ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އައު އެކަމަޑޭޝަން ބޮލޮކެއް ތަރައްޤީކުރުމަށް ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޞިއްޙީ ވަޒީރުގެ ނައިބު އާމިނަތު އިސްމާއީލް ވިދާޅުވީ، ގުރައިދޫ މަރުކަޒުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އައު އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ައަދި އެ އިމާރާތަށް 50 އަހަރުވެފައިވާއިރު، އެތަންތަން ވަރަށް ހާލުގައި ހުރިކަމަށާއި މި ސަރުކާރު އައުމަށްފަހު ފުރަތަމަ ހަމަޖައްސަން ޖެހުނީ، އެތަނުގައި ތިބި މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެމީހުންނަށް ބޭނުންވާ އެނދާއި، ކާބޯތަކެތީގެ އިންތިޒާމްތައް ރަނގަޅު ކުރުން ފަދަ ކަންކަން ކުރަން ޖެހުނު ކަމަށާއި މިހާރު ފަރުވާގެ ބައި މަޑުމަޑުން ހަމަޖެހި އެތަނުގެ އިމާރާތުގެ ބައި ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.
މިގޮތުން އެއީ މިދާއިރާއިން ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޞިއްޙީ ވަޒީރުގެ ނައިބު އާމިނަތު އިސްމާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޢަބްދުﷲ ވިދާޅުވީ، އެ އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ޢަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
ހަމައެހެންމެ އެ އިމާރާތް ޚާއްސަކޮށްފައި ވަނީ އެތަނުގައި ތިބި މީހުންގެ އެކޮމަޑޭޝަން އިމާރާތެއްގެ ގޮތުގައި ކަމަށާއި ސަރުކާރުގެ ވިސްނުމަކީ އެތަނުގައި 4 ފަންގިފިލާގެ އެކަމަޑޭޝަން ބްލޮކެއް ތަރައްޤީކުރުން ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
![]()
