ހައްޖުގެ ކަންކަމަށް ތައްޔާރުވުމަށް މަގުހެދުމާއި އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގައިފި

Loading

Facebook
Twitter
WhatsApp

މި އަހަރުގެ ހައްޖުގެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ސައޫދީއަރަބިއްޔާގެ މައްކާ އަދި އެހެންވެސް މުހިންމު ތަންތަނުގައި މަގުހެދުމާއި އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގައިފި އެވެ.

ސައޫދީ މިނިސްޓްރީ އޮފް މުނިސިޕަލިޓީޒް އެންޑް ހައުސިންގ ގެ ފަރާތުން ހިންގި މަޝްރޫއު ތަކުގައި 11 މިލިއަން މީޓަރުގެ މަގުހެދުމަށް ހަމަޖެހިފައިއޮތް ކަމަށް އެފަރާތުން ބުނެފައި ވެއެވެ.
މީހުން އެންމެ ބައިބޯވާ ސަރަހައްދުތަކަށް އަމާޒު ކޮށްގެން މަގުހެދުމާއި މަގުތަކުގެ ފެންވަރު ރަގަޅު ކުރުމަށް ޚާއްސަ ޕްރޮގްރާމެއް މިއަހަރު ހިންގާފައި މިވަނީ ޓްރްފިކް ފްލޯ ރަގަޅުކޮށް، އެއްތަނުން އަނެއް ތަނަށް ދިއުން ފަސޭހަ ކޮށް ދިނުމުގެ ގޮތުންނެވެ.
މި ޕްރޮގްރާމްގެ ދަށުން 11މިލިއަނެއްހާ މަގު ހެދުމުގެ އިތުރުން 74މިލިއަން އަކަމީޓަރުގެ މަގުގެ ސާފަސް އެއްވަރުކޮށްފައިވާކަމަށްވެއެވެ.މިގޮތުން 1.2 މިލިއަން އަކަމީޓަރުގެ ސަރަހައްދަށް އެޝްފޯލްޓް އަޅާ މަގުތައް ވަރުގަދަ ކޮށްފައި ވެއެވެ.
މުނިސިޕަލިޓީސް އެންޑް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި މަގުތައް ފުރިހަމަ ކުރުމުގެ އިތުރުން 123 ބްރިޖް އަދި 44 ޓަނެލްގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.އަދި މަގުމަތީގެ ރައްކާތެރިކަން ޔަގީން ކުރުމަށާއި ފަސޭހައިން ދަތުރު ކުރެވޭނެ ގޮތް ހެދުމަށްޓަކައި މިރޫޓްތަކުގައި ހިމެނޭ އުމްރާނީ ބިނާތައްވެސް ވަނީ ފުރިހަމަ ކޮށްފައެވެ.
މި މަސައްކަތް ތަކަކީ މުނިސިޕަލް އިންފްރާސްޓްރަކްޗާ ގެ ކަންކަން ރަގަޅު ކުރުމަށް ހިންގި އޮޕަރޭޝަނަލް ސިސްޓަމް އެއްގެ ދަށުން ހިންގި މަސައްކަތް ތަކެކެވެ.މައިގަޑު އަމާޒަކީ ހައްޖުގެ ކަންކަން ކުރިޔަށް ގެންދިއުމުގައި ތޮއް ނުޖެހި ފަސޭހަކަމާއި އެކު އެކަންކަން ފުރިހަމަ ކުރުމަށް މަގުފަހިކޮށް ދިނުން ކަމަށް ސައޫދީ މުނިސިޕަލިޓީސް އެންޑް ހައުސިންގ މިނިސްޓްރީން ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް