ފިއުލް ލިބުން ދަތިވުމާއި އެހެންވެސް ބައެއް އޮޕަރޭޝަނަލް ދަތިތަކާއި ގުޅިގެން ޖުލައިމަހާއި ހަމަޔަށް އެއާ އިންޑިޔާގެ އިންޓަރނޭޝަނަލް ފްލައިޓްތައް ކެންސަލް ކޮށްފިއެވެ.
ފިއުލްގެ އަގުބޮޑު ވަމުން ދިއުމުގެ އިތުރުން އެއާއިންޑިޔާ ގެ ބޯޓްތަކަށް ވަނީ ކުރީގެ އަގުގައި އެއާސްޕޭސް ލިބުން ދަތިވެފަ ކަމަށް ވެއެވެ.އެހެން ކަމުން ގިނަ އަދަދެއްގެ އިންޓަނޭޝަނަލް ރޫޓްތައް ވަނީ އަތްފޯރާ ވަރަށް ވުރެ އަގުބޮޑުވެފައި ކަމަށް ވެއެވެ.އެހެން ކަމުން ޖުލައި މަހުގެ ނިޔަލަށް އެއާ އިންޑިޔާއިން ވަނީ އިންޓަރނޭޝަނަލް ފްލައިޓްތައް މެދު ކަނޑާލާފައެވެ.
މީގެ އިތުރުން އެޕްރިލްމަހާ މޭ މަހަށްވެސް ބައެއް ޚިދުމަތްތައް މެދުކަނޑާލިކަމަށް ވަނީ އިއުލާން ކޮށްފައެވެ.އޭއާލައިންގެ ސީއީއޯ ކޭމްޕްބެލް ވިލްސަން ބުނެފައިވާ ގޮތުގައި މިއަދުގެ ހާލަތު ވަރަށްވެސް ގޯހެވެ.އެހެން ކަމުން އިތުރު ޝެޑިއުލް ދަތުރު ތަކެއްވެސް މެދުކަނޑާލުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެފައި ވެއެވެ.
އިންޑިޔާގެ އިތުރުން ދުނިޔޭގެ ދިހަވަރަކަށް އެއާލައިނުން ވަނީ ފްލައިޓް ތައް ކެންސަލް ކުރާކަން އިއުލާން ކޮށްފައެވެ.
އިންޓަރނޭޝަނަލް އެނާޖީ އޭޖެންސީގެ ޗީފް ކަންބޮޑުވުން ފާޅުކޮށް ހާމަ ކޮށްފައިވާ ގޮތުގައި މެދުއިރުމަތީގެ ގައުމުތަކުގައި މިވަގުތު ފިއުލް ހުރީ ހަ ހަފްތާއެއްހާ ދުވަހަށް ވާވަރަށެވެ.އެހެން ކަމުން ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ދަތިކަން ނުފިލާނަމަ ފްލައިޓްތައް ކެންސަލް ވާވަރު އިތުރު ވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ހޮރްމޫސް ކަނޑު އޮޅިން ދަތުރު ކުރާ ތެޔޮޓޭންކަރު ތަކަށް އިރާނުން ގެންދަނީ އަދިވެސް ހުރަސް އަޅަމުން ކަމަށް ވެއެވެ.
އިންޓަރނޭޝަނަލް އެނަރޖީ އޭޖެންސީން ބުނެފައިވާ ގޮތުގައި މިވަގުތު ދުނިޔެ ތަހައްމަލް ކުރަމުން މިދަނީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެނަރޖީ ކްރައިސިސްއެވެ. އެފަރާތުން ބުނެފައިވާ ގޮތުގައި މިވަގުތު އެންމެ ބޮޑަށް ދަތިކަން ފޯރާފައިވަނީ މެދުއިރުމަތީގެ ފިއުލް ސަޕްލައި އަށް ބަރޯސާވާ އިންޑިޔާ އަދި ޗައިނާ ފަދަ އޭޝިޔާގެ ގައުމުތަކަށެވެ.އަދި މިދަތިކަން ދާދި އަވަހަށް ޔޫރޮޕަށާ އެމެރިކާއަށް ވެސް ފޯރާނެ ކަމަށް ބުނެފައި ވެއެވެ.
![]()
