ޕާކިސްތާނަށް ޗުއްޓީ އަށް ގޮސްހުރި އޮސްޓްރޭލިޔާގެ ކުޑަކުއްޖަކު ގަޔަށް ފުލުހުން ބަޑިޖަހާ މަރާލައިފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާނަށް ޗުއްޓީ އަށް ގޮސްހުރި އޮސްޓްރޭލިޔާގެ ކުޑަކުއްޖަކު ގަޔަށް ފުލުހުން ބަޑިޖަހާ މަރާލުމާއި ގުޅިގެން މައްސަލަ އަވަހަށް ބަލާދިނުމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސެ ގޮވާލައްވައިފިއެވެ.
އުމުރުން 9 އަހަރުގެ ހާނިއާ އަހުމަދު ކިޔާ ކުޑަކުއްޖާ ޕާކިސްތާނަށް ދިޔައީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށެވެ.


ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ޕަންޖާބް ޕްރޮވިންސް ގައި ހިނގި މިހާދިސާ ގައި ހާނިޔާގެ އާއިލާ ދަތުރު ކުރި ކާރަށް ހަތިޔާރު އެޅި ވަގުންގެ ބަޔަކު ހަމަލާދީ ކާރު ހިފެހެއްޓުމާއި ގުޅިގެން ވަގުންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގީއެވެ.މިގޮތުން ބަދަލު ކުރެވުނު ހަމަލާތަކުގައި ކުޑަކުއްޖާ މަރުވެ އަދި އެކުއްޖާ ގެ ބައްޕައާއި ބޭބެއެއް ޒަޚަމް ވެފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި ބަޑިޖެހި ފުލުސްމީހާ މިހާރުވަނީ ބަންދު ކުރެވިފައެވެ.އަދި އޭނާގެ މައްޗަށް ތަހްގީގުވެސް ކުރެވޭނެއެވެ.
މަރުވި ކުއްޖާގެ ބައްޕަ ބުނި ގޮތުގައި ފުރަތަމަ އިސްވެ ބަޑިޖަހާފައިވަނީ ފުލުހުންނެވެ.
ޕަންޖާބް ފުލުހުން ބުނީ ފުލުންގެ ތެރޭގައި ކަނޑައެޅިފައި އޮންނަ ޕްރޮޓޮކޯލްއާއި ޚިލާފަށް ފުލުހުން އަމަލު ކޮށްގެން ނުވާނެ ކަމަށާ ވަކިއަތަކަށް ނުޖެހި ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމުގައެވެ.
އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އަލްބަނީސެ ހޯމަ ދުވަހު ވިދާޅުވީ ކުއްޖާގެ އާއިލާއަށާއި އެހެން ފަރާތްތަކަށްވެސް ފެންނާނެ ގޮތެއްގައި މިމައްސަލަ ރަގަޅަށް ބެލެން ޖެހޭނެކަމުގައެވެ. އަދި ހާމަކަންބޮޑު ތަހުގީގެއް ހިންގާނެ ކަމަށް އޮސްޓްރޭލިޔާ އިން އުންމީދު ކުރާކަމަށް ވިދާޅުވެފައި ވެއެވެ.
ފުލުހުން ބަޑިޖެހުމުގެ ސަބަބުން އުމުރުން 9 އަހަރުގެ ކުއްޖަކު މަރުވި ހާދިސާ އާއި ގުޅިގެން ޕާކިސްތާން އަދި އޮސްޓްރޭލިޔާގައިވެސް އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޕަރތުގައި ހުންނަ ހާނިޔާ ދިޔަ ސްކޫލް، އޮސްޓްރޭލިއަން އިސްލާމިކް ކޮލެޖްގެ ޕްރިންސިޕަލް ބުނި ގޮތުގައި ހާނިޔާގެ ކުއްލި ވަކިވުމަކީ މުޅި ކޮމިޔުނިޓީ އަށް ވެސް ލިބުނު ހިތާމައެއް ކަމުގައެވެ.އޭނާއަކީ ހުރިހާކުދިންނާއިވެސް ގުޅިގެން އުޅޭ ޓީޗަރުންނަށް ވަރަށް އިހްތިރާމް ކުރާ،އެންމެންގެ ލޯބި ލިބެމުން އައި ކުއްޖެއްކަމަށް ބުނެފައި ވެއެވެ. މިކަމާއި ގުޅިން ހާނިޔާގެ ރަހުމަތްތެރިންނަށާއި އެކަން ބޭނުންވާ ޓީޗަރުންނަށް ސްކޫލްގެ ފަރާތުން ކައުންސެލިންގ ދިނުމުގެ އިންތިޒާމްވެސް ހަމަޖައްސާފައިވާ ކަމަށް ޕްރިންސިޕަލް ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް