އިސްރަށްވެހިންގެ ޚާއްސަ ރޯދަ ވީއްލުމެއް ކުރިއަށް ގެންގޮސްފި

Loading

Facebook
Twitter
WhatsApp

އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީއާއި އުރީދޫ އަދި އެޗްޑީސީއާއި ގުޅިގެން އިސްރަށްވެހިންގެ ޚާއްސަ ރޯދަ ވީއްލުމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ އިސްރަށްވެހިން އެއްތަނަކަށް އެއްވެ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ެއާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނީ މި ރޯދަ ވީއްލުމުގައި އިސްރަށްވެހިންގެ ނާދީގެ މެންބަރުންނާއި ހިޔާ ސަރަހައްދުގެ އިސްރަށްވެހިން ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ މި ހަރަކާތުގައި ބައިވެރިވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އަދި އިސްރަށްވެހިންގެ އިޖުތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކޮށްދިނުމަށްޓަކައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ އިސްރަށްވެހިންގެ ނާދީއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް