ކުޅުދުއްފުށީ އެއާޕޯޓާ ދިމާއިން ތޮށިގަނޑަށް ލޯންޗެއް އުރިއްޖެ

Loading

May 21, 2026
profile
Facebook
Twitter
WhatsApp

ކުޅުދުއްފުށީ އެއާޕޯޓާ ދިމާއިން ތޮށިގަނޑަށް ލޯންޗެއް އުރިއްޖެއެވެ.

މިއަދު ހަވީރު 4.45ހާއިރު ހިނގި މި ހާދިސާގައި ތޮށިގަނޑަށް އުރިފައިވަނީ ހދ. ނޮޅިވަރަމު، ”ތަރާނާ“ ނަމަކަށް ކިޔާ ލޯންޗެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗު އުރުނީ ކުޅުދުއްފުށިން ފުރައިގެން ނޮޅިވަރަމަށް ދަނިކޮށް އިންޖީނު ހުއްޓިގެންނެވެ.

މި ހާދިސާގައި ލޯންޗަށް އެކި ވަރުގެ ގެއްލުން ލިބިފައި ވީނަމަވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި ސަރަހައްދަކީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރު ވަރަށް ގަދަ ސަރަހައްދެކެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވާއިރު، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް