ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގެ 10 މިނިސްޓަރަކު މިއަދު އިސްތިއުފާދެއްވައިފިއެވެ.
މިގޮތުން، މިއަދުގެ މިހާތަނަށް އިސްތިއުފާދެއްވާފައިވަނީ:
1- މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން
2- މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑޮކްޓަރ ޢަބްދުﷲ ޚަލީލް
3- މިނިސްޓަރ އޮފް ހެލްތުގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް
4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް
5- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢާއިޝަތު ޝިހާމް
6- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް
7- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑޮކްޓަރ މަރްޔަމް މާރިޔާ
8- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުން އިބްރާހީމް ވަޙީދު
9- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އާދަމް ޝަރީފު ޢުމަރު
10- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުއެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވަނީ، މިބޭފުޅުންގެ އިސްތިއުފާ ގަބޫލުކުރައްވާފައިވާކަމަށެވެ.
އަދި، އެ ބޭބޭފުޅުން އިސްތިއުފާދެއްވާފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު އެރުވުމުގެގޮތުން ކަމަށްވެސް ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވެއެވެ.
2010 ވަނަ އަހަރުގެ ޖޫން މަހު ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ހުރިހާ ވަޒީރުން އެއް ދުވަހެއްގައި އިސްތިއުފާދެއްވި ފަހުން މިހާ ގިނަ އަދަދެއްގެ ވަޒީރުން އެއް ދުވަހެއްގެ މަތިން އިސްތިއުފާދެއްވި މިއީ ފުރަތަމަ ފަހަރެވެ.
![]()
