ތައިލަންޑަށް ވިސާނެތި އެތެރެ ވެވޭ ގައުމުތަކުގެ އަދަދުން 90 އަށް ވުރެ ގިނަ ގައުމު އުނިކޮށްފި

Loading

Facebook
Twitter
WhatsApp

ވިސާނެތި ތައިލަންޑަށް އެތެރެ ވެވޭ ގައުމުތަކުގެ އަދަދުން 90 އަށް ވުރެ ގިނަ ގައުމު އުނިކޮށްފި އެވެ. މި ބަދަލާއި އެކު ތިރީސް ދުވަހަށް ވުރެ ގިނަ ދުވަހު ތައިލަންޑްގައި މަޑުކުރަން ބޭނުންވާ މީހުން ނިސްބަތްވާ ގައުމުތައް ވަނީ ވަރަށް ބޮޑަށް މަދު ކޮށްފައެވެ.
ކުރިން އޮތްގޮތުން 93 ގައުމަކަށް ނިސްބަތްވާ ރައްޔިތުންނަށް، 60 ދުވަހުގެ ފްރީ ވިސާ އައީ ދެމުންނެވެ.މިއީ ކޮވިޑް ޕެންޑަމިކަށްފަހު އެގައުމުގެ އިގްތިސާދަށް ލިބުނު ހީނަރުކަން ފޫބެއްދުމަށްޓަކައި 2024ވަނައަހަރުގެ ޖުލައިމަހު އެޅި ފިޔަވަޅެކެވެ.

ނަމަވެސް އަންގާރަ ދުވަހު އިއުލާން ކޮށްފައިވާ ގޮތުން މި އުސޫލްވަނީ މިހާރު ބާތިލުކޮށްފައެވެ.
މިހާރު އޮތް ގޮތުން ވިސާދެވޭ މުއްދަތު ކަނޑައެޅޭނީ ކަންޓްރީ-ޓު-ކަންޓްރީ ބޭސިސްގައިކަމަށް ބުނެފައިވެއެވެ. އަދި މިގޮތަށް ވިސާ ގަވާއިދަށް ބަދަލު ގެންނަން ޖެހުނީ ސެކިއުރިޓީ ސަބަބު ތަކަށްތަކާ ކަމަށް ވަނީ ބުނެފައެވެ.
ތައިލަންޑަށް އެތެރެވި ބޭރުގެ ބައެއް ބޮޑެތި ފަރާތްތަކަކުން ޑްރަގް އެތެރެ ކުރުމާއި ސެކްކްސް ޓްރެފިފިކިންގ ގެ ބޮޑެތި މައްސަލަ ތަކެއްގައި ދާދި ފަހުން ވަނީ ހައްޔަރު ކޮށްފައެވެ.
ބޮޑެތި ޖަރީމާތައް ހިންގައިގެން ތައިލަންޑުން ހައްޔަރުކުރި ބައެއް ފަރާތްތަކުގެތެރޭގައި ޑްރަގް ސްމަގްލް ކޮށްގެން ހައްޔަރުކުރި އިގިރޭސި ރައްޔިތުން ތަކެއް ހިމެނެއެވެ.
ތައިލަންޑްގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލް ވިދާޅުވެފައިވާ ގޮތުގައި ތައިލަންޑްގެ ވިސާގަވާއިދު އޮތީ ވަރަށް ބޮޑަށް އިސްލާހު ކުރަން ޖެހިފައެވެ.އަދި މިއަދުގެ އިގްތިސާދީ ހާލަތަށާ އަދި ނެޝަނަލް ސެކިއުރިޓީ އަށް ފަހިވާގޮތަށް ބަދަލުތައް ގެންނަން ޖެހިފައިވާކަމަށް ވިދާޅުވެފައި ވެއެވެ.
ކުރިން 60 ދުވަހުގެ ފްރީ ވިސާލިބޭ ގައުމުތަކުގެތެރޭގައި އޮސްޓްރޭލިޔާ، ޗައިނާ ފްރާންސް، ޖާމަނީ، އިންޑިޔާ، ސްޕެއިން،އިގިރޭސި ވިލާތް އަދި އެމެރިކާ ހިމެނެއެވެ.މިގައުމު ތަކުގެ ރައްޔިތުންވެސް 30 ދުވަހަށް ވުރެ ގިނަ ދުވަހަށް ތިބެން އެދޭނަމަ ޖެހޭނީ ކުރިޔަށް ވިސާއަށް އެދޭށެވެ.
ތައިލަންޑްގެ އައު ވިސާގަވާއިދު،އެގައުމުގެ ރޯޔަލް ގެޒެޓްގައި ޝާއިއު ކުރާތާ 15 ދުވަހުގެ ފަހުން ތަންފީޒު ކުރަން ފަށާނެއެވެ.
ތައިލަންޑަކީ އޭޝިޔާގެ ގައުމު ތަކުގެތެރެއިން އެންމެ ގިނައިން ޓުއަރިސްޓުން ދަތުރު ކުރާ އެއްގައުމެވެ. 2019 ވަނަ އަހަރު އެގައުމަށް 40 މިލިއަން ޓުއަރިސްޓުން އެތެރެވެފައި ވެއެވެ. ކޮވިޑް 19 އަށް ފަހު މިއަދަދު ވަރަށް ބޮޑަށް ދަށަށް ދިޔަނަމަވެސް ފާއިތުވި ދެއަހަރުގެތެރޭގައި އަދަދުތައް މައްޗަށް ގޮސްފައިވާ ކަމަށާ މިއަހަރުގެ މިހާތަނަށްވެސް 12 މިލިއަނެއްހާ ޓުއަރިސްޓުން އެތެރެވެފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް