މ.އަތޮޅު ތައުލީމީ މަރުކަޒުގެ 3 ބުރި އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

މ. އަތޮޅު ތައުލީމީ މަރުކަޒުގެ 3 ބުރި އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން އެގްރިމެންޓްގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުލްލަޠީފް މުޙައްމަދެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދް ޖަމްޝީދު އެވެ.

އެމްޓީސީސީން ބުނީ މި އެއްބަސްވުމުގެ ދަށުން މ. އަތޮޅު ތައުލީމީ މަރުކަޒުގައި 3 ފަންގިފިލާގެ ޢިމާރާތެއް ބިނާކޮށް، އެތާގައި 10 ކްލާސްރޫމް، 1 ލައިބްރަރީ، 1 އޭވީ ރޫމް، އަދި 1 ހެލްތް ރޫމް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫޢަކީ 18.80 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް