އެމެރިކާގެ ޖޯޖިއާ ސްޓޭޓް ގައި ދިރިއުޅެމުން އައި އިންޑިޔާ ދަރިކޮޅުގެ ޒުވާން ފިރިހެނަކު،ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ދިއުމަށް ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި މަރުވެއްޖެއެވެ.ހެލިކޮޕްޓަރުގައި ދެމަފިރިން ދަތުރު ކުރީ ހަނީމޫނަށް ދިއުމަށް އެއާޕޯޓަށް ދިއުމަށް ކަމަށްވެއެވެ.
މިހާދިސާގައި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓްވެސް ވަނީ މަރުވެފައެވެ. ނަމަވެސް ކައިވެނި ކުރި އަންހެން ކުއްޖާ ޖެސްނީ މަރުނުވެ ސަލާމަތް ވެފައި ވެއެވެ.
މަރުވި، އުމުރުން 26 އަހަރުގެ ފިރިހެން ކުއްޖާ ޑޭވް ފިޖީ އަކީ ޑެލްޓާ އެއާލައިންސްގެ ޕައިލެޓެއް ކަމަށް ވެއެވެ.މީޑިޔާ ރިޕޯޓްތައްބުނާ ގޮތުން ކައިވެނީގެ ހަފްލާ ބޭއްވި ޑޯސަންވީލްގެ ހޯލް އާއި މާދުރުނޫން ހިސާބަކަށް ހެލިކޮޕްޓަރު ވެއްޓުމަށް ދިމާވީ މޫސުން ގޯސް ވުމުގެ ސަބަބުންނެވެ. ޑޭވް އަކީ ޕައިލެޓަކަށް ވާއިރު މޫސުން އެހާގޯސް ވެފައިވަނިކޮށް ދަތުރު ކުރުން ރައްކާތެރިނޫން ކަން އޭނަ ފާހަގަ ކުރި ކަމަށް ވެއެވެ. ނަމަވެސް ތަންކޮޅެއް މަތިން ދަތުރު ކުރެވޭނެ ކަމަށް ހެލިކޮޕްޓަރުގެ ޕައިލެޓް ބުނި ކަމަށް ވެއެވެ.
ހެލިކޮޕްޓަރު ވެއްޓުމާއި އެކު އަންހެންކުއްޖާ ޖެސްނީ ވެސް އިނީ ހޭނެތިފައި ކަމަށް ވެއެވެ. އޭނާ ހޭއަރައިގެން ބެލިއިރު އޭނާވެސް އިނީ ނުތެދުވެވޭވަރަށް ހެލިކޮޕްޓަރު ތެރޭގައި ހައްޔަރު ވެފައި ކަމަށް ވެއެވެ. އޭރު ފިރިމީހާ އާއި ޕައިލެޓް ތިބި މަރުވެފައިކަމަށް އޭނާ ކިޔާދީފައި ވާކަމަށް ވެއެވެ.
ހެލިކޮޕްޓަރު ވެއްޓުނުކަން އެނގުނީ ދާންވީތަނަށް ގަޑިއަށް ނުދިއުމުންނެވެ. އަދި ވެއްޓުނު ތަނެއް ހޯދަމުންގޮސް ފެނިފައިވަނީ ހާދިސާ ހިނގިތާ 6 ގަޑިއިރު ފަހުން ކަމަށް ވެއެވެ.ރެސްކިއުޓީމް ތަކުން ޖެސްނީ ސަލާމަތް ކޮށްފައިވަނީ 6 ގަޑިއިރު ހެލިކޮޕްޓަރުތެރޭގައި ތާށިވެފައި އިންފަހުންނެވެ.
މިހާރު އޭނާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
![]()
