ބީއެމްއެލް އިން 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓިއެމް އިފްތިތާހުކޮށްފި

Loading

Facebook
Twitter
WhatsApp


ބޭންކް އޮފް މޯލްޑިވްސް އިން 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓީއެމް ރޭ އިފްތިތާހުކޮށްފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އާ ޚިދުމަތްތައް އފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

އެ ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބް އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން ރޭ އިފްތިތާހުކުރެވުނު 20 ރުފިޔާ އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކުގެ ބްރާންޗްތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގައެވެ. 70 ރަށެއްގައި ބެހެއްޓި ޑޮލަރު އޭޓީއެމްތައް:

  1. ހއ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
  2. ހދ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
  3. ށ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
  4. ނ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
  5. ރ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް
  6. ބ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
  7. ޅ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
  8. ކ. އަތޮޅުގައި 10 ޑޮލަރު އޭޓީއެމް
  9. އއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
  10. އދ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް
  11. ވ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
  12. ފ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
  13. މ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
  14. ދ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
  15. ތ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
  16. ލ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
  17. ގއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
  18. ގދ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
  19. ޏ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
  20. ސ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް.

ރޭ އިފްތިތާހުކުރި އާ އޭޓީއެމްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ބީއެމްއެމްގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާވެ، ޖުމްލަ އޭޓީއެމްތަކުގެ އަދަދު 338 އަށް ވަނީ އަރައިފައެވެ.

    Loading

    Leave a Reply

    ފަހުގެ އަޕްޑޭޓް