މެޑިކަލް ސްކޫލް އަށް ވަނުމަށް ހެދި އިމްތިހާނު ބާތިލް ކުރުމުން އިހުތިޖާޖްތައް ފަށައިފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގައި މެޑިކަލް ސްކޫލް ތަކަށް ވަނުމަށް އެންމެ ފަހުން ހެދި އިމްތިހާނު، ޕޭޕަރު ލީކްވެފައިވާކަމަށްބުނެ، އިމްތިހާން ބާތިލް ކުރުމާއި ގުޅިގެން ވެރިރަށް ޑެލްހީގައި ގިނަ އަދަދެއްގެ ސްޓޫޑަންޓުން ނިކުމެ އިހުތިޖާޖްތައް ފަށައިފިއެވެ.

މޭ މަހުގެ 3ވަނަ ދުވަހު ބޭއްވި އިމްތިހާން، ފަސްހާހަށް ވުރެގިނަ މަރުކަޒުގައި ބާއްވާފައިވާއިރު 2.28މިލިއަން ކެންޑިޑޭޓުން އިމްތިހާން ހަދާފައިވާކަމަށް ޚަބަރުލިބެއެވެ. ނަމަވެސް އިމްތިހާން ބޭއްވިތާ ދެތިން ދުވަސް ފަހުން،ޕޭޕަރު ލީކްވެފައިވާކަމުގެ އަޑުތައް ފެތުރެން ފެށުމާއި ގުޅިގެން ސްޓޫޑެންޓުންނާއި ބެލެނިވެރިންގެ ނުރުހުމުގެ އަޑުތައްވަނީ ގަދަވާން ފަށާފައެވެ. އިހްތިޖާޖްތަކާއި ގުޅިގެން،އިމްތިހާން ކުރިޔަށް ގެންދިއުމާއި ހަވާލުވެފައިވާ ނެޝަނަލް ޓެސްޓިންގ އޭޖެންސީ(އެންޓީއޭ) އިން އަންގާރަ ދުވަހު ބުނެފައިވަނީ އެފަރާތުން ބެލި ބެލުންތަކާއި، މިހާރުވެސް ކުރިޔަށްދާ ތަހްގީގްތަކަށް ރިއާޔަތްކޮށް، އިމްތިހާނު ބާއްވަމުން އައި ގޮތަށް ދެން އެއިމްތިހާން ނުބާއްވަން ވަނީ ނިންމާފައެވެ. މެޑިކަލް ސްކޫލްތަކަށް ވަނުމަށް ހަދާ އިމްތިހާން އަލުން ބާއްވާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.އެހެން ކަމުން އެޑްމިޝަން ޕްރޯސެސް ގައި ބައިވެރިނުވެވިދާނެތީ ސްޓޫޑެންޓުންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިންޑިޔާގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ތަހްގީގްތަކަށް ހާމަވެފައިވާ ގޮތުގައި މެޑިކަލް ސްކޫލް އަށް ވަންނަން ހަދާ އިމްތިހާނުގެ ޕޭޕަރު ލީކްވެފައިވަނީ އިމްތިހާނަށް މަދުދުވަސްކޮޅަކަށް ވެފައި ވަނިކޮށް ރާޖަސްތާން ސްޓޭޓުންނެވެ. ރާޖަސްތާންގެ ސީނިއަރ ޕޮލިސް އޮފިޝަލަކު ބުނި ގޮތުގައި ލީކްވިކަމަށް ޝައްކު ކުރެވެނީ އަޅުގަނޑުމެން ކިޔާ ”މަލްޓިޕަލް ޗޮއިސް“ ޕޭޕަރެކެވެ. ޕާސްޓް ޕޭޕަރުތަކުން ސުވާލުތައް ނަގައިގެން އެކުލަވާލި މިޕޭޕަރުގައި މިއަހަރު، ތިންބައެއްގައި 410 ސުވާލު ހިމަނާފައިވެއެވެ.މިމައްސަލަ ތަހްގީގް ކުރުމަށް މިހާރު ސެންޓްރަލް ބިއުރޯއޮފް އިންވެސްޓިގޭޝަން (ސީބީއައި) އާއި ހަވާލުކޮށްފައިވާކަމަށް ޚަބަރުލިބެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް