ދިގުރަށު އަލިފާނުގެ ހާދިސާ މިދަނީ ގާތުން ބަލަމުން: އެޗްއާރްސީއެމް

Loading

Facebook
Twitter
WhatsApp

ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ގާތުން ބަލަމުން އަންނަ ކަމަށް އެޗްއާރްސީއެމުން ބުނެފިއެވެ.


ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ ފަސް ބިދޭސީއަކު މަރުވެފައެވެ. އަދި ތިން މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. މީގެ އިތުރުން އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެނެސްފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމް އިން މިއަދު ބުނީ ރޭގެ ވަގުތެއްގައި އދ. ދިގުރަށުގައި ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާ އެ ކޮމިޝަނުން އަޑުއެހީ ނުހަނު ހިތާމައާއެކުގައި ކަމަށާއި އެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް އެ ކޮމިޝަނުގެ ފަރާތުން ތައުޒިޔާ ކިޔާކަމަށެވެ.
”އެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތާއި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ މި ކޮމިޝަނުން ގާތުން ބަލަމުންދާކަމުގައި ދަންނަވަން.“ އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް