އެއާޕޯޓު ބަސް ހުއްޓާ ސަރަހައްދު ވަގުތީގޮތުން ބަދަލުކޮށްފި

Loading

May 7, 2026
profile
Facebook
Twitter
WhatsApp

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ބަސް ހުއްޓާ ސަރަހައްދު ވަގުތީގޮތުން ބަދަލުކޮށްފިއެވެ.


އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު ބަސް މަޑުކުރާނީ، އެއާޕޯޓުގެ ހުޅަނގު ޕާކިންގ ޒޯން ސަރަހައްދަށެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7ން 13ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، މިއީ އެއާޕޯޓުގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ ގެންނަ ބަދަލެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ބަސް ހުއްޓާ ސަރަހައްދު ބަދަލުވިނަމަވެސް، ބަސް ދަތުރުކުރާ ވަގުތަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށާއި، މިކަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އެމްޓީސީސީގެ ހޮޓްލައިން 1650ށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް