގެ ޖީޑީޕީ ހުރީ ގާތްގަނޑަކަށް 1 ޓްރިލިއަން ޑޮލަރުގައެވެ.އެހެން ކަމުން 20 ވަނައިގައި ގުނޭ ޕޯލަންޑް އަދި ސްވިޓްޒަރލަންޑް ފަދަ ގައުމު ތަކުގެ މުޅި ޖީޑީޕީ އާއި އީލޯން މަސްކުގެ އާމްދަނީ ވަނީ އެއްވަރު ވެފައެވެ.ބެލްޖިއަމް އަދި އާޖެންޓީނާފަދަ ގައުމުތަކުގެ ޖީޑީޕީ 0.7 ޓްރިލިއަން ޑޮލަރުގައި ހުރި އިރު، މިފަދަ ގައުމުތަކުގެ ޖީޑީއަށް ވުރެ އީލޯން މަސްކުގެ ނެޓް މުއްސަނދިކަން މިވަނީ މަތިވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް