އެމެރިކކާ ސިފައިން އަނެއްކާވެސް އީރާނަށް ހަމަލާތަކެއް ދީފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ދެކުނުގެ ބައެއްހިސާބުތަކަށް އަނެއްކާވެސް ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފިއެވެ.އެފަރާތުން ބުނެފައިވާ ގޮތުގައި ދެކުނު އީރާނުގައިވާ މިސައިލް ސައިޓްތަކާއި އަދި ކަނޑުގައި މައިން ހަރުކުރުމަށް މަސައްކަތް ކުރަމުން ދިޔަ ބޯޓުތަކަށް އަމާޒުކޮށް ހަމަލާދިނީ ”އޮޕަރޭޝަން ފްރީޑަމް“ ގެ ދަށުން އަމިއްލަ ދިފާއުގައެވެ.


ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނަކު ބުނީ މިހާރު އަމަލު ކުރަމުންދާ ”ސީޒްފަޔާ“ ނުވަތަ ހަމަލާތައް މެދު ކަނޑާލުމުގެ އެއްބަސްވުމަށް އަމަލު ކުރަމުން ދިއުމާއި އެކުވެސް އަމިއްލަ ފައުޖް ތަކުގެ ހިމާޔަތުގައި މަސައްކަތް ކުރަން ޖެހޭ ކަމުގައެވެ.
ރާއްޖޭގަޑިން އަންގާރަ ދުވަހުގެ ފަތިހުގެ ހަމަލާ ދިނުމުގެ ކުރިން އީރާނުން ބުނެފައިވަނީ އެމެރިކާއާއި އެކު ދެކެވެމުންދާ ވާހަކަ ތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވީނަމަވެސް އެއްބަސް ވުމެއް އަދި ފެންނަން ނެތް ކަމުގައެވެ.
އޭގެ ކުރިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްތޭޓް މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ ދާދި އަވަހަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ގަބޫލު ކުރައްވާކަމުގައެވެ.
ރޫބިއޯ އިތުރަށް ވިދާޅުވި ގޮތުގައި ހޮރްމޫޒް ކަނޑުއޮޅީގައި ބަންދުވެފައި ތިބި އުޅަދު ތަކުގެ ހާލަތު ވަރަށް ގޯހެވެ.އަދި ހޮރްމޫސް ކަނޑުއޮޅިއަކީ އިންޓަރނޭޝަނަލް ކަނޑުއޮޅިއަކަށްވާއިރު ވަކި ގައުމަކުން އެތަން ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައިސް ޓްރަމްޕް ”އޮޕަރޭޝަން ފްރީޑަމް“ ފެއްޓެވީ މިސަބބަބަށް ޓަކާކަމަށް ރޫބިއޯ ވިދާޅުވިއެވެ.
މާކޯރޫބިއޯ އިތުރަށް ވިދާޅުވި ގޮތުގައި އިޒްރޭލް އާއި ގުޅިގެން ފެއްޓި ”އޮޕަރޭޝަން އެޕިކް ފިއުރީ“ މިހާރު ނިމިފައިވާ ކަމަށާއި ދެން ޓްރަމްޕް ވެސް ބޭނުން ފުޅުވަނީ މަޝްވަރާގެ މޭޒުދޮށުން އީރާނާ ބައްދަލް ކުރައްވަން ކަމުގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް