ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
އޭނާއަށް ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ ހުޅުމާލެ ފޭސް 2 އިންނެވެ.
ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށެވެ.
އަދި އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގެ ވަށައިގެންވާ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުންނެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނެ ކަމަށެވެ.
![]()
