ހައްޖު މޫސުމުގެ ކުރިން މައުންޓް އަރަފާތު ވަށައިގެންވާ ސަރަހައްދުތައް ނުވަތަ އަރަފާތު ބިން ހިޔާކޮށް ފިނި ކުރުމުގެ ޚާއްސަ ޕްރޮޖެކްޓެއްގެ ދެވަނަ ފޭސްގެ މަސައްކަތް ނިންމާލާފައިވާކަމަށް ޚަބަރު ލިބެއެވެ.
މި ޕްރޮޖެކްޓާއި އެކު،މިދިޔަ އަހަރު ފިނި ސަރަހައްދު އޮތް ވަރަށް ވުރެ ފަސް ގުނަ އިތުރު ވެފައިވާ ކަމަށް ވެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން 272،000އަކަ މީޓަރުގެ ސަރަހައްދަކަށް ވަނީ ފިނި ވައި ލިބޭގޮތް ހަދާފައެވެ. މިއަހަރު ހިންގި ދެވަނަ ފޭސް ގެ ދަށުން 18 ތަނެއްގައި ކެނޮޕީ ކިޔާ ވައްތަރުގެ ފުރާޅު ތަކެއްލާފައި ވެއެވެ.އަދި މިއިން ކޮންމެ ފުރާޅެއްގައި ފިނިވައި ދޫކުރާ 36 ފަންކާ ހަރުކޮށްފައި ވެއެވެ. މީގެ އިތުރުން އެޑްވާންސްޑް ކޫލިންގ ޔުނިޓްގެ ހަތް ޔުނިޓް ގެ އިތުން ފިނިވައި ދޫކުރާ 107 ކޮލަމް-ފަންކާ އެކި ތަންތަނުގައި ހަރުކޮށްފައި ވެއެވެ.
އަރަފާތު ބިން ފިނި ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމާލާފައިވަނީ 2025 ވަނަ އަހަރުއެވެ.އޭރު ހަރު ކޮށްފައިވަނީ ފިނިވައިދޫކުރާ ހަ ފަންކާ އެކުލެވޭ ތިން ކެނޮޕީ އާއި 165 ފޭން-ކޮލަމް އެވެ.މި ޕްރޮޖެކްޓް ތަކުގެ އަމާޒަކީ ހައްޖުވެރިންނަށް ފަސޭހަ ކަމާއެކު ހައްޖުގެ ފަރްޟު ތައް އަދާކުރުމުގެ މަގުފަހިކޮށް ދިނުމެވެ.
މިމަސައްކަތްތަކަކީ ސައޫދީ ސަރުކާރުން ހިންގަމުން ގެންދާ ވިޝަން 2030ގެ ދަށުން ކުރަމުން ގެންދާ މަސައްކަތް ތަކެކެވެ.
![]()
