ހައްޖުވެރިންނަށްޓަކައި ވިޔަފާރި ކުރާތަންތައް ތައްޔާރުވެފައި ހުރި މިންވަރު ބަލަން އިންސްޕެކްޝަންތަކެއް

Loading

Facebook
Twitter
WhatsApp

ހައްޖުވުމަށްޓަކައި ސައޫދީއަރަބިއްޔާއަށްދާ ހައްޖުވެރިންނަށްޓަކައި ވިޔަފާރި ކުރާތަންތައް ތައްޔާރުވެފައި ހުރި މިންވަރު ބެލުމަށް ބޮޑެތި ކޮމާޝަލް ވިޔަފާރިތަކާއި ރީޓެއިލް އައުތްލެޓްތައް އިންސްޕެކްޓް ކުރުމުގެ ޚާއްސަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ކޮމާސް އިން އިއުލާން ކޮށްފިއެވެ. މިގޮތުން ނިމުނު ޒުލްގައިދާ މަހުގެތެރޭގައި 42،791އިންސްޕެކްޝަން ކޮށްފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

މިފަދަ އިންސްޕެކްޝަން ތަކުގެ ބޭނުމަކީ މުދަލުގެ ސަޕްލައި ފުދޭވަރަށް ލިބެމުންދާނެކަން ޔަގީން ކުރުމާއި މުދަލުގެ ފެންވަރު ބަލާ ފާސްކުރުމެވެ. މައްކާ އަދި މަދީނާގެ ބޮޑެތި ޓްރާންސިޓް ރޫޓް ތަކާއި ހަރަމް ފުޅާއި މަސްޖިދުއްނަބަވީ އަށް ދާ މަގު ތަކުގައިވާ ބޮޑެތި އަދި ކުދި ވިޔަފާރި ތަކަށް އަމާޒު ކޮށްގެން ހިންގި އިންސްޕެކްޝަން ތަކުގެ އަމާޒަކީ ހައްޖުވެރިންނަށްޓަކައި މާކެޓްތައް ފުރިހަމަޔަށް ތައްޔާރު ވެފައިވާކަން ޔަގީން ކުރުމެވެ.
މިފަދަ އިންސްޕެކްޝަން ތަކަކީ މިއަހަރުގެ ހައްޖު ސީޒަން އަށް ތައްޔާރު ވުމަށް ކުރާ ކަންތައްތަކުގެ ތެރޭގައި ހިމަނައިގެން ކުރި ކަމަކަށް ވާއިރު މައިގަނޑު އެއްބޭނުމަކީ ހައްޖުވެރިންނަށް ބޭނުންވާ އެސެންޝަލް ތަކެތި ފުދޭވަރަށް ލިބެން ހުރިތޯ ބެލުމާއި މެދުނުކެނޑި ސަޕްލައި ލިބެމުންދާނެކަން ޔަގީން ކުރުމެވެ.
މި ކެޕްޕެއިންގެ ދަށުން އިންސްޕެކްޓަރުން ޒިޔާރަތްކުރި ތަންތަނުގެ ތެރޭގައި ސެންޓްރަލް އަދި ޕަބްލިކް މާކެޓް ތަކާއި ރަންފިހާރަ ތައް ހިމެނެއެވެ. މީގެ އިތުރުން ކެއުންތައް ފޯރުކޮށްދޭ ތަންތަންވެސް ގޮސް އެތަންތަނުގެ ފެންވަރުބަލާ، ހުރިހާ ފަރާތްތަކުންވެސް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަމުންދޭތޯ ބެލުން މިއިންސްޕެކްޓް ތަކުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ވިއްކަން ހުންނަ ތަކެތީގެ އަގު ކަނޑައެޅުމުގަޔާއި ޑިސްކައުންޓް ދީ ހެދުމުގައިވެސް ގަވާއިދުތަކަށް ތަބާވޭތޯ ބަލާފައިވެއެވެ.
އަދި ހައްޖެވެރިންނަށް ފެންވަރު ރަގަޅު ޚިދުމަތްތަކެއް ލިބޭނެކަން ޔަގީން ކުރުމަށްޓަކައި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް މިފަދަ އިންސްޕެކްޝަން ތައް ހަދަމުން ގެންދާނެކަން ސައޫދީ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް