އެލާޖިކް ވެގެން ދާންދޫ ޞިއްޙީ މަރުކަޒަށް ގެންދިޔަ އަންހެނަކު ނިޔާވެއްޖެ

Loading

March 24, 2026
profile
Facebook
Twitter
WhatsApp

ގއ. ނިލަންދޫ އަންހެނަކު އެލާޖިކް ވެގެން އެ ރަށު ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ 41 އަހަރުގެ ޢާއިޝަތު އިބްރާހީމް ނަމަކަށްކިޔާ މީހެއް ކަމަށާއި، އޭނާ ނިޔާވީ ރޭ އިރާކޮޅުގެ ވަގުތެއްގައި ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ްެއޭނާ އެލާޖިކްވެފައިވަނީ ސީދާ ކޮން އެއްޗަކަށްކަން ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައި ނުވިނަމަވެސް، ދާންދޫ ކައުންސިލުގެ ރައީސް މުޙައްމަދު އާސިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެލާޖިކް ވެފައިވަނީ ކާއެއްޗަކަށް ކަމަށެވެ.

ބައެއް މަސްދަރުތަކުގައި ވާގޮތުން އޭނާ އެލާޖިކް ވެފައިވަނީ އޮޅުއަލައަށެވެ. އެހެންނަމަވެސް އޭނާ ނިޔާވެފައިވަނީ ސީދާ އެލާޖިކާ ގުޅިގެން ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް