ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރި މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައި ވަނީ ރ. ރަސްގެތީމު ސޯސަންގެ އުމުރުން 55 އަހަރުގެ އިބްރާހީމް ޔޫސުފް އެވެ.
ފުލުހުން މިއަދު ބުނީއިބްރާހީމް ޔޫސުފްގެ ޚަބަރެއް ނުވެ 2 ދުވަސްވެފައިވާ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރޭ 21:53ހާއިރު އޭނާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އެމީހާ ނިޔާވެފަ އޮއްވާ ފެނިފައި ވާކަމަށެވެ.
އިބްރާހީމް ޔޫސުފަކީ އެކަނި ދިރިއުޅެމުންދިޔަ މީހެކެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައެއް ނުވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
![]()
