އެމެރިކާގެ ކަނޑު ސިފައިންގެ ބާރުތަކުގައި ބާދަގަނޑު ގިނަވެ އުފެދެމުންދާ ހުސްތަން އަލުން ފުރޭނެގޮތެއް ހޯދުމާ ދޭތެރޭ ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި މުސްކުޅިކުރަން ޖެހިފައިވާ އޯހައިއޯ ކްލާސްގެ ހަތަރު ގައިޑެޑް މިސައިލްއާއި ބާރަވަރަކަށް ޓިކޮންޑެރޯގާ ކްލާސްގެ ކްރޫޒަރ ސަބްމެރިން މުސްކުޅިކުރަންޖހޭ އުމުރަށް އައުން އިތުރު ބޮލުރިހުމަކަށް ވެއްޖެއެވެ.
އެ ސަބްމެރިންތައް އެއްފަރާތްކުރުމުގެ ސަބަބުން އެމެރިކާ ނޭވީންގެ 2080 ވަރޓިކަލް ލޯންޗް ސިސްޓަމް އެއްފަހަރާ މަދުވެގެންދާނެއެވެ. މި ގެއްލުމަކީ ފިނި ހަނގުރާމައިގެފަހުން އެމެރިކާ ނޭވީންގެ ބާރު އެންމެބޮޑަށް ދަށަށް ދިއުން ކަމުގައި ފާހަގަ ކޮށްފައިވެއެވެ. އެ ސަބްމެރިން ތަކުގައި 616 ޓޮމާހައުކް މިސައިލް ފަޔަރ ކުރުމުގެ ގާބިލުކަން ލިބިފައިވާކަން އެނގިފައި ވެއެވެ. އަދި ކޮންމެ އޯހައިއޯ ކްލާސް ސަބްމެރިންއެއްގައި 154 ކުރޫޒް މިސައިލް ރައްކާ ކުރެވޭނެއެވެ. ޓިކޮންޑެރޯގާ ކްލާސްގެ ކްރޫޒަރ ސަބްމެރިން 1464 މިސައިލް ރައްކާކުރެވޭނެ އެވެ. ބާދަނގަޑަށް އެހެލަން ޖެހިފައިވާ މި ސަބްމެރިންތަކުގައި ރައްކާކުރެވޭ މިސައިލްޓިއުބު ތަކުގެ ޖުމުލަ މުޅި ނޭޓޯގެ ޖުމުލަ އަދަދަށްވުރެން އަދަދަށް ވުރެން ގިނަވާނެއެވެ. މިއީ ހަމަމިހާރު ހައްލުކުރަން ޖެހިފައިވާ އެކަމަކު އެކަމަށް މަގެއް ހޯދުން އުދަނގޫވެފައިވާ މައްސަލައެކެވެ. އެނަލިސްޓުން ފާހަގަކޮށްފައިވާގޮތުގައި މިކަންތައް ފާހަގަކުރެވިފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ބާދަނޑަށް އެހެލަންޖެހޭ ސަބްމެރިންތަކުގެ ބަދަލުގައި އެހެން ސަބްމެރިން ބަނުމަށް ކުރަހާފައިވާ ރޭވުން އެކަމަށް ހޭދަވެގެންދާނެ ވަގުތާއި ބަޖެޓަށް ބަލާއިރު ދެކޮޅުޖެހޭ ކަމަށް ނުވެއެވެ. ބާދަނގަޑަށް އެހެލަން ޖެހޭ އޯހައިއޯ ކްލާސް ސަބްމެރިންގެ އުމުރުން 30 އަހަރު ފާއިތުވެގޮސް 40 އަހަރަށްވުރެންވެސް މައްޗަށް ދިޔައީއެވެ. ބާދަނގަޑަށް އެހެލަން ޖެހިފައިވާ ކޮލަމްބިއާ ކްލާސްގެ 12 ސަބްމެރިންގެ ބަދަލުގައި އެހެން އުޅަނދުތައް ބަނުމަށް ކުރަހާފައިވާ ރޭވުން ލަސްވެ އެކަމަށްކުރަންޖެހޭ ހޭދަ 130 ބިލިއަން ޑޮލަރ ބަޖެޓުން އުފުލޭވަރު ނުވާކަމަށް 19-ފޯރޓީފައިވް އިން ރިޕޯރޓްކޮށްފައި ވެއެވެ. މިހާރު މެދުވެރިވެރިފައިވާ އެންމެ ބޮޑު މައްސަލައަކީ އޯހައިއޯ ކްލާސްގެ، ޔޫ އެސް އެސް އޯހައިއޯ އާއި ޔޫ އެސް އެސް މިޝިގަން އާއި ޔޫ އެސް އެސް ފްލޮރިޑާ އަދި ޔޫ އެސް އެސް ޖޯރޖިއާއެވެ. ކަނޑުމަގުން އެއިން އުޅަނދަކާ ކައިރިވެސް ނުވެވޭނެ ކަން ކަށަވަރު ކުރުމުގެ ބޭނުމުގައި އެއިން ކޮންމެ އުޅަނދެއްގައި ޓޮމާހައުކް މަރުކާގެ 154 ކުރޫޒް މިސައިލް ވަރޓިކަލް ލޯންޗް ސިސްޓަމަށް މިދިޔަ 2000 ވަނައަހަރު ވަނީ ބަދަލުކޮށްފައެވެ. ގަލްފުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާ ޝިޕްޔާރޑްގެ ކެޕޭސިޓީ މިހާރުވަނީ %30 އަށް ދަށްވެފައެވެ. މިވަގުތު އެ ޝިޕްޔާރޑުން ގެންދަނީ ނިއުކްލިއަރ ބެލިސްޓިކް މިސައިލް ސަބްމެރިން ބަންނަމުންނެވެ. ކޮލަމްބިއާ ކްލާސް ފަރުމާކޮށްފައިވަނީ ޓްރައިޑެންޓް ބެލިސްޓިކް މިސައިލް ބަނުމަށެވެ. ޓޯމާހައުކް މިސައިލް ބޭނުންކުރާ ސަބްމެރިން ބަނުމަކަށް ނޫނެވެ. ކޮލަމްބިއާ ޝިޕްޔާރޑުގެ އުފެއްދުން 2030 ގައި ނޭވީންގެ ޚިދުމަތަށް ނެރެވެންޖެހޭނެއެވެ. އެކަމަކު މަސައްކަތުމީހުން ނުލިބުމުގެ މައްސަލަތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
![]()
