ލޯންޗެއް އެކްސިޑެންޓުވެ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

Loading

June 1, 2026
profile
Facebook
Twitter
WhatsApp

މާލެ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް އެކްސިޑެންޓްވެ، ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ، ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ ”ޓުއަރ ގާރޑް“ ނަމަކަށް ކިޔާ ލޯންޗެއްކާއި އެހެން ލޯންޗެއް ޖެހިގެންނެވެ.

އެމްއެންޑީއެފުން ބުނީ، މި އެކްސިޑެންޓުގެ މަޢުލޫމާތު ލިބިފައިވަނީ، ލޯންޗު ވިލިމާލެއާ ވަރަށް ކައިރީގައި އޮއްވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް އައިޖީއެމްއެޗުން ފަރުވާދެމުން ދާކަމަށް އެ މުއައްސަސާއިން މަޢުލޫމާތުދެއެވެ.

އަނިޔާވި އެކަކީ ހަލާކުވި ލޯންޗު ދުއްވަން އިން މީހާ ކަމަށާއި، އޭނާއަށް ލިބިފައިވަނީ ސީރިއަސް އަނިޔާތަކެއް ކަމަށް މެރިން ޕޮލިހުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި މި އެކްސިޑެންޓުގައި ލޯންޗުގެ ކުރީކޮޅު ވަނީ އެއްކޮށްހެން ހަލާކުވެފައެވެ.

އެކްސިޑެންޓުގައި ހިމެނޭ އަނެއް ލޯންޗު ވަނީ އެކްސިޑެންޓު ހިނގުމާއެކު ފިލާފައި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް