މަރުުގެ ކުރިމަތިން އިސްރާއީލުގެ ސިފައިން ހިޔަނިތަކަށްވެސް ފިލައިގެން ނުދެވޭނެއެވެ.

Loading

Facebook
Twitter
WhatsApp

ބައިނަލް އަގްވާމީ ބޮޑެތި މީޑިއާތަކުގައި މިއަދު އެންމެބޮޑަށް ފާހަގަކުރަމުންގެންދަނީ އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮން އަޅައި ބޮޑެތި ގެއްލުންތަކެއްދިން ޚަބަރެވެ.

އޭގެ ރައްދުގައި އީރާނުން އިސްރާއީލުގެ ބެންގޫރިއަން އެއާރޕޯރޓް ގޮއްވާލައި އަދި ނޭސިއޯނާ ސަރަހައްދުގައިހުރި އެގައުމުގެ ސިއްރު ބައޯވެބް އެއްކޮށް ބިމާހަމަކޮށްލި ޚަބަރު އާންމުކުރާކަށް ބޭނުމެއް ނުވެއެވެ. މީޑިއާއަށް ތިލަ ވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކަށް ބަލާއިރު އެތަނަށް ލިބިފައިވާގެއްލުން ހިތަށްވެސް ވަޒަން ނުކުރެވޭނެކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.
އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ވުރެން އިސްރާއީލަށް އެގައުމުގެ ސިއްރު ބައޯލޮޖިކަލް ލެބްގެ މުހިންމުކަމަށް ތަޖްރިބާކާރުން އަލިއަޅުވާލާފައި ވެއެވެ. ހަގީގަތުގައި އެއީ މުޅި ދުނިޔެއަށް ނުފޫޒު ފޯރުވާ ބައިލޮޖިކަލް ސެންޓަރެކެވެ. އިސްރާއީލުން ބައޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އުފައްދަނީ މިތަނުގައެވެ. މިލިޓްރީއަށް އަލަށް ތައާރުފް ކުރެވޭ ހަތިޔާރު ތަހްލީލުކުރުމާއި ޓެސްޓް ކުރުން ކުރިއަށްދަނީ މިތަނުގައެވެ. މިއީ ނުރައްކާތެރިކަމުން ފުރިފައިވާތަނެއްކަމުގައި ވަނީ ސިފަކޮށްފައެވެ. ތަފާތުގޮތްގޮތަށް އިންސާނުން މެރުންވެސް މިތަނުގައި އީޖާދުކުރަމުން ގެންދާކަމަށް ތުހުމަތު ކުރެވިފައިވެއެވެ. މޮސާޑް އާއި ގުޅުވައިގެން ދައްކާ ސިއްރު މަރުތަކުގެ މަރުކަޒަކީވެސް މިއީ ކަމުގައި ތުހުމަތުކުރެވިފައިވެއެވެ. އީރާނުގެ ނިއުކްލިއަރ ވަސީލަތަށް ދިން ހަމަލާގެ ވާހަކަ ބޮޑުކޮށް ފަތުރަމުން ގެންދާއިރު މި ބައޮލޮޖިކަލް ސެންޓަރު ބިމާހަމަވެ ހިރަފުހަށް ދިއުމަކީ އިސްރާއީލަށް އުފުލޭވަރަށް ވުރެން ބޮޑު ގެއްލުމެކެވެ. މިއީ އިސްރާއީލުގައި އެންމެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ އަދި އެގައުމުގެ އެންމެ އަގުބޮޑު ޚަޒާނާއެވެ.
މި ހަމަލާއާއި ގުޅިގެން އީރާނުން ދީފައިވާ މެސެޖްގެ މާނަ ވަރަށް ތަފާތެވެ. އަހަރެމެން މަރުގެ ކުރިމައްޗަށް ގެންނާނީ ހަމައެކަނި ކަލޭމެންގެ ސިފައިންނެއް ނޫނެވެ. އެމީހުންގެ ހިޔަނިވެސް މަރުގެ ކުރިމައްޗަށް ގެނުވާނަމެވެ.
ރަޝިޔާގެ 2 ނިއުކްލިއަރ ސަބްމެރިން އީރާނުގެ ސަރަހައްދަށް ފޮނުވާދިނުމުން އެކަމަށްޓަކައި ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއި ޝުކުރު އަދާކުރައްވި ޚަބަރެއްވެސް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. ހުރިހާ ވަގުތެއްގައި އަދި ހުރިހާ ގޮތަކުންވެސް ރަޝިޔާއިން އީރާން ދިފާއު ކޮށްދޭނެ ކަމަށާއި އަދި އެއްވެސް ގައުމަކާދޭތެރޭ ޖެހިލުންވެ ވަޑައިނުގަތުނަށް ރަޝިޔާގެ ރައީސް އަދި ބޮޑުވަޒީރު ވިދާޅުވެފައިވާ ކަމަށްވެސް މީޑިއާގައި މިހާރު ފެތުރެމުންދާ ޑީޕް މޯޝަންގެ ޚަބަރުތަކުގައި ބުނެފައި ވެއެވެ.
މިހާރު ހިނގަމުންދާ އެމެރިކާގައި ކުރިއަށްއޮތް ބޮޑު ހަމަލާއަށް އީރާނަށް ކެތް ނުކުރެވޭނެ ކަމަށާއި އަމާންދިނުމުގައި އީރާނަށް ވަގުތު ކުޑަވަމުންދާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޒާރު ދެއަވައިފިއެވެ. އެހެންނަމަވެސް އެލް ބީ ސީގެ ޚަބަރުގައި ބުނެފައިވަނީ އެއީ އިތުރު ވަގުތު ހޯދަން ރައީސް ޓްރަމްޕް ގެ ރޭވުމެއް ކަމަށެވެ. ހަގީގަތަކީ ވަގުތު ކުޑަތަން ވެގެން އަންނަތަން ފެންނަނީ ރައީސް ޓްރަމްޕް އަށެވެ. މިނިއާޕޮލިސްގައި އެމެރިކާގެ 2 މީހަކު އަނިޔާވެރިގޮތަކަށް މަރާލާފައި ވުމުގެ ސަބަބުން އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައިވެސް ވަނީ ދެބަސްވުންތަކެއް އުފެދިފައިކަމަށްވެއެވެ.
އެމެރިކާގެ އެއްގަމު ސިފައިން އީރާނަށް އަރައިގަތުމަށް ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތަކެއް މީޑިއާތަކުގައި ފެތުރެމުންދާން ފެށުމާއެކު އެމެރިކާއިން އީރާނުގެ ޚާރގް ޖަޒީރާއަށް އެއްގަމު މަގުން އަރަން އެންމެ ފުރަތަމަ އަޅާ ފިޔަވަޅާއެކު އީރާނުގެ ބާރުގެ ދަށަށް އެމިރެޓްސް އާއި ބަހްރައިންގެ ބަނދަރުމަތީ ސަރަހައްދުތައް ގެނެވޭނެކަން ދޭހަވާ މޭރުމަކުން އީރާނުން ވަނީ ޖަވާބުދީފައެވެ. އެމެރިކާއާއި އިސްރާއީލުގެ ސިފައިންތަކެއް އެއްގަމުމަގުން އީރާނަށް ވަގަށް އެތެރެވުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ އެބައިމީހުން އީރާނުގެ ސިފައިންގެ އަތްދަށުވެއްޖެ ކަމުގެ ޚަބަރުތަކެއް ފޮޓޯއާއެކު ބައެއް ޚަބަރުތަކުގައި މިހާރު ދައުރު ވަމުން އެބަދެއެވެ. އަތުލާގަނެވިފައިވާ ސިފައިންނާ ބެހޭ ގޮތުން އީރާނުން އަމަލުކޮށްފައިވަނީ ހަނގުރާމައިގެ މައިދާނުން އަތުލާގަނެވޭ އަސީރުންނާމެދު މާތް ނަބިއްޔާގެ އަމުރު ފުޅުގައިވާ ފަދައިން އިހްސާން ތެރިކަމާ އެކުގައިކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ. ހަނގުރާމައިގެ ދުވަސްވަރުގައިވިޔަސް އެންމެ ގަދަބާރަކީ އިންސާނިއްޔަތާއި އިހްސާންތެރިކަމާ ދެކޮޅަށް ބިޔަ ހަތިޔާރު ތަކެއްގެ ބޭނުންކުރުން ނޫންކަން ދުނިޔެއަށް ދައްކަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް