ایران އަށް ފުރިހަމަ ކާމިޔާބީއެއް ލިބިއްޖެކަމަށް އީރާނުގެ ނެޝަނަލް ސެކިޔުރިޓީ އޯގަނައިޖޭޝަން އިން اعلانކޮށް މުބާރިކުބާދީ ގެ ބަޔާން ނެރެފިއެވެ.
ހަނގުރާމަ މެދުކަނޑާލުމަށް ދެފަރާތުން އެއްބަސްވެފައިވަނީ، އީރާނުން ހުށަހެޅި ހުރިހާ ޝަރުޠެއްގެ މައްޗަށް ވާހަކަދައްކައި އެއްބަސްވުމަކަށް އައުމަށް ޓުރަމްޕު ރުހުމުން ކަމަށްވެއެވެ. އެއްބަސްވުމުގެ ޝަރުޠުތަކުގެ ތެރޭގައި لبنان، فلسطین، عراق އަދި یمن އަށް ދުޝްމަނުން ހަމަލާ ނުދިނުން ވެސް ހިމެނޭ ކަމަށްވެއެވެ.
މި އެއްބަސްވުމުގެ މެދުވެރިއެއްގެ ބައި އަދާކޮށްފައިވަނީ ޕާކިސްތާނެވެ.
ނޯޓު: ޔަހޫދީންނާއި ނަޞާރާއިންނަކީ މުސްލިމުންނާއި އެކު ކުރެވޭ މުއާމަލާތްތަކުގައި ޢަހުދަށް ވަފާތެރި ވާ ބަޔަކަށް ނުވާތީ ، މިއީ ދާއިމީގޮތެއްގައި ހުއްޓާލާފާނެ ހަނގުރާމައެއް ކަމަކަށް ނުފެނެއެވެ. ސަބަބަކީ އެމެރިކާއިން އީރާނާއި ހަނގުރާމަ ކުރަނީ ޢަރަބި ގިނަ ޤައުމުތައް ފަދައިން އިޒްރޭލުގެ މަޞްލަޙަތު ހިމާޔަތް ނުކުރުމާއި އިޒްރޭލަކީ ދައުލަތެއް ކަމަށް ޤަބޫލު ނުކުރުމާއި އެމެރިކާގެ ނުފޫޛަށް ދޫނުދިނުންކަމަށްވުމުން މި ސިޔާސަތު އީރާނުން ކުރިއަށް އޮތް ތާނގައިވެސް ހިފަހައްޓާ ނެތީއެވެ.
![]()
