ރަސްދޫ މާރާމާރީ: ޒަޚަމްވި މީހާގެ މަންމަ ނިޔާވެއްޖެ

Loading

May 12, 2026
profile
Facebook
Twitter
WhatsApp

އއ. ރަސްދޫގައި މިދިޔަ ހުކުރު ދުވަހު ހިނގި މާރާމާރީގައި ޒަޚަމްވި މީހާގެ މަންމަ ހޭނެތިފައި އޮތުމަށްފަހު މިއަދު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައިވަނީ ރަށުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.

އެރަށުން ވާހަކަދެއްކި މީހަކު މަޢުލޫމާތު ދިންގޮތުގައި، ޒަޚަމްވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ މަންމަ ހުރީ ބަލި މީހަކަށް ގޮވާލަން ގޮސް ހޮސްޕިޓަލުގައެވެ. އޭނާ ހޭނެތިގެން ވެއްޓުނީ ދަރިފުޅަށް ހަމަލަދިން ބަޔަކު ހޯދުމަށް ނުކުތް އިރު، އެމީހުން ވަޅި ހިފައިގެން ތިއްބާ ފެނި ލިބުނު ޝޮކެއްގެ ސަބަބުންނެވެ.

މިދިޔަ ހުކުރު ދުވަހު ހިންގި މި މާރާމާރީގައި އޭނާއަށް ހަމަލަދީފައިވަނީ ޗައިނާ ބައެކެވެ. އެއީ އެރަށުގައި ގެސްޓުހައުސް ހިންގާ ބައެއް ކަމަށާއި، މާރާމާރީ ހިނގާފައިވަނީ ޒަޚަމްވި މީހާއަށް ދޭންޖެހޭ ފައިސާއެއް ނުދީގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

ޒަޚަމްވި މީހާއަކީ އެ ގެސްޓުހައުސްގެ ޑިންގީ ދުއްވާ ކެޕްޓަނެވެ. އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް