ބެންގކޮކްގައި މުދާއުފުލާ ރޭލަކާއި ޕަބްލިކް ބަހެއް ޖެހި ހިނގި އެކްސީޑެންޓްގައި މަދުވެގެން 8 މީހުން މަރުވެ އިތުރު ގިނަބަޔަކަށް އަނިޔާތައް ލިބިއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ހޮނިހިރު ދުވަހުގެ މެންދުރުފަހު ހިނގި އެކްސީޑެންޓްގައި ރޭލާއި ބަސް ޖެހުމާއެކު އަލިފާން ރޯވެ ބަސްވަނީ ވަރަށް ބޮޑަށް އަނދާފައެވެ.މީގެ އިތުރުން ހާދިސާ ހިނގި ތަނާ ކައިރީގައިވާ އެހެން ބައެއް ވެހިކަލް ތަކަށްވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަމަށް ވެއެވެ.
ބަހުގައި ރޯވުމާއި އެކު ރެސްކިއު ޓީމް ތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު ފަޔާފައިޓަރުން ވަނީ އަލިފާން ކޮންޓްރޯލް ކޮށް ނިއްވާލާފައެވެ.
އެކްސީޑެންޓް ހިނގާފައިވަނީ ބެންގކޮކްގެ ސިޓީ ސެންޓަރުގައިވާ ރޭލު ސްޓޭޝަން އެއްގައެވެ. ބެންކޮކްގެ ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވި ގޮތުގައި އެކްސީޑެންޓް ހިނގަން ދިމާވީ ޓްރެފިކް ބައިބޯވެފައިވުމުގެ ސަބަބުން ބަސް، ރޭލުވޭ ޓްރެކް މަތީގައި މަޑުކޮށްލަން ޖެހުމުގެ ސަބަބަންނެވެ.އެވަގުތު ޓްރެފިކް މާބާރުބޮޑުވުމުގެ ސަބަބުން މަގު ބަންދު ކުރުމަށް ބޭނުން ކުރާ ހުރަސްތައް ބޭނުން ނުކުރެވުމުގެ ސަބަބުން ކޮންޓެއިނަރ ތަކެއް އަރުވައިގެން ބަރުކޮށް ދަތުރުކުރި ރޭލަށް މަޑުނުކުރެވުނީ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މިމައްސަލަ އިތުރުށް ތަހްގީގް ކުރަމުންދާ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.
![]()
