ތެދު ބުނެގެން އަހަރެންގެ މާމަ ދަރިންނާ ވަކިވާން ޖެހިދާނެ ކަމަށް އަހަރެން ދުވަހަކުވެސް ހިތަކަށް ނާރައެވެ.

Loading

Facebook
Twitter
WhatsApp

އަހަރެންގެ ދަރިފުޅުގެ ކައިވެނި ރޫޅުނު މައްސަލައިގައި އޭނަ ކުށްވެރި ކުރަނީ އަހަރެންނެވެ.
އަހަރެންގެ ނަމަކީ ޑައޭން އެވެ. އުމުރަކީ 63 އަހަރެވެ. އަހަރެންގެ ފިރިހެން ދަރިފުޅު މައިކަލް އަހަރެންނާ ވާހަކަ ނުދައްކާތާ ދެއަހަރު ވަނީ އެވެ.އޭނަކައިރީ މީހަކު މިކަމާބެހޭގޮތުން ސުވާލިކޮށްފިނަމަ ބުނާނެ ހެންހީވަނީ ވާހަކަ ނުދައްކަނީ އޭނަގެ ދިރިއުޅުން ހަލާކޮށްލީމައެވެ. ނަމަވެސް ހަގީގަތަކީ އޭނާގެ އާއިލާ ރޫޅޫނީ އޭނާ އިހްތިޔާރު ކުރި މަގުގެ ސަބަބުން ކަމެވެ.


އަހަރެން އެއްޗެއް ނުބުނެ ހުރިނަމަ އޭގެ މާނަޔަކީ އަހަރެންގެ އަމިއްލަ ނަފްސަށްވެސް ތެދުވެރި ނުވުމެވެ.
އަހަރެންގެ ދަރިފުޅު މައިކަލް އަކީ ކުޑައިރު ވަރަށްވެސް ލޯބި ލޯބި ކޮން ހުރި ކުއްޖެކެވެ.އޭނަ އަހަރެން ބަލާބޮޑުރީ ގާތްގަޑަކަށް އެކަނި މާއެކަންޏެވެ.މައިކަލްގެ އުމުރުން 9 އަހަރުގައި އޭނާގެ ބައްޕަ އަހަރުމެން ދޫކޮށްލާފައި ދިއުމާއި ގުޅިގެން އަހަރެން މައިކަލް ބެލީ ވަރަށް ބުރަމަސައްކަތް ކޮށްގެންނެވެ. ނަރސިންގ ހޯމް އެއްގައި ދެޝިފްޓް އަށް މަސައްކަތް ކުރީމެވެ.ކާއެތިކޮޅު މޭޒުމައްޗަށް ނެރެވެނީ މިވަރަށް މަސައްކަތް ކޮށްގެންނެވެ. އަހަރެން ކިތަންމެރެޔަކު ނުނިދާ، ކިތަންމެ ފަހަރަކު ނުކައި އުޅެފަ ހުންނާނެއެވެ.އަމުދުން އެއްވެސް ޗުއްޓީއެއް ނުނަގަމެވެ.ހަމަ ދަރިފުޅަށް ފުރުސަތުތައް ފަހިކޮށް ދިނުމަށެވެ.އަހަރެން މިކަމަކާ ނުވެސް ވިސްނަމެވެ.
މައިކަލް ބޮޑުވެ ކިޔަވާނިމި ފުރިހަމަވީއިރު އޭނާއަކީ ވަރަށް ކާމިޔާބު ޒުވާނަކަށް ވަނީ ވެފައެވެ.މަތީ މުސާރަލިބޭ ރަގަޅު ވަޒީފާއެއްވަނީ ލިބިފައެވެ.އެއާއެކު ރީތި ގެއެއްވެސް ވަނީ ގަނެފައެވެ.ދާދި އަވަހަށް ހަމައެހާރީތި އަންހެނަކާ ކައިވެނިކޮށް ރީތިރީތި ދެ އަންހެން ކުދިން ވަނީ ލިބިފައެވެ.އަހަރެން ހުރީ އަހަރެންގެ ދަރިފުޅާމެދު ވަރަށް ފަހުރުވެރި ވެލާފައެވެ.
މައިކަލްގެ އަންހެނުން ކޭޓް އަކީ ވަރަށް އޯގާތެރި ރަގަޅު ކިޔަމަންތެރި އަންބެކެވެ.އަހަރެން ދުށް ގޮތުގައި އެދެމީހުންގެ ކައިވެނީގައި މަދުވާ އެއްވެސް ކަމެއް ނެތެވެ. ވަރަށްވެސް ފުރިހަމަ ކައިވެންޏެކެވެ. މިކަން ބަދަލުވާކަށް މާގިނަ ދުވަހެއް ނުނެގިއެވެ.
އެއްދުވަހެއްގެ ހަވީރު ކޭޓް ރޮމުން ރޮމުން އަހަރެންގެ ގެއަށް އައެވެ.ކަމެއް ގޯސްވެއްޖެ ކަން އަހަރެންނަށް ވަގުތުން އެނގުނެވެ.ކޭޓް އައި ގޮތަށް އައިސް އަހަރެންގެ ކާމޭޒު ކައިރީ އިށީން އިރު މުޅި މީހާ ތުރުތުރު އަޅައެވެ.އަހަރެން ހަދާދިން ކޮފީތަށީގައިވެސް ހިފޭވަރެއް ނޫނެވެ. ކޭޓް ބުނި ގޮތުގައި މައިކަލް އޭނާޔަށް ބޭވަފާތެރިވެ އެހެން އަންހެނަކާ ގުޅުން ބާއްވަމުންދާތާ އަހަރެއްހާދުވަސް ވެއްޖެ އެވެ.އެއްފަހަރު ހިނގި، އާދައިގެ ކުޑަކުޑަ ”އެފެއާ“ އެއްނޫން ކަމަށާ ހަމަ ސީރިއަސްކޮން މީހަކާ ރައްޓެހިވެގެން އުޅޭކަމަށް އޭނާ ބުންޏެވެ.
މިވާހަކަ އަޑުއަހާފަ އަހަރެންގެ މުޅިހަށިގަޑަށް އަސަރުތަކެއް ކުރިއެވެ.ކޮންމެހެން މައިކަލް ކުރިކަންތަކުގެ ސަބަބުން ނެއް ނޫނެވެ.އެކަމަކު އަހަރެންގެ އަގުތައް ދަސްކޮށްދީގެން އަހަރެން ތަރުބިއްޔަތުކުރި މީހަކު އެފަދަ ކަމެއް ކުރީތީއެވެ.
ކޭޓް އެދުނީ އޭނައަހަރެން ކައިރިޔަށް އައިވާހަކަ މައިކަލް ކައިރީ ނުބުނުމަށެވެ.އޭނަ ބުނި ގޮތުގައި މައިކަލް ކައިރިން ވަރިވުމާއި މެދު އަދި ގޮތެއް ނުނިންމައެވެ. ވަރިވާންވެސް ބޭނުންވާ ކަމަށާ ނަމަވެސް ދަރިންގެ ހައްގުގައި މަޑުކުރަންވެސް ވިސްނާކަމަށް ބުންޏެވެ.މިވަގުތު ހުރީ ދާނެ ކޮޅެއް ނޭގިފައި ފާޑަކަށް ބަންދުވެފައި ކަމަށް އޭނަ ބުންޏެވެ.
ކޭޓް އެދުނު ގޮތަށް އަހަރެން ހުރީ އެއްޗެކޭ ނުބުނެއެވެ.ހާދިސާތަކެއް ހިނގަންދެނެވެ.
އެއްރޭ މައިކަލްގެ ގޭގައި އަހަރެންވެސް އިންރެޔަކު ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން އުޅުމުގެ ތެރޭގައި ކޭޓް އަތުން ޖޫސްތައްޓެއް ބަންޑުންވިއެވެ.ނިސްބަތުން ކުޑަކުޑަކަމެކެވެ. ނަމަވެސް މައިކަލް ކޭޓް އާއި ދިމާލަށް ހަޅެއްލަވައިގަތްލެއް ބާރުކަމުން ކުދިންވެސް ވަގުތުން ހިމޭންވިއެވެ.
އަހަރެން އެވަރުން ރަގަޅަށް ބޮޑުކުރި ދަރިފުޅަށް ވެފަ ހުރިގޮތް އެވަގުތު އަހަރެންނަށް ރަގަޅަށް ފެނުނެވެ.އޭނަގެ މައްސަލަ އަކީ ހަމައެކަނި އަންހެނުންނަށް ބޭވަފާތެރިވުމެއް ނޫނެވެ.އަންހެނުންނަށް ރަހުމެއްނެތް އަނިޔާވެރިއަކަށް ވަނީ ބަދަލު ވެފައެވެ.އެހެން މީހުންގެ ކުރިމަތީގައިވެސް ކޭޓްގެ ކުށްދައްކާ ލަދުގަންނަވާ ހެދުމަކީ އޭނަގެ އާދައަކަށްވަނީ ވެފައެވެ.ކޭޓް އެއްޗެއް ބުނަން އުޅުނު ނަމަވެސް އަޑުވެސް ނާހައެވެ.ކިތަންމެ ކުޑަކަމަކާވެސް ކުދިން ކުރިމަތީގައިވެސް ހަޅޭއްލަވައިގަނެއެވެ.ކޭޓް ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް އޭނަޔަށް ކަމުދާ ގޮތަކަށް ކަމެއް ކުރެވޭކަމަކަށް ނުވެއެވެ.މި ރަހުމުކުޑަ، އަމުދުން އޯގާތެރިކަމެއްނެތް ދިރިއުޅުމަށް ކޭޓް ވަނީ މިހާރު އާދަވެފައި ކަހަލައެވެ.މައިކަލް ކޮންމެ އެއްޗެއްކިޔާ ކޮންމެ ކަމެއްކުރިޔަސް އޭނަ ރައްދު ދޭތަނެއް ނުފެނެއެވެ.
އޭގެ ދެތިން ހަފްތާފަހުން މައިކަލް އެކަނި އަހަރެންގެ ގަޔަށް އައެވެ.އަހަރެންނަށް އަގަމަޑުން ލައިގެން ނުހުރެވުނެވެ.އެހެން އަންހެނަކާ ރައްޓެހިވެގެން އުޅޭ މައްސަލައިގައި އެންމެ ފުރަތަމަ އެނަދެކޮޅު ހެދިއެވެ.އަދި އަހަރެން ކައިރީ ބުނީ ކޭޓް ކަން އޭނާޔަށް ވިސްނުނު ހަމައިން އަލިފާން ކަހަލަ ރުޅިއައެވެ. ކުރެވުނު ކަންތަކާމެދު ލަދުގަނެ ދެރަވުމުގެ ބަދަލުގައި އޭނަގާތަށް އައީ އިންތިހާދަރަޖައިގެ ރުޅިއެވެ.
އަހަރެންގެ ގޭގެ ސިޓިންރޫމްގައި ދެކޮޅަށް ހިގަމުން އޭނާ ކީގޮތުގައި ކޭޓް އަކީ ކަންތައްތައް މާ ބޮޑު ކޮށްލާ މީހެކެވެ.އަދި ނަފްސާނީ ގޮތުން އެހާހަމަޖެހޭ މީހެއް ނޫނެވެ.އެހެން މީހަކާ ހިތާވެގެން އުޅޭކަމަށް އެއްބަސް ވިއިރުވެސް އެއީ މާބޮޑުކަމެއް ނޫނޭ ބުނި ކަހަލައެވެ.ފިރިހެނުން އެގޮތަށް އުޅޭނެ ކަމަށާއި އެއީ އެހާބޮޑުކަމެއް ނޫންކަމަށް ބުންޏެވެ. އަހަރެން ހިތަށް އެރިއެވެ. މިއީ ހަމަ އަހަރެން ބަލާބޮޑުކުރި އަހަރެންގެ ދަރިފުޅު ހެއްޔެވެ.
ދެން އޭނާ ބުނި އެއްޗަކުން އަހަރެންގެ ހިތް ކުދިކުދި ވިއެވެ.މައިކަލް ބުނީ އޭނާޔާދެކޮޅަށް ކޭޓް އާއި އެއްކޮޅަށް އަހަރެން ހުރިނަމަ އަހަރެންނަކީ އޭނާގެ މަންމަ ނޫން ކަމުގައެވެ.
އަހަރެން ވާހަކަ ދެއްކީ ސީދާ ބަހުންނެވެ.އަހަރެން ބުނީ އަންހެނުންނަށް ބޭވަފާތެރިވެ އޭނަޔަށް އިހާނެތިކުރުމަކީ އަހަރެންގެ އަމިއްލަ ދަރިފުޅު ކުރިކަމެއްނަމަވެސް އަހަރެން އެކަންކަމަށް ސަޕޯޓް ކުރާނެ ކަންކަމެއް ނޫނެވެ. އެހެންބުނި ހަމައިން އޭނަހީވީ ބޮމެއް ގޮވިހެންނެވެ.އަހަރެން އޭނަޔަށް ބޭވަފާތެރިވީ ކަމަށް ބުންޏެވެ.އޭނަ ޖަޖް ކުރީ ކަމަށް ބުންޏެވެ.އަމިއްލަ ދަރިފުޅާ ދެކޮޅުވީކަމަށް ބުންޏެވެ.އޭނަހަމަ ގަބޫލު ކުރި ގޮތުގައި އަނިޔާ ލިބުނު ފަރާތަކީ އޭނާ އެވެ.
އޭގެ ދެތިންމަސްފަހުން ކޭޓް ވަރިވާން ފޯމު ހުށައެޅިއެވެ.މައިކަލް ބުނީ ކޭޓް ވަރިވަނީ އަހަރެން ކަންތައް ކުރި ގޮތުގެ ސަބަބުން ކަމުގައެވެ.އޭނަ ބުނި ގޮތުގައި ކޭޓް އަށް އަހަރެން ހިއްވަރު ދިނީ އެވެ.ހަގީގަތަކީ ކޭޓް އަށްވެސް އިހްތިރާމް ހައްގުވާކަން އަހަރެން ހަނދާން ކޮށް ދިނުމެވެ.އެހާވަރުން ފުދޭކަމަށް ވެއެވެ.
އެހާހަމައިން މައިކަލް އަހަރެންނަށް އަދަބު ދޭން ފެށިއެވެ.މާމަ ކުދިންނާއި ބައްދަލް ކުރުން ހުއްޓުވާލިއެވެ.އޭނަބުނި ގޮތުގައި ކުދިން ސްކޫލްގެ ކަންތަކުގައި މާބިޒީއެވެ.އެންމެ ފަހުން އަހަރެންގެ ކޯލްތަކަށް ޖަވާބު ދިނުން ހުއްޓާލިއެވެ.އުފަންދުވަހެއްގައި ނޫނީ އެހެން މުހިންމު މުނާސަބަތެއްގައި ވެސް ގުޅާވެސް ނުލައެވެ.ކޮންމެ ހަފްތާއަކު މާމަ ދަރިން ފެނިފެނި ހުރެފަ، އެކުދިންނަށް މިއަދު އަހަރެން ވަނީ ބީރައްޓެއްސަކަށް ވެފައެވެ.އަހަރެންނަށް އިހުސާސް ކުރެވެނީ އަހަރެން މަރުވެއްޖެ ހެންނެވެ.މިފަދަ މަރުގެ ވާހަކަ އެކަކުވެސް ނުދައްކާނެއެވެ.
މިދިޔަ އަހަރު ގްރޯސަރީ ސްޓޯއެއްގެ ތެރޭން މަގޭ މާމަދަރިން ފެނުނެވެ. އަހަރެން ފެނުމުން އެންމެ ކުޑަދަރިފުޅު ދުވެފަ އަހަރެން ކައިރިޔަށް އައެވެ.އޭރު މާމަ ނުފެންނަތާ އެތައްމަހެއް ވެފައިވާތީއެވެ.އަހަރެންނާހަމަޔަށް އައިސް އަހަރެން އެދަރިފުޅުގައިގައިބައްދާނުލެވެނީސް މައިކަލް އެކުއްޖާފުޅު ފަހަތަށް ދަމައިގަތެވެ.އަހަރެންނަކީ ނުބައިބައްޔެއް ޖެހިފަ ހުރި މީހެއްނަމަ ކަންތައް ކުރާނެ ގޮތަށެވެ.ފަހުން އަހަރެން ކާރުގައި އިނދެ ގަޑިއެއްހާއިރު ރުއިމެވެ.
މިއަދު އަހަރެން ބައެއްފަހަރު ހިތަށް އަރައެވެ. އަހަރެންނަށް ކަންތައް ކުރެވުނީ ހަމަރަގަޅަށް ބާވައެވެ. މަންމައިންނަކީ އެމީހުންގެ ދަރިން ހިމާޔަތް ކުރާ ބައެކެވެ.ނަމަވެސް ތިމާގެ ދަރިފުޅު އެހެން މީހުންނަށް އިހާނެތިކޮން ކަންތައް ކުރާނަމަވެސް ހަމަ އެކަނި ދަރިއަކަށް ވީތީ ހިމާޔަތް ކުރަންވީ ހެއްޔެވެ؟ދަރިފުޅު ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިނަމަވެސް ހަމަ ދަރިފުޅަށް ވަފާތެރިވާން ޖެހޭނެ ހެއްޔެވެ؟ އެހެން ނުހެދުމުން އާއިލާއާއި ވަކިވާން ޖެހުނަސް އިހުތިޔާރު ކުރަން ޖެހޭނީ ރަގަޅު ގޮތް ހެއްޔެވެ؟
މިއަދުވެސް އަހަރެން އަމިއްލަ ނަފްސާކުރާ އެންމެ ބޮޑު ސުވާލަކީ އެއީ އެވެ.އަހަރެންގެ ދަރިފުޅު މައިކަލް ދެކެ އަހަރެން ވަރަށް ލޯބިވެއެވެ.ނަމަވެސް މިއަދު ފެންނަން އެހުރި މައިކަލް އާމެދު ފަހުރުވެރިވާކަމަކަށް އަހަރެންނަކަށް ނުބުނެވޭނެއެވެ.
ތެދު ބުނެގެން އަހަރެންގެ މާމަ ދަރިންނާ ވަކިވާން ޖެހިދާނެ ކަމަށް އަހަރެން ދުވަހަކުވެސް ހިތަކަށް ނާރައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް