ޖެހިގެން އުޅޭ ސޯފާގެ މައްސަލައިގާ ރައީސް ޑރ. މުއިއްޒުއާއި ސުވާކުރުމުން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވީ ކަމަށްބުނެ ރައީސް އެ ސުވާލުކުރި މައްސަލަގައި ޖަލަށްލި އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން ޖަލުން މިނިވަންވެއްޖެ އެވެ.
އެ ސުވާލުކުރުން އެއީ ގާނޫނީ ކުށެއްކަމަށް ނިންމައި އޭނަގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކޮށް ނިމުމުން ދޫކޮށްލައިފަ ބުނެފާވެއެވެ.
ޝަހްޒާންގެ އިތުރުން އެ ގެގް އޯޑަރާ ޚިލާފު ޚަބަރެއް ލިޔެގެންކަމަށް ބުނެ ”އަދަދު“ ގެ ނޫސްވެރިއެއް ކަމަށްވާ ލީވާން އަލީ ނަސީރު ވެސް ޖަލަށްލި އެވެ. އޭނަ ޖަލަށްލީ 10 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން އޭނާ ދޫކޮށްފާ ވަނީ މި މަހުގެ 22 ގަ އެވެ.
ލީވާނާއި ޝަހްޒާން ޖަލަށްލީ އަދަދު ނޫހުން ރައީސް މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ތުޙުމަތު ކުރެވޭ ގޮތަށް ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ޚަބަރާއި ލިޔެގެންނާއި ސުވާލުކޮށް ކަމަށް ވެއެވެ. އެއީ އައިޝާގެ ނަމުގައި ނެރެފައިވާ ޑޮކިއުމެންޓަރީ އެކެވެ. ޝަހުޒާންގެ އެސުވާލު ރައީސް މުޢިއްޒަށް ދެންނެވުމުން ރައީސް ފުރަތަމަ ޖަވާބުގައި ވިދާޅުވީ ތިއީ ދޮންއަމާގެ ޑޮކިއުމެންޓެރީވެސް ހެދި މީހުންނޫންހެއްޔެވެ؟
މިހާރު މުޅިގައުމު އެލާޓަށް އައިސްގެން އުޅޭ އެބުނާ ”ސޯފާގެ“ ޑޮކިއުމެންޓްރީ މައްސަލައިގައި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުޙައްމަދާއި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ގަޒުފްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. ފިޔާޒު ވިދާޅުވަނީ ހަމަ ހިލާ އޭނާގެ މައްޗަށް އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެނީ ރައީސް މުޢިއްޒުގެ ފުނިޖެހިފައިވާ ކަރަަޕްޝަންގެ މައްސަލަތަކުގެ ވަރަށްގިނަ ތަފުސީލު އަދަދު ނޫހަށް ލިބި ވެރިފައި ކުރެވިފައިވާކަމަށެވެ. އަދި އެކަން މުޢިއްޒުއަށް އެނގިވަޑައިގަންނަވާނޭ ކަމަށެވެ.
![]()
