އިސްްފަހާނުގެ ޔުރޭނިއަމް ފައްކާކޮށްފައިވާ ސަރަހައްދުގައި ހުރީ ބިޔަ ބޮޑު ލޯވަޅެއް

Loading

Facebook
Twitter
WhatsApp

އީރާނުގެ އިސްފަހާނުގެ ބިންގަރާހެއްގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްޓަކައި ޔުރޭނިއަމް ފައްކާކުރަމުންގެންދާ ސަރަހައްދެއްކަމަށް ތުހުމަތުކޮށް މި ދިޔައަހަރު ޖޫންމަހު އެމެރިކާގެ ބަންކަރބަސްޓަރ ތަކުން ހަމަލާދިން ތަނުގައިހުރީ ބިޔަ ބޮޑު ލޯވަޅެއްކަން އައި އީ އޭއީ އިން ހާމަކޮށްފިއެވެ.


އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ވަރަށް ކައިރިއަށް ޔުރޭނިއަމް ފައްކާކޮށް އިސްފަހާނުގެ ބިންގަރާހެއްގައި ރައްކާ ކޮށްފައި ހުރިކަމަށް ޔުނައިޓެޑް ނޭޝަންސްގެ ހަކަތައާއި ބެހޭ ވޮޗް ޑޯގް މީގެކުރިން ވަނީ ދުނިޔެއަށް ހާމަކޮށްފައެވެ. އަދި މިދިޔައަހަރުގެ ޖޫންމަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގާ އެމެރިކާގެ ބަންކަރ ބަސްޓަރ ތަކުން ބޮން އަޅައި އެ ބިންގަރާސް ވަނީ މުޅިން ހަލާކު ކޮށްލާފައި ކަމަށް އެމެރިކާއިން ބުނެފައިވީ ނަމަވެސް އީރާނުން ފައްކާކޮށްފައިހުރި ޔުރޭނިއަމް ހުރީ ފޮރުވާފައި ކަން އެނގޭ ކަމަށާއި އީރާނުގެ މަޝްރޫއު މިހާރު ކުރިއަށް ގެންދާ ކަން ނުވަތ ނޫންކަން ނޭންގޭކަމަށް ބުނެފައިވެއެވެ. މިދިޔަ އަހަރު ޖޫންގެ ހަނގުރާމައިގާ އެމެރިކާއިން ހަމަލާދިނުމުގެ ކުރިން އީރާނުން ފައްކާކޮށްފައިހުރި ޔުރޭނިއަމް ވަނީ ފޮރުވާފައިކަން އެނގޭކަމަށާއި އެހެންނަމަވެސް ބަހައްޓާފައިހުރި ތަނަކާބެހޭ އެއްވެސް މައުލޫމާތެއް އީރާނުން ލިބިފައިނުވާކަމަށްވެސް ގްރޮސީ ބުނެފައި ވެއެވެ. އީރާނުން ފޮރުވާފައިހުރި 440 ކިލޯގްރާމް ޔުރޭނިއަމް ބޭނުންކޮށްގެން 10 ނިއުކްލިއަރ ބޮން އުފެއްދޭނެކަމަށްވެސް އައި އީ އޭ އީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމެރިކާއިން ހަމަލާދިންތަނުގައި ހުރީ ބިޔަ ބޮޑު ހުސް ލޯވަޅެއް ކަމަށާއި އީރާނުގެ މަޝްރޫއާ ބެހޭގޮތުން އުފެދިފައިވާ އެތައް ސުވާލަކަށް ޖަވާބު ލިބޭނީ ޔުރޭނިއަމް ފޮރުވާފައިހުރިތަނެއް އެނގިގެން ކަމަށް އައި އޭ އީ އޭގެ ޑިރެކްޓަރ ރަފައެލް ގްރޮސީ އަށް ރިޕޯރޓަރުން ކުރިމަތި ކުރި ސުވާލުތަކުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ. އެމެރިކާގެ ހަމަލާގައި އުފެދިފައިވާ ކަމަށް ބެލޭ ބިޔަ ބޮޑު ހޯލްގެ އެތެރޭގައި ނިއުކްލިއަރ ސެންޓްރިފިއުޖް ތައްޔާރުކުރާން ބޭނުންވާ ވަސީލަތްތައް ކޮންކްރީޓްތެރޭގައި ރައްކާކޮށްފައިވާކަން ނުވަތަ ނޫންކަން އަދި މިހާރު ހުރީ ތައްޔާރުކޮށްފައިކަން ނުވަތަ ނޫންކަންވެސް އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވިއެވެ. އެ މައްސަލާގައި އެމެރިކާގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރެއްވުމަށްޓަކައި ގްރޮސީ މިހާރު ހުންނެވީ ވޯޝިންގޓަނުގައެވެ. އައި އޭ އީ އޭ ގެ އޮފިޝަލުން މީގެކުރިން އެ ސަރަހައްދަށް ދިއުމަށް ވަނީ އީރާނުން ހުއްދަ ނުދީފައެވެ.
އީރާނުގެ ނިއުކްލިއަރ މަޝްރޫއު މިހާރުވެސް ކުރިއަށް ގެންދޭތޯ ބައިނަލް އަގްވާމީ މީޑިއާ އިން އީރާނުގެ ޚާރިޖީ ވަޒީރަށް ސުވާލު ދެންނެވުމުން މިދިޔަ އަހަރު ޖޫން މަހުގެ ހަނގުރާމައިގާ އީރާނުގެ ނިއުކްލިއަރ މަޝްރޫއު އަލުން ކުރިއަށް ނުގެންދެވޭ ވަރަށް ނައްތާލާފައިވާނެކަމަށް އެމެރިކާގެ ރައީސް ދުނިޔެއަށް ކަށަވަރުކޮށްދީފައިވާ އިރު ތިޔަ ސުވާލުކުރާނެ ޖާގައޮތްކަމަށް ދެކިވަޑައިގަންނަވާ މޭރުމަކުން ވަނީ ޖަވާބު ދެއްވާފައެވެ.
މިހާރު ހިންގަމުންދާ ހަނގުރާމައިގާ އެމެރިކާއިން ދިން ހަމަލާގެ ސަބަބުން އީރާނުގެ ބުޝައިރު ގައި ހުރި ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ގެއްލުންލިބި ރޭޑިއޯލޮޖިކަލް ހާދިސާއެއް މެދުވެރި ވެދާނެކަމުގެ ބިރު އުފެދިފައިވާކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ. ރަޝިޔާގެ ބުނުމަށް ރައްދު ދީ އައި އީ އޭ އީ އިން ބުނެފައިވަނީ އެމެރިކާއިން ދިން ހަމަލާގައި ބުޝައިރުގެ ނިއުކްލިއަރ ޕްލާންޓަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް