ނުރައްކާތެރި ބައްޔެއް ކަމަށްވާ ހަންޓާ ވައިރަސް ފެތުރެން ފެށި ކްރޫޒް ޝިޕް ގައިތިބި އެންމެ ފަހު ފަސިންޖަރުން ނާއި ގިނަ ކްރޫ މެމްބަރުން ބޯޓުން ބާލާފައިވާއިރު، ބައްޔަށް އިތުރު ތިން މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ޚަބަރުލިބެއެވެ.
ކްރޫޒް ޝިޕް އެމްވީ ހޮންޑިއަސް މީހުން ހުސްކުރުމަށްފަހު ހޯމަ ދުވަހު ވަނީ ސްޕެއިންގެ ޓެނެރީފް ޖަޒީރާއިން ނެދަލަންޑްސް އަށް ދިއުމަށް ފުރާފައެވެ. ޓެނެރީފް ގެ ޕޯޓަކަށް ވަނީ، އޮސްޓްރޭލިޔާގެ 4 މީހުންނާއި އިގިރޭސި ރައްޔިތަކާއި ނިއުޒިލަންޑްގެ ރައްޔިތެއް ގެ އިތުރުން ފަޅުވެރިންގެ 19 މީހުންނާއި 2 ޑޮކްޓަރުން ހިމެނޭ ގޮތުން މީހުން ބާލާފައެވެ.މިއެންމެންވެސް ވަނީ ބައްޔަށް ސްކްރީން ކޮށްފައެވެ.
ބޯޓުގައި ތިބި މީހުންނަށް ޖެހެން ފެށީ ހަންޓާ ވައިރަސްކަން ފުރަތަމަ ކަށަވަރުވެފައިވަނީ ބަލިވެގެން ދެކުނު އެފްރިކާއަށް ފޭބި އިގިރޭސި ރައްޔިތެއްގެ ޓެސްޓްތައް ހެދުމުންނެވެ.އޭގެ ތިން ހަފްތާކުރިން ބޯޓުން ވަނީ މީހަކު މަރުވެފައެވެ. ހަންޓާވައިރަސް ޖެހިގެން ބޯޓުން ވަނީ ތިން މީހުން މަރުވެފައެވެ.
ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން، މަރުވި ތިންމީހުންގެ އިތުރުން ހަތްމީހުން މިހާތަނަށް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.މީގެ ތެރޭގައި އެމެރިކާ ފްރާންސް އަދި ސްޕްއިއިންގެ ރައްޔިތުން ހިމެނެއެވެ. ބައްޔަށް ޕޮޒިވް ވާ މީހުން ނިސްބަތްވާ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ގެންދަނީ މިމީހުން ބައްދަލްވި މީހުންވެސް ހޯދާ ސްކްރީން ކުރަމުންނެވެ. ސްޕްއިންގެ އެއް ފަސިންޖަރަކު އެކަނި 22 މީހުންނާ ކޮންޓެކްޓް ވެފައިވާ ކަމަށް ވެއެވެ. ޕޮޒިޓިވް ވި އިގިރޭސި ދެރައްޔިތުންނަށް ފަރުވާ ދެމުން ދަނީ ދެކުނު އެފްރިކާ އަދި ނެދަލަންޑްސްގައެވެ.
ހަންޓާވައިރަސް އަކީ އާންމު ގޮތެއްގައި މީދަލުގެ ފުށުން ފެތުރޭ ވައިރަސް އެކެވެ.ނަމަވެސް ޑަބްލިއު އެޗްއޯ އިން ބުނާ ގޮތުގައި ބޯޓުން ފެނިފައިވަނީ ވައިރަހުގެ ތަފާތު، އަދި އިންސާނުން ގައިން އިންސާނުން ގަޔަށް އަރާ ސްޓްރެއިން އެކެވެ.
އެމްވީ ހޮޑިއަސް ކިޔާ ކްރޫޒް ޝިޕުން ހަންޓާވައިރަސް ފެނުނު ފަހު މިހާތަނަށް 90 ފަސިންޖަރުން ބާލާ ނިންމާފައިވާކަމަށް ބޯޓް އޮޕަރޭޓް ކުރާފަރާތުން ބުނެފައި ވެއެވެ.ނަމަވެސް
ބޯޓުން ފައިބާ އެންމެންވެސް މަދުވެގެން 42 ދުވަހު އެކަހެރިވެ ތިބުމަށް ޑަބްލިއު އެޗްއޯ އިން އަންގާފައި ވެއެވެ.މިއީ ކޯވިޑް ގޮތަށް ފެތުރޭ ބައްޔެއް ނޫންނަމަވެސް ބަލިފެތުރުން ކުޑަކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމުގައި އެކްޓިންގ ހެޑް އޮފް ޔޫއެސް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް ޑރ ބަޓަޗާރިޔާ ވިދާޅުވެފައިވެއެވެ.
އެމްވީ ހޮންޑިއަސް ބޯޓުން ފުރަތަމަ މަރުވެފައިވަނީ އުމުރުން ދުވަސްވި، ނެދަލަންޑް ގެރައްޔިތެކެވެ.އޭނާ މަރުވެފައިވަނީ އެޕްރިލް 11 ވަނަ ދުވަހުއެވެ.މިމީހާގެ ކިބައިން ބަލީގެ އަލާމަތްތައް ފެނުނު ނަމަވެސް އޭނާ މަރުވި އިރު ޓެސްޓް ކުރެވިފައި ނުވާކަމަށް ވެއެވެ.މަރުވި މީހާގެ އަންހެނުން އެޕްރިލް 24 ގައި ބޯޓުން ފައިބާފައިވާއިރު އޭނާވެސް ވަނީ އޭގެ ދެދުވަސް ފަހުން ދެކުނު އެފްރިކާގެ ޖޮހަނަސްބަރގް ގައި މަރުވެފައެވެ.
މޭ ދެވަނަ ދުވަހު ބޯޓުން އަނެއްކާވެސް ޖަރުމަނުގެ އަންހެނަކު މަރުވެފައި ވެއެވެ.މިދެއަންހެނުންނަށްވެސް ޖެހުނީ ހަންޓާ ވައިރަސްކަން ވަނީ ޔަގީން ވެފައެވެ.
އެޕްރިލް 1ވަނަ ދުވަހު އާޖެންޓީނާއިން ދަތުރު ފެށި ބޯޓުގައި 147 ފަސިންޖަރުން ނާއި ކްރޫ ދަތުރު ކުރިއެވެ.ބޯޓުގެ ދަތުރު ގައި 23 ގައުމެއްގައި ބަނދަރު ކުރާ ގޮތަށް އޮތްނަމަވެސް ހަންޓާ ވައިރަސްގެ ސަބަބަން ދަތުރު ވަނީ ކުރުކޮށްލަން ޖެހިފައެވެ.
![]()
